މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޖޫނިއާ ކޮލެޖް ބިމުގެ ދެކުނުން ޓޫރިޒަމްގެ ބޭނުމަށް ކެނދިކުޅުދޫން ބިން ދޫކުރުމާއި ގުޅޭ

މި އިޢުލާންވަނީ 13 އޮގަސްޓް 2025 14:18 ގައި ބާތިލް ކުރެވިފައެވެ.


ނ. ކެނދިކުޅުދޫ، ޖޫނިއާ ކޮލެޖް ބިމުގެ ދެކުނުންއޮތް ސަރަހައްދުން، 10,000 (ދިހަ ހާސް) އަކަފޫޓުގެ 2 (ދޭއް) ބިމާއި )ބިން ނަންބަރު:TD-GH01,02 )، އަދި 5,000 (ފަސް ހާސް) އަކަފޫޓުގެ 3 (ތިނެއް) ބިން (ބިން ނަންބަރު: TD-GH03,04,05)، ޓުއަރިޒަމްގެ ބޭނުމަށް، މީލާދީ 35 (ތިރީސް ފަހެއް) އަހަރުގެ މުއްދަތަށް ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މި އިޢުލާނަށް ބީލަން ހުށަހެޅޭނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 18/2014) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.

ބިމުގެ މަޢުލުމާތު:

އިކުއިޒިޝަން ކޮސްޓްގެ  ގޮތުގައި ހުށަހެޅޭނެ އެންމެ ދަށް އަދަދު (ދެ އަހަރު) (ދިވެހި ރުފިޔާ)

ބިމު ކުލީގެ ގޮތުގައި ހުށަހެޅޭނެ އެންމެ ދަށް އަދަދު މަހަކަށް (ދިވެހި ރުފިޔާ)

ބިމުގެ ބޮޑުމިން

(އަކަ ފޫޓް)

ބިން

ނަންބަރު

240,000.00

10,000.00

10,000

މި އިޢުލާނުގެ ޖަދުވަލު-1 ގައިވާ ބިން

TD-GH01

TD-GH02

120,000.00

5,000.00

5,000

މި އިޢުލާނުގެ ޖަދުވަލު-1 ގައިވާ ބިން

TD-GH03

TD-GH04

TD-GH05

ބިމުގެ ސަރަހައްދު އަންގައިދޭ ޗާޓު މި އިޢުލާނާއެކު ގެޒެޓުކޮށްފައިވާނެއެވެ.

 

ބީލަމަށް ރަޖިސްޓްރީކުރުން

  • ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކުން، ތިރީގައިވާ ލިންކް މެދުވެރިކޮށް 10 އޮގަސްޓް 2025 ވާ އާދިއްތަ ދުވަހުން ފެށިގެން 17 އޮގަސްޓް 2025 ވާ އާދިއްތަ ދުވަހު 14:00ގެ ކުރިން މި ފޯމު ފުރިހަމަކުރުމަށް ފަހު ފޮނުވަން ވާނެއެވެ.

ލިންކް: https://forms.office.com/r/25Q6Ndqvdw  

  • ބީލަމުގެ ރަޖިސްޓްރޭޝަން ފުރިހަމަވުމުން ރަޖިސްޓްރީވި ކަމުގެ ރަސީދެއް [email protected]  މެދުވެރިކޮށް ރަޖިސްޓްރީވާ ފަރާތްތަކަށް، ރަޖިސްޓްރީ ފުރިހަމަކުރާތާ 48 ގަޑިއިރުގެ ތެރޭގައި އީމެއިލް މެދުވެރިކޮށް ފޮނުވާނެއެވެ. އެ އީމެއިލް ލިބުމުން ބީލަމުގެ ރަޖިސްޓްރޭޝަން ފުރިހަމަ ވެގެން ދާނެއެވެ.
  • ބިޑް ރަޖިސްޓްރޭޝަން ފީގެ ރަސީދު ރަޖިސްޓްރީވެފައިވާ ފަރާތުން ފޮނުވުމުން ރަޖިސްޓްރޭޝަން ފުރިހަމަ ވެގެން ދާނެއެވެ.
  • ބިޑް ރަޖިސްޓްރޭޝަން ފީ ޖަމާކުރަންވާނި ތިރީގައި ބަޔާން ކުރެވިފައިވާ އެކައުންޓަށެވެ.

