މަޤާމު
|
ކޮންސްޓްރަކްޝަން އޮފިސަރ
|
ބޭނުންވާ އަދަދު
|
01 (އެކެއް)
|
ހަމަޖައްސާ ސެކްޝަން: އަޢުކާފް އެންޑް އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ސެކްޝަން
|
ރޭންކް
|
އެމް. އެސް 1
|
ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1
|
މުސާރަ
|
-/5,610 ރ.
|
ސާރވިސް އެލަވަންސް: -/2,000 ރ.
|
މަޤާމުގެ ޝަރުޠު
|
- މަޤާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ( ސިވިލް އިންޖީނިއަރިންގ / ކޮންސްޓްރަކްޝަން މެނޭޖްމަންޓް / ބިލްޓް އެންވަޔަރަންމަންޓް ) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
- މަޤާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ( ސިވިލް އިންޖީނިއަރިންގ / ކޮންސްޓްރަކްޝަން މެނޭޖްމަންޓް / ބިލްޓް އެންވަޔަރަންމަންޓް ) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ،
- މަޤާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ( ސިވިލް އިންޖީނިއަރިން / ކޮންސްޓްރަކްޝަން މެނޭޖްމަންޓް / ބިލްޓް އެންވަޔަރަންމަންޓް ) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު
|
- ރާއްޖެތެރޭގައި އަލަށް ޢިމާރާތްކުރާ މިސްކިތްތަކުގެ ޕްރޮޖެކްޓްތައް މޮނިޓަރކޮށް ބެލެހެއްޓުން.
- ކޮންޓްރެކްޓަރުންނާއި، ކޮންސަލްޓެންޓުންގެ މީޓިންގތައް ރާވައި، ދިމާވާ މައްސަލަތައް ބަލައި ޙައްލުކުރުން
- މަސައްކަތް ހިނގަމުންދާގޮތް ބެލުމަށް ކޮންޓްރެކްޓަރުންނާއި، ކޮންސަލްޓެންޓުންނާއެކު ސައިޓްތަކަށް ދިއުން.
- ކޮންޓްރެކްޓަރުންނާއި، ކޮންސަލްޓެންޓުން ފޮނުވާ ބިލްތައް ޗެކްކޮށް އެންޓަރކޮށް އަޕްޑޭޓްކުރުން.
- ރާއްޖެތެރޭގައި އަލަށް ޢިމާރާތްކުރަމުންދާ މިސްކިތްތަކުގެ މަސައްކަތް ދާގޮތް ބަލައި މޮނިޓަރ ކުރުމަށްޓަކައި ކުރަންޖެހޭ ދަތުރުތައް އިންތިޒާމުކޮށް ޢަމަލީގޮތުން ބައިވެރިވުން.
- މިނިސްޓްރީން ހިންގާ ޕީ.އެސް.އައި.ޕީ ޕްރޮޖެކްޓްތަކުގެ ބަޖެޓް ސެކްޝަންގެ އިސްވެރިންގެ ލަފާގެ މަތިން ތައްޔާރުކޮށް ފޮނުވުން.
- ކޮންމެ އަހަރަކު ޕީ.އެސް.އައި.ޕީ އަށް ލިބޭ ޕްރޮޖެކްޓްތަކުގެ ހިސާބުތައް ވަކިވަކިން ބާކީކޮށް ބެލެހެއްޓުމާއި، ޕްރޮޖެކްޓްތައް ކުރިއަށް ގެންދިޔުމުގައި އޮންނަ ވޭރިއޭޝަންތަކުގެ ހިސާބުތައް އެނގޭނެހެން ބެލެހެއްޓުން.
- ޕީ.އެސް.އައި.ޕީ. ޕްރޮޖެކްޓްތައް ހަވާލުކުރެވޭ ފަރާތްތަކުން ހުށަހަޅާ ބިލްތައް ޗެކްކޮށް އެޕްރޫވް ކުރުމަށްފަހު ބިލްތަކަށް ފައިސާ ދޫކުރުމަށްޓަކައި ބަޖެޓަށް ފޮނުވުން.
- އަހަރުން އަހަރަށް ތައްޔާރު ކުރަންޖެހޭ ބަޖެޓް ތައްޔާރު ކުރުމުގައި އަތޮޅުތަކާއި މާލޭގެ މިސްކިތްތަކަށް ހޯދަންޖެހޭ ތަކެއްޗާއި އެހެނިހެން ޚަރަދުތައް ބަލައި ބަޖެޓް ޔުނިޓަށް ހުށަހެޅުން.
- އިމާރާތްތަކުގެ ޓެކްނިކަލް ޑްރޯވިންގ ބަލައި މަސައްކަތް ކުރުވުން.
- ބީ.އޯ.ކިއު ހެދުން.
|
ވަޒީފާއަށް އެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް
|
- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު ( ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.)
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭހެން، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ އަދި ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
|
މަސައްކަތް ކުރުމަށް ހަމަޖެހިފައިވާތަން އަދި ގަޑި: މި މަޤަމަށް ހޮވޭ މުވައްޒަފު މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް / އިސްލާމީ މަރުކަޒުގައެވެ. މަސައްކަތު ގަޑިއަކީ 08:00 ން 15:00 އަށެވެ.
މިމަޤާމަށް އިންޓަރވިއު ކުރެވޭނީ މަޤާމުގެ ޝަރުޠު ހަމަވާ، ތަޢުލީމީ ފެންވަރު އަދި ތަޖުރިބާއިން އެންމެ މަތީ މާކްސް ލިބޭ 10 ފަރާތަކާއެވެ.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ މައިގަނޑު ކަންތައްތައް: ތަޢުލީމީ ގޮތުން ލިބިފައިވާ މާކްސް، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ އަދި އިންޓަރވިއު މި ތިންބަޔަށް އެންމެ މަތީ މާކްސް ލިބޭ ފަރާތަކަށެވެ.
|
ސުންގަޑި
- 08 އޮކްޓޫބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 14:30 ގެ ކުރިން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް ( އިސްލާމީ މަރުކަޒު )
- މި މަޤާމަށް ހަމަޖައްސާ މުވައްޒަފު މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް / އިސްލާމީ މަރުކަޒުގައެވެ.
- މި މަޤާމުގެ އިންޓަރވިއު އިޢުލާނުގެ މުއްދަތު ހަމަވާތާ ހަފުތާއެއްގެ ތެރޭގައި ބޭއްވޭނެއެވެ. އަދި، އިންޓަރވިއު ބޭއްވޭނީ މި މިނިސްޓްރީގައެވެ.
ވެބްސައިޓް އެޑްރެސް www.islamicaffairs.gov.mv ، އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3020232 އަށް އަދި ފެކްސް ނަންބަރަކީ 3315161
|