ދިވެހިރާއްޖެ
އިޢުލާން
އައްޑޫ ޒޯން ސްކޫލް ކުދިންގެ ފެތުމުގެ 08 ވަނަ މުބާރާތް ކުރިއަށްދާ ވަގުތު ސްޓޯލް/ކެންޓީން ހިންގުމަށް ޝައުޤުވެރިވާ ފަރާތްތައް ހޯދުން
ސްވިމިން އެސޯސިއޭޝަނާއި އައްޑޫސިޓީ ކައުންސިލާއި ގުޅިގެން އައްޑޫ ޒޯން ސްކޫލް ކުދިންގެ 8 ވަނަ ފެތުމުގެ މުބާރާތް 2025 އޮގަސްޓް 30 އިން 2025 ސެޕްޓެންބަރު 04 ގެ ނިޔަލަށް 6 ދުވަހަށް ބަހާލައިގެން ހިތަދޫ ފަތާ ޓްރެކް ސަރަހައްދުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. އެގޮތުން ފެތުމުގެ މުބާރާތުގެ ހަރަކާތްތައް ކުރިޔަށްދާ ވަގުތު އެސަރަހައްދުތަކުގައި ސްޓޯލް / ކެންޓީން ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލުމަށް މިއޮފީހުން ވަނީ ނިންމާފައެވެ.
ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 28 އޮގަސްޓު 2025 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން ބައިވެރިވުމަށް އެދޭ އޮންލައިން ފޯމު ފުރިހަމަކޮށް ހުށަހެޅުއްވުން އެދެމެވެ. ސްޓޯލް/ ކެންޓީނު ހިންގުމަށް އެދޭ ފޯމު ތިރީގައިވާ ލިންކުން ލިބެން ހުންނާނެއެވެ.
https://forms.gle/p2QiQopbxJxZZT9w6
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، މިއޮފީހުގެ ނަންބަރު 6885753 އަށް ގުޅުއްވުން އެދެމެވެ.
04 ރަބިޢުލްއައްވަލް 1447
27 އޮގަސްޓް 2025