ދިވެހިރާއްޖެ
އިޢުލާން
އެންޓިވައިރަސް ސޮލިއުޝަންއެއް ހޯދަން ބޭނުންވެއްޖެ
ތިރީގައި މި ދަންނަވާ ސިސްޓަމްތަކަށް އެންޓިވައިރަސް ސޮލިއުޝަންއެއް ހޯދަން ބޭނުންވެއްޖެއެވެ.
Number of Systems |
Antivirus Solution For |
1 |
Microsoft Windows Server 2003 R2 |
1 |
Microsoft Windows Server 2003 Enterprise |
1 |
Microsoft Windows Server 2003 R2 Enterprise x64 Edition |
2 |
Microsoft Windows Server 2008 R2 x64 |
2 |
Microsoft Windows Server 2012 R2 x64 |
60 |
Microsoft Windows 10 x64 |
ވީމާ، މި ތަކެތި ވިއްކެވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2015 އޮކްޓޫބަރު 20 ވަނަ ދުވަހުގެ 11:00 އަށް މިބިއުރޯ އަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ. މި ބިއުރޯ ހިގަމުންދާނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ހިނގަމުންދާ އިމާރާތުގައިކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
ބީލަމުގައި ހިމަނަންޖެހޭ ލިޔެކިއުން
- ކުންފުނި/އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ރަޖިސްޓަރީ ކޮޕީ
- އަމިއްލަ ފަރާތެއްނަމަ އެފަރާތެއްގެ އައިޑީ ކާޑު ކޮޕީ
- ޖީއެސްޓީ/ ބީޕީޓީ ސެޓްފިކެޓްގެ ކޮޕީ އަދި، ޖީއެސްޓީ/ ބީޕީޓީ އެންމެފަހުން މީރާއަށް ދެއްކި ރިސިޕްޓްގެ ކޮޕީ
- އަގު ހުށަހަޅުއްވާއިރު ކޮމްޕެނީގެ ޕްރޮފައިލް ހުށަހަޅަންވާނެއެވެ. އަދި ވޭތުވެދިޔަ 5 އަހަރު ތެރޭގައި ކޮށްފައިވާ މިފަދަ މަސައްކަތްތަކާބެހޭ ލިޔެކިއުން ހުރިނަމަ އެ ތަކެތި ހުށަހަޅަންވާނެއެވެ.
ބީލަމުގެ އަގު ހުށަހެޅުން
- ބީލަމަށް އަގު ހުށަހަޅާނީ ދިވެހިރުފިޔާއިންނެވެ.
- އަގު ހުށަހެޅުމަށަފަހު އަގަށް އެއްވެސް ބަދަލެއް ނުގެނެވޭނެއެވެ.
ބިޑް އިވަލުއޭޓްކުރުން
ބިޑް އިވެލުއޭޓްކުރާއިރު ޕޮއިންޓް ދެވޭނެ އުސޫލު:
- އެންމެ ކުޑަ އަގަށް - 70 މާކްސް
- އެންމެ ކުޑަ މުއްދަތު - 20 މާކްސް
- ތަޖުރިބާ - 10 މާކްސް
މިކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާނަމަ މި ބިއުރޯގެ ނަންބަރު. 3349397 ފޯނާއި ގުޅުއްވުން އެދެމެވެ.
29 ޛުލްޙިއްޖާ 1436