ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)325-MS/325/2025/66
ޕަބްލިޝްކުރި ތާރީޚް: 11 އޮގަސްޓް 2025
ޕަބްލިޝްކުރި ގަޑި: 14:06
ސުންގަޑި: 20 އޮގަސްޓް 2025 12:00
މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ ގޮއިދޫއިން ގޯތި ދޫކުރުމާއި ބެހޭ

މިއަހަރު ދޫކުރުމަށް އިޢުލާން ކުރެވުނު 75 ގޯއްޗަށް ކުރިމަތިލެއްވި ފަރާތްތަކުގެ ފޯރމްތައް ގެވަޅު ކޮމިޓީން އިވެލުވޭޓްކޮށް ، ދިރިއުޅުމުގެ ޙާލަތުބަލާ ވަޒަންކުކުރުމަށްފަހު ޝަރުޠުހަމަވާ ފަރާތްތަކާއި ، ޝަރުޠު ފުރިހަމަނުވާ ފަރާތްތައް ކަނޑައަޅާ ، މާރްކްސް ދީފައިވާ ގޮތުގެ ތަފްޞީލް    ހިމެނިފައިވާ ވަގުތީ ލިސްޓް މިއިޢުލާނާ އެކު ޢާންމު ކުރަމެވެ.

            ވީމާ ، މިދެންނެވި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު މިއަދުން ފެށިގެން 20 އޮގަސްޓް 2025 ވާ ބުދަ ދުވަހުގެ 12.00 ގެ ނިޔަލަށް  ޢާންމުކޮށް ހުޅުވާލަމެވެ. ޝަކުވާހުށަހަޅުއްވާނީ ލިޔުމުންނެވެ. އަދި އީމެއިލްގެ ޒަރީޢާއިން ފޮނުވާ ޝަކުވާތައްވެސް ބަލައިގަނެވޭނެއެވެ. އީމެއިލް ފޮނުވާނީ  [email protected]  އަށެވެ. އިތުރު މަޢުލޫމާތެއް ސާފުކުރުމަށްބޭނުންވާނަމަ ރަސްމީގަޑީގައި މިކައުންސިލްގެ ފޯން ނަމްބަރ 6600005 އާ ގުޅުއްވުން އެދެމެވެ.

            މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

11 އޮގަސްޓް 2025