މިލަދުންމަޑުލު އުތުރުބުރީ މިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ފެޝަން އަދި ޑިޒައިން ކޯހުގެ ލެކްޗަރާގެ ކެއުމާއި ހުރުން ހަމަޖައްސައިދޭނެ ފަރާތެއް ހޯދުން
ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު
- ށ.މިލަންދޫ ކައުންސިލް އާއި މޯލްޑިވްސް ޕޮލިޓެކްނިކް ގުޅިގެން ކުރިއައްގެންދިމައް ހަމަޖެހިފައިވާ ފެޝަން އަދި ޑިޒައިން ކޯހުގެ ލެކްޗަރާގެ ކެއުމާއި ހުރުން ހަމަޖައްސައިދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ.
- ވީމާ، މިޚިދުމަތް ފޯރުކޮށްދިނުމަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަޢުގުވެރިވާ ށ. މިލަންދޫގެ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
- ކޯޓޭޝަން ހުށަހެޅުން އޮންނާނީ 2025 ސެޕްޓެމްބަރ 03 ވާ ބުދަ ދުވަހުގެ 10:30ގައި މިއިދާރާގެ މީޓިން ރޫމުގައެވެ.
- ހުށަހަޅާ ކޯޓޭޝަންތައް ވަޒަންކުރާނެ މިންގަނޑާއި ކޯޓޭޝަނާއިއެކު ހުށަހަޅަންޖެހޭ ތަކެތީގެ ތަފްޞީލު މަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާހުގައި ހިމަނާފައިވާނެއެވެ. މަސައްކަތަށް ޝައުޤުވެރިކަން ފާޅުކުރައްވާ ފަރާތްތަކުގެ ނަމާއި، ގުޅޭނެ ނަމްބަރު އަދި އީމެއިލް އެޑްރެސް މިއިދާރާގެ އީމެއިލް: [email protected] އަށް މެއިލްކުރެއްވުމުން ނުވަތަ މިއިދާރާއަށް ދުރުވުމުން އެފަރާތަކަށް މަޢުލޫމާތު ކަރުދާސް އަދި އަގު ހުށަހަޅާ ފޯމު ދޫކުރެވޭނެއެވެ.
އިތުރު މަޢުލޫމާތު ހޯދުމަށް [email protected] އަށް މެއިލްކުރެއްވުމުން ނުވަތަ 6540063 ނަމްބަރު ފޯނަށް ގުޅުއްވުމުން އެމަޢުލޫމާތެއް ފޯރުކޮށްދެވޭނެއެވެ.
31 އޮގަސްޓް 2025
ހޯދާ