-          އެކައުންޓް ނަންބަރު : 7720700434001

-          އެކައުންޓް ނަން : 1326 REVENUE 1

  • މި ބީލަމުގައި ބައިވެރިވެވޭނީ ބީލަމުގެ ރަޖިސްޓްރޭޝަން މަރުހަލާ ފުރިހަމަ ކުރާ ފަރާތްތަކަށް އެކަންޏެވެ. ބިޑް ރަޖިސްޓްރޭޝަން އަގަކީ 1,000ރ (އެއް ހާސް) ދިވެހި ރުފިޔާއެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

  • ބީލަންވެރިންނަށް ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 19 އޮގަސްޓް 2025 ވާ އަންގާރަ ދުވަހުގެ 13:30 ގައި މިއިދާރާގެ ޖަލްސާ ކުރާ މާލަމް (ކެނދި މާލަމް) ގައެވެ.
  • މިބައްދަލުވުމަށް ޙާޟިރުނުވެވޭ ފަރާތްތަކަށް ބަދަލުގައި އެހެން ފަރާތެއް ފޮނުވިދާނެއެވެ.

ބަދަލުގައި ފޮނުވާ ފަރާތުގެ މަޢުލޫމާތު (ފުރިހަމަ ނަމާއި، އައިޑީ ކާޑު ނަންބަރާއި، ގުޅޭނެ ނަންބަރު)  އިނގޭނެ ގޮތަށް ރަޖިސްޓްރީވެފައިވާ ވިޔަފާރިގެ ލެޓަރހެޑްގައި ލިޔުމަކާއި ބަދަލުގައި ބައިވެރިވާ ފަރާތުގެ އައި.ޑީ ކާޑް ކޮޕީ ގެންނަންވާނެއެވެ.

  • މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބީލަމާއި ގުޅިގެން ސަމާލުކަން ދޭންވީ ކަންކަން ހިއްސާ ކުރުމާއި ބީލަންވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުން އޮންނާނެއެވެ.

ބީލަން ހުށަހެޅުން

 

  • ބީލަން ބަލައިގަތުމާއި ބީލަން ހުޅުވުން އޮންނާނީ 28 އޮގަސްޓް 2025 ވާ ބުރާސްފަތި ދުވަހުގެ  13:00 ގައި މިއިދާރާގެ ޖަލްސާ ކުރާ މާލަމް (ކެނދި މާލަމް) ގައެވެ.
  • ބީލަން ހުށަހަޅަންވާނީ ބަންދުކޮށްފައިވާ ސިޓީއުރައިގައެވެ.
  • ބީލަން ހުށަހެޅުމުގެ ބައްދަލުވުމަށް ޙާޟިރުނުވެވޭ ފަރާތްތަކަށް ބަދަލުގައި އެހެން ފަރާތެއް ފޮނުވިދާނެއެވެ.
  • ބަދަލުގައި ފޮނުވާ ފަރާތުގެ މަޢުލޫމާތު (ފުރިހަމަ ނަމާއި، އައިޑީ ކާޑު ނަންބަރާއި، ގުޅޭނެ ނަންބަރު)  އިނގޭނެ ގޮތަށް ރަޖިސްޓްރީވެފައިވާ ވިޔަފާރީގެ ލެޓަރހެޑްގައި ލިޔުމަކާއި ބަދަލުގައި ފޮނުވާ ފަރާތުގެ އައި.އި.ޑީ ކާޑް ކޮޕީ ހުށަހަޅަންވާނެއެވެ.
  • ބީލަމުގައި ރަޖިސްޓްރީނުވާ ފަރާތްތަކުން ހުށަހަޅާ ބީލަންތަކާއި، ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތަކާއި، އީމެއިލްގެ ޒަރީއްޔާއިން ފޮނުވާ ބީލަންތައް ބަލައެއްނުގަނެވޭނެއެވެ.

