ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)142-A4/1/2015/115
ޕަބްލިޝްކުރި ތާރީޚް: 29 ސެޕްޓެންބަރު 2015
ޕަބްލިޝްކުރި ގަޑި: 11:20
ސުންގަޑި: 08 އޮކްޓޫބަރު 2015 14:30
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ކޮންސްޓްރަކްޝަން އޮފިސަރ

މަޤާމު

ކޮންސްޓްރަކްޝަން އޮފިސަރ

ބޭނުންވާ އަދަދު

01 (އެކެއް)

ހަމަޖައްސާ ސެކްޝަން: އަޢުކާފް އެންޑް އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ސެކްޝަން

ރޭންކް

އެމް. އެސް 1

ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މުސާރަ

-/5,610 ރ.

ސާރވިސް އެލަވަންސް: -/2,000 ރ.

މަޤާމުގެ ޝަރުޠު

  1. މަޤާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ( ސިވިލް އިންޖީނިއަރިންގ / ކޮންސްޓްރަކްޝަން މެނޭޖްމަންޓް / ބިލްޓް އެންވަޔަރަންމަންޓް ) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު،  މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  2. މަޤާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ( ސިވިލް އިންޖީނިއަރިންގ / ކޮންސްޓްރަކްޝަން މެނޭޖްމަންޓް / ބިލްޓް އެންވަޔަރަންމަންޓް ) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ،
  3. މަޤާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ( ސިވިލް އިންޖީނިއަރިން / ކޮންސްޓްރަކްޝަން މެނޭޖްމަންޓް / ބިލްޓް އެންވަޔަރަންމަންޓް ) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު

  1. ރާއްޖެތެރޭގައި އަލަށް ޢިމާރާތްކުރާ މިސްކިތްތަކުގެ ޕްރޮޖެކްޓްތައް މޮނިޓަރކޮށް ބެލެހެއްޓުން.
  2. ކޮންޓްރެކްޓަރުންނާއި، ކޮންސަލްޓެންޓުންގެ މީޓިންގތައް ރާވައި، ދިމާވާ މައްސަލަތައް ބަލައި ޙައްލުކުރުން
  3. މަސައްކަތް ހިނގަމުންދާގޮތް ބެލުމަށް ކޮންޓްރެކްޓަރުންނާއި، ކޮންސަލްޓެންޓުންނާއެކު ސައިޓްތަކަށް ދިއުން.
  4. ކޮންޓްރެކްޓަރުންނާއި، ކޮންސަލްޓެންޓުން ފޮނުވާ ބިލްތައް ޗެކްކޮށް އެންޓަރކޮށް އަޕްޑޭޓްކުރުން.
  5. ރާއްޖެތެރޭގައި އަލަށް ޢިމާރާތްކުރަމުންދާ މިސްކިތްތަކުގެ މަސައްކަތް ދާގޮތް ބަލައި މޮނިޓަރ ކުރުމަށްޓަކައި ކުރަންޖެހޭ ދަތުރުތައް އިންތިޒާމުކޮށް ޢަމަލީގޮތުން ބައިވެރިވުން.
  6. މިނިސްޓްރީން ހިންގާ ޕީ.އެސް.އައި.ޕީ ޕްރޮޖެކްޓްތަކުގެ ބަޖެޓް ސެކްޝަންގެ އިސްވެރިންގެ ލަފާގެ މަތިން ތައްޔާރުކޮށް ފޮނުވުން.
  7. ކޮންމެ އަހަރަކު ޕީ.އެސް.އައި.ޕީ އަށް ލިބޭ ޕްރޮޖެކްޓްތަކުގެ ހިސާބުތައް ވަކިވަކިން ބާކީކޮށް ބެލެހެއްޓުމާއި، ޕްރޮޖެކްޓްތައް ކުރިއަށް ގެންދިޔުމުގައި އޮންނަ ވޭރިއޭޝަންތަކުގެ ހިސާބުތައް އެނގޭނެހެން ބެލެހެއްޓުން.
  8. ޕީ.އެސް.އައި.ޕީ. ޕްރޮޖެކްޓްތައް ހަވާލުކުރެވޭ ފަރާތްތަކުން ހުށަހަޅާ ބިލްތައް ޗެކްކޮށް އެޕްރޫވް ކުރުމަށްފަހު ބިލްތަކަށް ފައިސާ ދޫކުރުމަށްޓަކައި ބަޖެޓަށް ފޮނުވުން.
  9. އަހަރުން އަހަރަށް ތައްޔާރު ކުރަންޖެހޭ ބަޖެޓް ތައްޔާރު ކުރުމުގައި އަތޮޅުތަކާއި މާލޭގެ މިސްކިތްތަކަށް ހޯދަންޖެހޭ ތަކެއްޗާއި އެހެނިހެން ޚަރަދުތައް ބަލައި ބަޖެޓް ޔުނިޓަށް ހުށަހެޅުން.
  10. އިމާރާތްތަކުގެ ޓެކްނިކަލް ޑްރޯވިންގ ބަލައި މަސައްކަތް ކުރުވުން.
  11. ބީ.އޯ.ކިއު ހެދުން.

ވަޒީފާއަށް އެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު ( ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭހެން، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ އަދި ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

މަސައްކަތް ކުރުމަށް ހަމަޖެހިފައިވާތަން އަދި ގަޑި: މި މަޤަމަށް ހޮވޭ މުވައްޒަފު މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް / އިސްލާމީ މަރުކަޒުގައެވެ. މަސައްކަތު ގަޑިއަކީ 08:00 ން 15:00 އަށެވެ.

މިމަޤާމަށް އިންޓަރވިއު ކުރެވޭނީ މަޤާމުގެ ޝަރުޠު ހަމަވާ، ތަޢުލީމީ ފެންވަރު އަދި ތަޖުރިބާއިން އެންމެ މަތީ މާކްސް ލިބޭ 10 ފަރާތަކާއެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ މައިގަނޑު ކަންތައްތައް: ތަޢުލީމީ ގޮތުން ލިބިފައިވާ މާކްސް، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ އަދި އިންޓަރވިއު މި ތިންބަޔަށް އެންމެ މަތީ މާކްސް ލިބޭ ފަރާތަކަށެވެ.

ސުންގަޑި

  • 08 އޮކްޓޫބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 14:30 ގެ ކުރިން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް ( އިސްލާމީ މަރުކަޒު )
  • މި މަޤާމަށް ހަމަޖައްސާ މުވައްޒަފު މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް / އިސްލާމީ މަރުކަޒުގައެވެ.
  • މި މަޤާމުގެ އިންޓަރވިއު އިޢުލާނުގެ މުއްދަތު ހަމަވާތާ ހަފުތާއެއްގެ ތެރޭގައި ބޭއްވޭނެއެވެ. އަދި، އިންޓަރވިއު ބޭއްވޭނީ މި މިނިސްޓްރީގައެވެ.

    ވެބްސައިޓް އެޑްރެސް www.islamicaffairs.gov.mv ، އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3020232 އަށް އަދި ފެކްސް ނަންބަރަކީ 3315161

29 ސެޕްޓެންބަރު 2015