ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ
|
މަޤާމު
|
ޑިރެކްޓަރ
|
މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން
|
އީ. އެކްސް. 1/ ޑިރެކްޓަރ
|
ބޭނުންވާ އަދަދު
|
01
|
ވަޒިފާ އަދާ ކުރަންޖެހޭ ރަށް/ އޮފީހާއި، ސެކްޝަން
|
ސެކްރެޓޭރިއޭޓް ސެކްޝަން / މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ކ. މާލެ
|
މުސާރައާއި އިނާޔަތްތައް
|
އަސާސީ މުސާރަ: -/8835ރ
ސަރވިސް އެލަވަންސް: -/2000ރ
ސްޕެޝަލް ޑިއުޓީ އެލަވަންސް: އަސާސީ މުސާރައިގެ %35
(އިތުރު ގަޑީގައި ކުރާމަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެ)
|
ޝަރުޠު
|
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާ އެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
|
މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- އޮފީސް އޮފް ދަ މިނިސްޓަރސް އަދި ޕަރމަނަންޓް ސެކްރެޓަރީ ޔުނިޓުގެ އެންމެހާ އިދާރީ މަސައްކަތްތައް ހިންގާ ބެލެހެއްޓުން.
- މިނިސްޓަރ އަދި ސިޔާސީ ގޮތުން އައްޔަންކޮށްފައިވާ ފަރާތްތަކާއި ޕަރމަނަންޓް ސެކްރެޓަރީގެ ބައްދަލުވުންތަކާއި ދަތުރުތައް ކަނޑައެޅޭ އުސޫލެއްގެ މަތިން އިންތިޒާމްކޮށް ބެލެހެއްޓުން އަދި އެފަދަ ބައްދަލުވުންތަކުގެ ޔައުމިއްޔާ އާއި ދަތުރު ރިޕޯޓުތައް ތައްޔާރުކުރުން.
- މިނިސްޓަރ އަދި ޕަރމަނަންޓް ސެކްރެޓަރީ އެކި މުނާސަބާތަކާ ގުޅިގެން ދެއްވާ ތަޤްރީރްތަކާއި ޑޮކިއުމަންޓްތަކަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް އެފަދަ ލިޔުންތައް ތައްޔާރުކުރުން.
- މިނިސްޓްރީގެ މަސައްކަތްތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގައި މިނިސްޓަރ ޖަވާބުދާރީވާންޖެހޭ ކަންކަމަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް، ދެއްވާ ޖަވާބުތަކުގެ ޔައުމިއްޔާ ފައިލްކޮށް ރިކޯޑް ބެލެހެއްޓުން.
- މިނިސްޓަރަށް އެޑްރެސްކޮށް އެކި ފަރާތްތަކުން ފޮނުވާ ސިޓީތައް ބަލާ އެސިޓީތައް ކަމާބެހޭ ސެކްޝަންތަކަށް ފޮނުވައި ސީދާ ޖަވާބުދާރީ ވާންޖެހޭ ސިޓީތަކަށް މިނިސްޓަރުގެ އިރުޝާދާ އެއްގޮތަށް ޖަވާބު ތައްޔާރުކޮށް ފޮނުވަމުންދޭތޯ ބެލުން.
- ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން ޕަރމަނަންޓް ސެކްރެޓަރީއަށް ފޮނުވާ އެންމެހާ ލިޔުންތަކާމެދު ޕަރމަނަންޓް ސެކްރެޓަރީގެ ލަފާގެ މަތިން އަމަލުކުރުން.
- ސެކްރެޓޭރިއޭޓް ސެކްޝަންގެ އަހަރީ ރިޕޯޓު، ބަޖެޓް އަދި އިދާރީގޮތުން ތައްޔާރުކުރަންޖެހޭ އެހެނިހެން ލިޔެކިޔުންތައް ތައްޔާރުކޮށް ކަމާބެހޭ އިދާރާތަކަށް ހުށަހެޅުން.
- މިނިސްޓްރީން ރާވާ ހިންގާ އެކި އެކި އިވެންޓްސްތަކުގެ ތެރެއިން މިނިސްޓަރ، ބައިވެރިވެވަޑައިގަންނަވާ އެކިއެކި އިވެންޓްސްތަކާ ބެހޭ މައުލޫމާތު ރާއްޖޭގެ މީޑިޔާއަށް ފޯރުކޮށްދިނުމުގެ ކަންތައްތައް ހަމަޖެއްސުން.
- ސިޔާސީ ބޭފުޅުންގެ ދައުވަތަށް ރާއްޖެއިން ބޭރުން ވަޑައިގަންނަވާ އިއްޒަތްތެރިންގެ އެންމެހާ ކަންތައް ހަމަޖެއްސުން.
|
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީގެ ނަންބަރު 3004343، 3004340 އަށް ގުޅުއްވުން އެދެމެވެ.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:
- ތަޢުލީމާއި ތަމްރީން.
- މަސައްކަތުގެ ތަޖުރިބާ.
- އިންޓަވިއު، ޕްރެޒެންޓޭޝަން އަދި އިމްތިހާނުކުރުން.
- ލީޑަރޝިޕް ހުނަރު.
- މާލިއްޔަތު ގާނޫނާއި ސިވިލް ސަރވިސް ގަވައިދަށް އަހުލުވެރިވެފައިވުން.
- ގިނަވަގުތު ހިވާގިކަމާއެކު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.
|
ތަކެތި ހުށަހަޅަންޖެހޭ ތާރީޚު
- މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާފަންނު / މާލެ) ކައުންޓަރަށް.
- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 12 އޮކްޓޫބަރު 2015 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން.
|
އިންޓަވިއު، ޕްރެޒެންޓޭޝަން އަދި އިމްތިޙާނުކުރުން
- މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއު، ޕްރެޒެންޓޭޝަން އަދި އިމްތިހާނުކުރުން އޮންނާނީ 2015 އޮކްޓޫބަރު – ނޮވެންބަރު މަހުތެރޭގައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގައެވެ.
- އިންޓަވިއު، ޕްރެޒެންޓޭޝަން އަދި އިމްތިހާނުކުރުމަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
|
ހުށަހަޅަންޖެހޭ ތަކެތި:
- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓް އިން ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.
|
17 ޛުލްޙިއްޖާ 1436
|