ބީލަން ކާމިޔާބުކުރާ ފަރާތެއް ކަނޑައެޅުމަށްޓަކައި ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ ގޮތާއި އިސްކަންދޭނެ ތަރުތީބު

މާކުސް ދިނުން

ބީލަމުގެ އިވެލުއޭޝަން ކްރައިޓީރިއާ

މާކްސް/ޕޮއިންޓް (%)

ހުށަހަޅާ އަގަށް

35%

  • ލީސް އިކުއިޒިޝަން ކޯސްޓް (އެލް.އޭ.ސީ)

-         ބީލަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން އެލް.އޭ.ސީ ހުށަހަޅާފައިވާ ފަރާތަށް އެންމެ ގިނަ ޕޮއިންޓް. (ހުށަހެޅޭނެ އެންމެ ދަށް އަގަކީ 2 އަހަރު ދުވަހަށް ވާ އަދަދު ކަމުގައިވާ 10,000 އަކަ ފޫޓުގެ ބިމަށް 240,000.00ރ އެވެ، އަދި 5,000 އަކަ ފޫޓްގެ ބިމަށް 120,000.00ރ އެވެ.)

10%

  • ބިމު ކުލި

-          ބިމު ކުލީގެ ގޮތުގައި ހުށަހަޅާ އަގަށް:

ބީލަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ބިން ކުއްޔަށް ނަގާ މުއްދަތަށް ޖުމުލަ ބިމު ކުލީގެ ގޮތުގައި އެންމެ ބޮޑު އަގެއް ހުށަހަޅާފައިވާ ފަރާތަށް އެންމެ ގިނަ ޕޮއިންޓް.

-          ބިމު ކުލީގެ ގޮތުގައި ހުށަހަޅާ އަގަށް ބަދަލުގެންނަ އިންސައްތައަށް:

ބިމު ކުލީގެ ގޮތުގައި ހުށައަޅާފައިވާ އަގަށް ، ބިން ކުއްޔަށް ނަގާފައިވާ މުއްދަތުގައި ، އަހަރުން އަހަރަށް ބިމު ކުލީގެ ގޮތުގައި އެންމެ ބޮޑު ކުރިއެރުމެއް ގެންނަ ފަރާތަކަށް އެންމެ މަތިން ޕޮއިންޓް ލިބޭނެއެވެ.

20%

  • ވިޔަފާރި މަންފާ ހިއްސާކުރާ މިންވަރު

-         ވިޔަފާރި ފައިދާއިން ރަށުގެ ރައްޔިތުންނަށް ފައިދާ ކުރާނެ މިންވަރު

5%

ހުށަހަޅާ ޕްރޮޕޯސަލް އަށް

65%

  • ކުއްޔަށް ނަގާ މުއްދަތަށް ކުރާ އިންވެސްޓް.

-          ބީލަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، ބިން ކުއްޔަށް ނަގާ މުއްދަތުގައި އެންމެ ބޮޑު އަދަދެއްގެ އިންވެސްޓްމެންޓެއް ހުށަހަޅާފައިވާ ފަރާތަށް އެންމެ ގިނަ ޕޮއިންޓް.

10%

  • ޙިދުމަތް ދޭން ފަށާނެ މުއްދަތު

-         ބިން އެވޯޑް ކުރެވޭ ތާރީޚުން ފެށިގެން ޓުއަރިޒަމްގެ ވިޔަފާރި ފެށުމަށް ހުށަހަޅާ މުއްދަތު.

5%

  • މުވައްޒަފުންގެ ގޮތުގައި ކެނދިކުޅުދޫ ރައްޔިތުން ހިމަނާނެ މިންވަރަށް.

-          ބީލަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މުވައްޒަފުންގެ ގޮތުގައި ކެނދިކުޅުދޫ ރައްޔިތުން ހިމެނުމަށް އެންމެ ބޮޑު އިންސައްތައެއް ހުށަހަޅާފައިވާ ފަރާތަށް އެންމެ ގިނަ ޕޮއިންޓް.

 

5%

  • ތިމާވެށި ހިމާޔަތްކުރުމަށް ހަރަދުކުރާނެ މިންވަރަށް.

