| ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ | 
| މަޤާމު | ޑިރެކްޓަރ | 
| މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން | އީ. އެކްސް. 1/ ޑިރެކްޓަރ | 
| ބޭނުންވާ އަދަދު | 01 | 
| ވަޒިފާ އަދާ ކުރަންޖެހޭ ރަށް/ އޮފީހާއި،  ސެކްޝަން | ސެކްރެޓޭރިއޭޓް ސެކްޝަން / މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ކ. މާލެ | 
| މުސާރައާއި އިނާޔަތްތައް | އަސާސީ މުސާރަ: -/8835ރ ސަރވިސް އެލަވަންސް: -/2000ރ ސްޕެޝަލް ޑިއުޓީ އެލަވަންސް: އަސާސީ މުސާރައިގެ %35 (އިތުރު ގަޑީގައި ކުރާމަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެ) | 
| ޝަރުޠު | 
މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަމަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަމަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާ އެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. | 
| މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް | 
އޮފީސް އޮފް ދަ މިނިސްޓަރސް އަދި ޕަރމަނަންޓް ސެކްރެޓަރީ ޔުނިޓުގެ އެންމެހާ އިދާރީ މަސައްކަތްތައް ހިންގާ ބެލެހެއްޓުން.މިނިސްޓަރ އަދި ސިޔާސީ ގޮތުން އައްޔަންކޮށްފައިވާ ފަރާތްތަކާއި ޕަރމަނަންޓް ސެކްރެޓަރީގެ ބައްދަލުވުންތަކާއި ދަތުރުތައް ކަނޑައެޅޭ އުސޫލެއްގެ މަތިން އިންތިޒާމްކޮށް ބެލެހެއްޓުން އަދި އެފަދަ ބައްދަލުވުންތަކުގެ ޔައުމިއްޔާ އާއި ދަތުރު ރިޕޯޓުތައް ތައްޔާރުކުރުން.މިނިސްޓަރ އަދި ޕަރމަނަންޓް ސެކްރެޓަރީ އެކި މުނާސަބާތަކާ ގުޅިގެން ދެއްވާ ތަޤްރީރްތަކާއި ޑޮކިއުމަންޓްތަކަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް އެފަދަ ލިޔުންތައް ތައްޔާރުކުރުން.މިނިސްޓްރީގެ މަސައްކަތްތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގައި މިނިސްޓަރ ޖަވާބުދާރީވާންޖެހޭ ކަންކަމަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް، ދެއްވާ ޖަވާބުތަކުގެ ޔައުމިއްޔާ ފައިލްކޮށް ރިކޯޑް ބެލެހެއްޓުން.މިނިސްޓަރަށް އެޑްރެސްކޮށް އެކި ފަރާތްތަކުން ފޮނުވާ ސިޓީތައް ބަލާ އެސިޓީތައް ކަމާބެހޭ ސެކްޝަންތަކަށް ފޮނުވައި ސީދާ ޖަވާބުދާރީ ވާންޖެހޭ ސިޓީތަކަށް މިނިސްޓަރުގެ އިރުޝާދާ އެއްގޮތަށް ޖަވާބު ތައްޔާރުކޮށް ފޮނުވަމުންދޭތޯ ބެލުން.ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން ޕަރމަނަންޓް ސެކްރެޓަރީއަށް ފޮނުވާ އެންމެހާ ލިޔުންތަކާމެދު ޕަރމަނަންޓް ސެކްރެޓަރީގެ ލަފާގެ މަތިން އަމަލުކުރުން.ސެކްރެޓޭރިއޭޓް ސެކްޝަންގެ އަހަރީ ރިޕޯޓު، ބަޖެޓް އަދި އިދާރީގޮތުން ތައްޔާރުކުރަންޖެހޭ އެހެނިހެން ލިޔެކިޔުންތައް ތައްޔާރުކޮށް ކަމާބެހޭ އިދާރާތަކަށް ހުށަހެޅުން.މިނިސްޓްރީން ރާވާ ހިންގާ އެކި އެކި އިވެންޓްސްތަކުގެ ތެރެއިން މިނިސްޓަރ، ބައިވެރިވެވަޑައިގަންނަވާ އެކިއެކި އިވެންޓްސްތަކާ ބެހޭ މައުލޫމާތު ރާއްޖޭގެ މީޑިޔާއަށް ފޯރުކޮށްދިނުމުގެ ކަންތައްތައް ހަމަޖެއްސުން.ސިޔާސީ ބޭފުޅުންގެ ދައުވަތަށް ރާއްޖެއިން ބޭރުން ވަޑައިގަންނަވާ އިއްޒަތްތެރިންގެ އެންމެހާ ކަންތައް ހަމަޖެއްސުން. | 
| އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީގެ ނަންބަރު 3004343، 3004340 އަށް ގުޅުއްވުން އެދެމެވެ. | 
| ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:  
ތަޢުލީމާއި ތަމްރީން.މަސައްކަތުގެ ތަޖުރިބާ.އިންޓަވިއު، ޕްރެޒެންޓޭޝަން އަދި އިމްތިހާނުކުރުން.ލީޑަރޝިޕް ހުނަރު.މާލިއްޔަތު ގާނޫނާއި ސިވިލް ސަރވިސް ގަވައިދަށް އަހުލުވެރިވެފައިވުން.ގިނަވަގުތު ހިވާގިކަމާއެކު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން. | 
| ތަކެތި ހުށަހަޅަންޖެހޭ ތާރީޚު 
މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާފަންނު / މާލެ) ކައުންޓަރަށް.ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 12 އޮކްޓޫބަރު 2015 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން. | 
| އިންޓަވިއު، ޕްރެޒެންޓޭޝަން އަދި އިމްތިޙާނުކުރުން 
މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއު، ޕްރެޒެންޓޭޝަން އަދި އިމްތިހާނުކުރުން އޮންނާނީ 2015 އޮކްޓޫބަރު – ނޮވެންބަރު މަހުތެރޭގައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގައެވެ.އިންޓަވިއު، ޕްރެޒެންޓޭޝަން އަދި އިމްތިހާނުކުރުމަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ. | 
| ހުށަހަޅަންޖެހޭ ތަކެތި:  
ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓް އިން  ޑައުންލޯޑްވެސް ކުރެވޭނެއެވެ.)ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ. | 
| 17 ޛުލްޙިއްޖާ 1436 |