ދިވެހިރާއްޖެ
މި އިޢުލާންވަނީ 13 އޮގަސްޓް 2025 14:18 ގައި ބާތިލް ކުރެވިފައެވެ.
ނ. ކެނދިކުޅުދޫ، ޖޫނިއާ ކޮލެޖް ބިމުގެ ދެކުނުންއޮތް ސަރަހައްދުން، 10,000 (ދިހަ ހާސް) އަކަފޫޓުގެ 2 (ދޭއް) ބިމާއި )ބިން ނަންބަރު:TD-GH01,02 )، އަދި 5,000 (ފަސް ހާސް) އަކަފޫޓުގެ 3 (ތިނެއް) ބިން (ބިން ނަންބަރު: TD-GH03,04,05)، ޓުއަރިޒަމްގެ ބޭނުމަށް، މީލާދީ 35 (ތިރީސް ފަހެއް) އަހަރުގެ މުއްދަތަށް ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މި އިޢުލާނަށް ބީލަން ހުށަހެޅޭނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 18/2014) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.
ބިމުގެ މަޢުލުމާތު:
އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި ހުށަހެޅޭނެ އެންމެ ދަށް އަދަދު (ދެ އަހަރު) (ދިވެހި ރުފިޔާ) |
ބިމު ކުލީގެ ގޮތުގައި ހުށަހެޅޭނެ އެންމެ ދަށް އަދަދު މަހަކަށް (ދިވެހި ރުފިޔާ) |
ބިމުގެ ބޮޑުމިން (އަކަ ފޫޓް) |
ބިން |
ނަންބަރު |
240,000.00 |
10,000.00 |
10,000 |
މި އިޢުލާނުގެ ޖަދުވަލު-1 ގައިވާ ބިން |
TD-GH01 TD-GH02 |
120,000.00 |
5,000.00 |
5,000 |
މި އިޢުލާނުގެ ޖަދުވަލު-1 ގައިވާ ބިން |
TD-GH03 TD-GH04 TD-GH05 |
ބިމުގެ ސަރަހައްދު އަންގައިދޭ ޗާޓު މި އިޢުލާނާއެކު ގެޒެޓުކޮށްފައިވާނެއެވެ.
ބީލަމަށް ރަޖިސްޓްރީކުރުން |
ލިންކް: https://forms.office.com/r/25Q6Ndqvdw
- އެކައުންޓް ނަންބަރު : 7720700434001 - އެކައުންޓް ނަން : 1326 REVENUE 1
|
|
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން |
ބަދަލުގައި ފޮނުވާ ފަރާތުގެ މަޢުލޫމާތު (ފުރިހަމަ ނަމާއި، އައިޑީ ކާޑު ނަންބަރާއި، ގުޅޭނެ ނަންބަރު) އިނގޭނެ ގޮތަށް ރަޖިސްޓްރީވެފައިވާ ވިޔަފާރިގެ ލެޓަރހެޑްގައި ލިޔުމަކާއި ބަދަލުގައި ބައިވެރިވާ ފަރާތުގެ އައި.ޑީ ކާޑް ކޮޕީ ގެންނަންވާނެއެވެ.