-          ބީލަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ނ. ކެނދިކުޅުދޫގެ ތިމާވެށި ހިމާޔަތްކުރުމަށް ޚަރަދުކުރާނެ އެންމެ ގިނަ އަދަދެއް ހުށަހަޅާ ފަރާތަށް އެންމެ ގިނަ ޕޮއިންޓް

5%

  • ސީ.އެސް.އާރުގެ ގޮތުގައި އަހަރަކަށް ހަރަދުކުރާނެ މިންވަރަށް.

-          ބީލަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ސީ.އެސް.އާރުގެ ގޮތުގައި ނ. ކެނދިކުޅުދޫއަށް އަހަރަކަށް ޚަރަދު ކުރުމަށް އެންމެ ގިނަ އަދަދެއް ހުށަހަޅާ ފަރާތަށް އެންމެ ގިނަ ޕޮއިންޓް

5%

  • ރަށުގެ ދަނޑުވެރިކަމުގެ އުފެއްދުންތަކާއި މަސްވެރިކަމުން އުފައްދާ ބާވަތްތައް ގަންނާނެ އިންސައްތައަށް.

-          ބީލަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ނ. ކެނދިކުޅުދޫގެ ދަނޑުވެރިކަމާއި މަސްވެރިކަމުގެ އުފެއްދުންތައް ބޭނުންކުރުމަށް އެންމެ ބޮޑު އިންސައްތައެއް ހުށަހަޅާފައިވާ ފަރާތަށް އެންމެ ގިނަ ޕޮއިންޓް.

5%

  • ޓޫރިޒަމްގެ ބޭނުމަށް ޤާއިމުކުރަންޖެހޭ އިތުރު ޚިދުމަތްތައް ޤާއިމުކޮށް ހިންގާނެ މިންވަރަށް.

-          ބީލަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، ޓުއަރިޒަމްގެ ދާއިރާއިން ޤާއިމުކުރާ އެންމެ ގިނަ ޚިދުމަތްތައް/ފެސިލިޓީތައް ހުށަހަޅާފައިވާ ފަރާތަށް އެންމެ ގިނަ ޕޮއިންޓް.

10%

  • ބައިނަލް އަޤުވާމީ ދުނިޔެއަށް ރަށް ހުޅުވައިލުމާއި،ޑެސްޓިނޭޝަން މާކެޓެއްގެ ގޮތުގައި ރަށް ޕްރޮމޯޓް ކުރުމަށް ޚަރަދުކުރާނެ މިންވަރަށް.

-          ބީލަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، ބައިނަލް އަޤުވާމީ ދުނިޔެއަށް ނ.ކެނދިކުޅުދޫ ހުޅުވައިލުމާއި، ޑެސްޓިނޭޝަން މާކެޓެއްގެ ގޮތުގައި ރަށް ޕްރޮމޯޓް ކުރުމަށް އެންމެ ބޮޑު އަދަދެއް ޚަރަދުކުރުމަށް ހުށަހަޅާފައިވާ ފަރާތަށް އެންމެ ގިނަ ޕޮއިންޓް.

5%

 

  • މާލީ ޤާބިލްކަމަށް

-          (1 އަހަރުގެ އެކައުންޓް ޓާންއޯވަރ ބަޔާންކޮށް ބޭންކުން ދޫކުރާ ރިފަރެންސް ލެޓަރ ނުވަތަ ތައްގަނޑު ޖެހި ބޭންކް ސްޓޭޓްމަންޓް ހުށަހެޅުމުން އެންމެ މަތީ ޓާންއޯވަރ ބެންޗުމާކު ކަމަށް ބަލައިގެން މާކްސްދޭ ގޮތަށެވެ. 1 އަހަރުގެ ޓާންއޯވަރ ބަލާނީ 2025 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ނިޔަލަށް 01 އަހަރުވާ ލިޔުމަށެވެ. (ރިފަރެންސް ލެޓަރގައި ބޭންކްގެ ތައްގަނޑާއި ސޮއި އޮންނަންވާނެއެވެ. ބޭންކް ސްޓޭޓްމަންޓް އަދި ރިފަރެންސް ލެޓަރ ބަލައިގަންނާނީ މިބީލަމުގައި ރަޖިސްޓްރީވާ ވިޔަފާރީގެ ބޭންކް އެކައުންޓް/އެކައުންޓްތަކުގެ ސްޓޭޓްމަންޓް ނުވަތަ ރިފަރެންސް ލެޓަރ އެކަންޏެވެ).

