ކުއްޔަށް ހިފުން
ނަންބަރު: (IUL)284-PR/284/2025/40
ޕަބްލިޝްކުރި ތާރީޚް: 31 އޮގަސްޓް 2025
ޕަބްލިޝްކުރި ގަޑި: 20:33
ސުންގަޑި: 03 ސެޕްޓެންބަރު 2025 10:30
މިލަދުންމަޑުލު އުތުރުބުރީ މިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެޝަން އަދި ޑިޒައިން ކޯހުގެ ލެކްޗަރާގެ ކެއުމާއި ހުރުން ހަމަޖައްސައިދޭނެ ފަރާތެއް ހޯދުން

ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު

 

  1. ށ.މިލަންދޫ ކައުންސިލް އާއި މޯލްޑިވްސް ޕޮލިޓެކްނިކް ގުޅިގެން ކުރިއައްގެންދިމައް ހަމަޖެހިފައިވާ ފެޝަން އަދި ޑިޒައިން ކޯހުގެ ލެކްޗަރާގެ ކެއުމާއި ހުރުން ހަމަޖައްސައިދޭނެ  ފަރާތެއް ހޯދަންބޭނުންވެއެވެ.
  2. ވީމާ، މިޚިދުމަތް ފޯރުކޮށްދިނުމަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަޢުގުވެރިވާ ށ. މިލަންދޫގެ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
  3. ކޯޓޭޝަން ހުށަހެޅުން އޮންނާނީ 2025 ސެޕްޓެމްބަރ 03 ވާ ބުދަ ދުވަހުގެ 10:30ގައި މިއިދާރާގެ މީޓިން ރޫމުގައެވެ.
  4. ހުށަހަޅާ ކޯޓޭޝަންތައް ވަޒަންކުރާނެ މިންގަނޑާއި ކޯޓޭޝަނާއިއެކު ހުށަހަޅަންޖެހޭ ތަކެތީގެ ތަފްޞީލު މަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާހުގައި ހިމަނާފައިވާނެއެވެ. މަސައްކަތަށް ޝައުޤުވެރިކަން ފާޅުކުރައްވާ ފަރާތްތަކުގެ ނަމާއި، ގުޅޭނެ ނަމްބަރު އަދި އީމެއިލް އެޑްރެސް މިއިދާރާގެ އީމެއިލް: [email protected] އަށް މެއިލްކުރެއްވުމުން ނުވަތަ މިއިދާރާއަށް ދުރުވުމުން އެފަރާތަކަށް މަޢުލޫމާތު ކަރުދާސް އަދި އަގު ހުށަހަޅާ ފޯމު ދޫކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުމަށް [email protected] އަށް މެއިލްކުރެއްވުމުން ނުވަތަ 6540063 ނަމްބަރު ފޯނަށް ގުޅުއްވުމުން އެމަޢުލޫމާތެއް ފޯރުކޮށްދެވޭނެއެވެ.

31 އޮގަސްޓް 2025