|
|
ބީލަން ހުށަހެޅުން
|
|
|
ބީލަން ކާމިޔާބުކުރާ ފަރާތެއް ކަނޑައެޅުމަށްޓަކައި ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ ގޮތާއި އިސްކަންދޭނެ ތަރުތީބު |
||
މާކުސް ދިނުން |
ބީލަމުގެ އިވެލުއޭޝަން ކްރައިޓީރިއާ |
މާކްސް/ޕޮއިންޓް (%) |
ހުށަހަޅާ އަގަށް |
35% |
|
- ބީލަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން އެލް.އޭ.ސީ ހުށަހަޅާފައިވާ ފަރާތަށް އެންމެ ގިނަ ޕޮއިންޓް. (ހުށަހެޅޭނެ އެންމެ ދަށް އަގަކީ 2 އަހަރު ދުވަހަށް ވާ އަދަދު ކަމުގައިވާ 10,000 އަކަ ފޫޓުގެ ބިމަށް 240,000.00ރ އެވެ، އަދި 5,000 އަކަ ފޫޓްގެ ބިމަށް 120,000.00ރ އެވެ.) |
10% |
|
- ބިމު ކުލީގެ ގޮތުގައި ހުށަހަޅާ އަގަށް: ބީލަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ބިން ކުއްޔަށް ނަގާ މުއްދަތަށް ޖުމުލަ ބިމު ކުލީގެ ގޮތުގައި އެންމެ ބޮޑު އަގެއް ހުށަހަޅާފައިވާ ފަރާތަށް އެންމެ ގިނަ ޕޮއިންޓް. - ބިމު ކުލީގެ ގޮތުގައި ހުށަހަޅާ އަގަށް ބަދަލުގެންނަ އިންސައްތައަށް: ބިމު ކުލީގެ ގޮތުގައި ހުށައަޅާފައިވާ އަގަށް ، ބިން ކުއްޔަށް ނަގާފައިވާ މުއްދަތުގައި ، އަހަރުން އަހަރަށް ބިމު ކުލީގެ ގޮތުގައި އެންމެ ބޮޑު ކުރިއެރުމެއް ގެންނަ ފަރާތަކަށް އެންމެ މަތިން ޕޮއިންޓް ލިބޭނެއެވެ. |
20% |
|
- ވިޔަފާރި ފައިދާއިން ރަށުގެ ރައްޔިތުންނަށް ފައިދާ ކުރާނެ މިންވަރު |
5% |
|
ހުށަހަޅާ ޕްރޮޕޯސަލް އަށް |
65% |
|
- ބީލަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، ބިން ކުއްޔަށް ނަގާ މުއްދަތުގައި އެންމެ ބޮޑު އަދަދެއްގެ އިންވެސްޓްމެންޓެއް ހުށަހަޅާފައިވާ ފަރާތަށް އެންމެ ގިނަ ޕޮއިންޓް. |
10% |
|
- ބިން އެވޯޑް ކުރެވޭ ތާރީޚުން ފެށިގެން ޓުއަރިޒަމްގެ ވިޔަފާރި ފެށުމަށް ހުށަހަޅާ މުއްދަތު. |
5% |
|
- ބީލަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މުވައްޒަފުންގެ ގޮތުގައި ކެނދިކުޅުދޫ ރައްޔިތުން ހިމެނުމަށް އެންމެ ބޮޑު އިންސައްތައެއް ހުށަހަޅާފައިވާ ފަރާތަށް އެންމެ ގިނަ ޕޮއިންޓް.
|
5% |
|
- ބީލަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ނ. ކެނދިކުޅުދޫގެ ތިމާވެށި ހިމާޔަތްކުރުމަށް ޚަރަދުކުރާނެ އެންމެ ގިނަ އަދަދެއް ހުށަހަޅާ ފަރާތަށް އެންމެ ގިނަ ޕޮއިންޓް |
5% |
|
- ބީލަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ސީ.އެސް.އާރުގެ ގޮތުގައި ނ. ކެނދިކުޅުދޫއަށް އަހަރަކަށް ޚަރަދު ކުރުމަށް އެންމެ ގިނަ އަދަދެއް ހުށަހަޅާ ފަރާތަށް އެންމެ ގިނަ ޕޮއިންޓް |
5% |
|
- ބީލަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ނ. ކެނދިކުޅުދޫގެ ދަނޑުވެރިކަމާއި މަސްވެރިކަމުގެ އުފެއްދުންތައް ބޭނުންކުރުމަށް އެންމެ ބޮޑު އިންސައްތައެއް ހުށަހަޅާފައިވާ ފަރާތަށް އެންމެ ގިނަ ޕޮއިންޓް. |