10%

 

  • ތަޖުރިބާ

-         މާކްސް ދެވޭނީ މިކައުންސިލްގެ ޓެކްނިކަލް އިވަލުއޭޝަންއިން ފާސްވާ ފަރާތްތަކުގެ ތެރެއިން، ޓުއަރިޒަމާއި ގެސްޓްހައުސް ތަރައްޤީކޮށް ހިންގުމާ އަދި މިދާއިރާއާ ގުޅުންހުރި ދާއިރާތަކުގައި ކޮށްފައިވާ މަސައްކަތްތަކާއި ކުރަމުންދާ މަސައްކަތައް ބަޔާންކޮށް ދަޢުލަތުގެ އިދާރާއަކުން ނުވަތަ ސަރުކާރު ޙިއްސާވާ ކުންފުންޏަކުން ދޫކުރާ އެއިދާރާއެއް ނުވަތަ ކުންފުންޏެއްގެ ސިއްކަ ޖެހި ލިޔުމަށެވެ. އެގޮތުން ހުށައަޅާ ކޮންމެ ލިޔުމަކަށް ލިބޭނީ 2 (ދޭއް) މާކްސް އެވެ. އަދި ނިސްބަތުން އެންމެ ގިނަ މާކްސް ލިބޭ ފަރާތަށް އެންމެ ގިނަ ޕޮއިންޓް ދީ ބެންޗުމާކުގެ ގޮތުގައި ބަލައިގެން އެހެން ބީލަންތަކަށް ޕޮއިންޓް ދެވޭނެއެވެ.

5%

ހުށައަޅަންޖެހޭ ތަކެތި

  1. ބިން ކުއްޔަށް ނެގުމަށް އެދި ހުށައަޅާ ފަރާތުގެ ރަޖިސްޓްރީ ކޮޕީ : ރަޖިސްޓްރީ ކޮޕީ / ވިޔަފާރީގެ ޕްރޮފައިލް ޝީޓް

މި ލިޔުން ހުށައަޅާއިރު ރަޖިސްޓްރީ މުއްދަތު ހަމަވެފައިވާ ވިޔަފާރިތަކާ އަހަރީ ފީ ދުވަސް ހަމަވެފައިވާ ވިޔަފާރިތަށް ބަލައެއް ނުގަނެވޭނެއެވެ.

  1. ބިލަން ހުށައަޅާ ފޯމް ( ވިޔަފާރީގެ ސިއްކަ އޮތްނަމަ މިފޯމުގައި ޖަހަންވާނެއެވެ.
  2. ވިޔަފާރީގެ ވެރިފަރާތް ނޫން އެހެން ފަރާތަކަށް ބީލަމުގައި ސޮއިކުރުމުގެ ހުއްދަ ދީފައިވާނަމަ އެކަން އެނގޭނެ ލިޔުން
  3. ބިމުކުލި ދެއްކުމަށް ކަނޑައަޅާ ގޮތުގެ ޕޭމަންޓް ޝެޑިއުލް

ބިން ކުއްޔަށް ހިފުމަށް ބޭނުންވާ ފަރާތުން ހުށައަޅާ ޕްރޮޕޯސަލް

އިތުރު މަޢުލޫމާތު

  • އެކަށީގެންވާ އަދަދަށް ބިޑު ލިބިފައި ނުވާނަމަ  އަދި ހުށަހަޅާފައިވާ ބިޑްތަކުގެ އަގާއި މުއްދަތު އެކަށީގެންނުވާނަމަ މި އިޢުލާނު ބާޠިލްކުރުމުގެ އިޚްތިޔާރު ނ. ކެނދިކުޅުދޫ ކައުންސިލަށް ލިބިގެން ވެއެވެ.

-   ފޯން: 6560013 ނުވަތަ 6560673 (ރަސްމީ ގަޑީގައި)

-   އީމެއިލް: [email protected]

 

ވީމާ ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

17 ޞަފަރު 1447

11 އޮގަސްޓް 2025

11 އޮގަސްޓް 2025
ހޯދާ