އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - އައްޑޫ ޒޯން ސްކޫލް ކުދިންގެ ފެތުމުގެ 08 ވަނަ މުބާރާތް ކުރިއަށްދާ ވަގުތު ސްޓޯލް/ކެންޓީން ހިންގުމަށް ޝައުޤުވެރިވާ ފަރާތްތައް ހޯދުން

އިޢުލާން

އައްޑޫ ޒޯން ސްކޫލް ކުދިންގެ ފެތުމުގެ 08 ވަނަ މުބާރާތް ކުރިއަށްދާ ވަގުތު ސްޓޯލް/ކެންޓީން ހިންގުމަށް ޝައުޤުވެރިވާ ފަރާތްތައް ހޯދުން

        ސްވިމިން އެސޯސިއޭޝަނާއި އައްޑޫސިޓީ ކައުންސިލާއި ގުޅިގެން އައްޑޫ ޒޯން ސްކޫލް ކުދިންގެ 8 ވަނަ ފެތުމުގެ މުބާރާތް 2025 އޮގަސްޓް 30 އިން 2025 ސެޕްޓެންބަރު 04 ގެ ނިޔަލަށް 6 ދުވަހަށް ބަހާލައިގެން  ހިތަދޫ ފަތާ ޓްރެކް ސަރަހައްދުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. އެގޮތުން ފެތުމުގެ މުބާރާތުގެ ހަރަކާތްތައް ކުރިޔަށްދާ ވަގުތު އެސަރަހައްދުތަކުގައި ސްޓޯލް / ކެންޓީން ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލުމަށް މިއޮފީހުން ވަނީ ނިންމާފައެވެ.

        ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 28 އޮގަސްޓު 2025 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން  ބައިވެރިވުމަށް އެދޭ އޮންލައިން ފޯމު ފުރިހަމަކޮށް  ހުށަހެޅުއްވުން  އެދެމެވެ.  ސްޓޯލް/ ކެންޓީނު ހިންގުމަށް އެދޭ ފޯމު ތިރީގައިވާ ލިންކުން ލިބެން ހުންނާނެއެވެ.

https://forms.gle/p2QiQopbxJxZZT9w6

        އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، މިއޮފީހުގެ ނަންބަރު 6885753 އަށް ގުޅުއްވުން އެދެމެވެ.

04 ރަބިޢުލްއައްވަލް 1447

27 އޮގަސްޓް 2025

27 އޮގަސްޓް 2025
ހޯދާ