5% |
|
- ބީލަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، ޓުއަރިޒަމްގެ ދާއިރާއިން ޤާއިމުކުރާ އެންމެ ގިނަ ޚިދުމަތްތައް/ފެސިލިޓީތައް ހުށަހަޅާފައިވާ ފަރާތަށް އެންމެ ގިނަ ޕޮއިންޓް. |
10% |
|
- ބީލަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، ބައިނަލް އަޤުވާމީ ދުނިޔެއަށް ނ.ކެނދިކުޅުދޫ ހުޅުވައިލުމާއި، ޑެސްޓިނޭޝަން މާކެޓެއްގެ ގޮތުގައި ރަށް ޕްރޮމޯޓް ކުރުމަށް އެންމެ ބޮޑު އަދަދެއް ޚަރަދުކުރުމަށް ހުށަހަޅާފައިވާ ފަރާތަށް އެންމެ ގިނަ ޕޮއިންޓް. |
5% |
|
|
- (1 އަހަރުގެ އެކައުންޓް ޓާންއޯވަރ ބަޔާންކޮށް ބޭންކުން ދޫކުރާ ރިފަރެންސް ލެޓަރ ނުވަތަ ތައްގަނޑު ޖެހި ބޭންކް ސްޓޭޓްމަންޓް ހުށަހެޅުމުން އެންމެ މަތީ ޓާންއޯވަރ ބެންޗުމާކު ކަމަށް ބަލައިގެން މާކްސްދޭ ގޮތަށެވެ. 1 އަހަރުގެ ޓާންއޯވަރ ބަލާނީ 2025 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ނިޔަލަށް 01 އަހަރުވާ ލިޔުމަށެވެ. (ރިފަރެންސް ލެޓަރގައި ބޭންކްގެ ތައްގަނޑާއި ސޮއި އޮންނަންވާނެއެވެ. ބޭންކް ސްޓޭޓްމަންޓް އަދި ރިފަރެންސް ލެޓަރ ބަލައިގަންނާނީ މިބީލަމުގައި ރަޖިސްޓްރީވާ ވިޔަފާރީގެ ބޭންކް އެކައުންޓް/އެކައުންޓްތަކުގެ ސްޓޭޓްމަންޓް ނުވަތަ ރިފަރެންސް ލެޓަރ އެކަންޏެވެ). |
10% |
|
- މާކްސް ދެވޭނީ މިކައުންސިލްގެ ޓެކްނިކަލް އިވަލުއޭޝަންއިން ފާސްވާ ފަރާތްތަކުގެ ތެރެއިން، ޓުއަރިޒަމާއި ގެސްޓްހައުސް ތަރައްޤީކޮށް ހިންގުމާ އަދި މިދާއިރާއާ ގުޅުންހުރި ދާއިރާތަކުގައި ކޮށްފައިވާ މަސައްކަތްތަކާއި ކުރަމުންދާ މަސައްކަތައް ބަޔާންކޮށް ދަޢުލަތުގެ އިދާރާއަކުން ނުވަތަ ސަރުކާރު ޙިއްސާވާ ކުންފުންޏަކުން ދޫކުރާ އެއިދާރާއެއް ނުވަތަ ކުންފުންޏެއްގެ ސިއްކަ ޖެހި ލިޔުމަށެވެ. އެގޮތުން ހުށައަޅާ ކޮންމެ ލިޔުމަކަށް ލިބޭނީ 2 (ދޭއް) މާކްސް އެވެ. އަދި ނިސްބަތުން އެންމެ ގިނަ މާކްސް ލިބޭ ފަރާތަށް އެންމެ ގިނަ ޕޮއިންޓް ދީ ބެންޗުމާކުގެ ގޮތުގައި ބަލައިގެން އެހެން ބީލަންތަކަށް ޕޮއިންޓް ދެވޭނެއެވެ. |
5% |
ހުށައަޅަންޖެހޭ ތަކެތި |
މި ލިޔުން ހުށައަޅާއިރު ރަޖިސްޓްރީ މުއްދަތު ހަމަވެފައިވާ ވިޔަފާރިތަކާ އަހަރީ ފީ ދުވަސް ހަމަވެފައިވާ ވިޔަފާރިތަށް ބަލައެއް ނުގަނެވޭނެއެވެ.
ބިން ކުއްޔަށް ހިފުމަށް ބޭނުންވާ ފަރާތުން ހުށައަޅާ ޕްރޮޕޯސަލް |
|
އިތުރު މަޢުލޫމާތު |
- ފޯން: 6560013 ނުވަތަ 6560673 (ރަސްމީ ގަޑީގައި) - އީމެއިލް: [email protected] |
ވީމާ ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.
17 ޞަފަރު 1447
11 އޮގަސްޓް 2025