ދިވެހިރާއްޖެ
މިއަހަރު ދޫކުރުމަށް އިޢުލާން ކުރެވުނު 75 ގޯއްޗަށް ކުރިމަތިލެއްވި ފަރާތްތަކުގެ ފޯރމްތައް ގެވަޅު ކޮމިޓީން އިވެލުވޭޓްކޮށް ، ދިރިއުޅުމުގެ ޙާލަތުބަލާ ވަޒަންކުކުރުމަށްފަހު ޝަރުޠުހަމަވާ ފަރާތްތަކާއި ، ޝަރުޠު ފުރިހަމަނުވާ ފަރާތްތައް ކަނޑައަޅާ ، މާރްކްސް ދީފައިވާ ގޮތުގެ ތަފްޞީލް ހިމެނިފައިވާ ވަގުތީ ލިސްޓް މިއިޢުލާނާ އެކު ޢާންމު ކުރަމެވެ.
ވީމާ ، މިދެންނެވި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު މިއަދުން ފެށިގެން 20 އޮގަސްޓް 2025 ވާ ބުދަ ދުވަހުގެ 12.00 ގެ ނިޔަލަށް ޢާންމުކޮށް ހުޅުވާލަމެވެ. ޝަކުވާހުށަހަޅުއްވާނީ ލިޔުމުންނެވެ. އަދި އީމެއިލްގެ ޒަރީޢާއިން ފޮނުވާ ޝަކުވާތައްވެސް ބަލައިގަނެވޭނެއެވެ. އީމެއިލް ފޮނުވާނީ [email protected] އަށެވެ. އިތުރު މަޢުލޫމާތެއް ސާފުކުރުމަށްބޭނުންވާނަމަ ރަސްމީގަޑީގައި މިކައުންސިލްގެ ފޯން ނަމްބަރ 6600005 އާ ގުޅުއްވުން އެދެމެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.