ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެ، މުލީއާގެ
ދިވެހިރާއްޖެ
ލޯންޗް ޑްރައިވަރ

ތިރީގައި މިދަންނަވާ މަޤާމަށް މީހުން ބޭނުންވެއްޖެ

މަޤާމު: ލޯންޗް ޑްރައިވަރ

ބޭނުންވާ އަދަދު: 1 (އެކެއް)

އަސާސީ މުސާރަ: -/3470 ރުފިޔާ

ސާރވިސް އެލަވަންސް: -/1,000 ރުފިޔާ

ލިވިންގ އެލަވަންސް: -/2500 ރުފިޔާ

އެކްސްކްލޫސިވް ޖޮބް އެލަވަންސް: އަސާސީ މުސާރައިގެ %45

ފެންވަރު ނުވަތަ ޝަރުޠު: އައުޓްބޯޑް އަދި އިންބޯޑް އިންޖީނުލީ ލޯންޗްފަހަރު ދުއްވުމުގެ ލައިސަންސް އޮތުމާއި ޖީޕީއެސް ބޭނުންކުރަން އެނގުން އަދި ގިނަވަގުތު މަސައްކަތުގައި އުޅެވޭ ހީވާގި މީހެއްކަމުގައިވުން. މީގެ އިތުރުން ނިޔަމި ކަމުގެ ކޯސް ނުވަތަ ނެވިގޭޝަން ކޯސް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

  1. ރައީސުލްޖުމްހޫރީއްޔާގެ ރަސްމީގެ މުލީއާގެއިން ދޫކުރާ ވަޒީފާއަށް އެދި ހުށައަޅާ ފޯމު.
  2. މޯލްޑިވްސް ކޮލިފިކޭޝަން އޮތޮރިޓީން އެކްރިޑެޓްކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު (އެޓެސްޓްކޮށްފައިވާ).
  3. ވަޒީފާއެއްގައި އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭ ލިޔުމެއް.
  4. ކަރިކިއުލަމް ވިޓާ (ސީވީ)
  5. އެހެންތަނެއްގެ ވަޒީފާގައި ހުރި މުވައްޒަފެއްނަމަ ރަސްމީގޭގެ ވަޒީފާއަށް ބަދަލުވުމުގެ އިއުތިރާޒެއް ނެތްކަމަށް އެތަނަކުން ދޭ ލިޔުން.
  6. ޕޮލިސް ރިޕޯޓު

ހުށަހަޅަންޖެހޭ ތާރީޚު: މިވަޒީފާއަށް ޝައުޤުވެރިވެލައްވާ ބޭފުޅުން 08 އޮކްޓޫބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މަތީގައި ބަޔާންކުރެވިފައިވާ ލިޔުންތަކާއެކު ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެ އަށް ފޮނުއްވުން އެދެމެވެ.

15 ޛުލްޙިއްޖާ 1436 

01 އޮކްޓޫބަރު 2015
ހޯދާ