ދިވެހިރާއްޖެ
ތިރީގައި މިދަންނަވާ މަޤާމަށް މީހުން ބޭނުންވެއްޖެ
މަޤާމު: ލޯންޗް ޑްރައިވަރ
ބޭނުންވާ އަދަދު: 1 (އެކެއް)
އަސާސީ މުސާރަ: -/3470 ރުފިޔާ
ސާރވިސް އެލަވަންސް: -/1,000 ރުފިޔާ
ލިވިންގ އެލަވަންސް: -/2500 ރުފިޔާ
އެކްސްކްލޫސިވް ޖޮބް އެލަވަންސް: އަސާސީ މުސާރައިގެ %45
ފެންވަރު ނުވަތަ ޝަރުޠު: އައުޓްބޯޑް އަދި އިންބޯޑް އިންޖީނުލީ ލޯންޗްފަހަރު ދުއްވުމުގެ ލައިސަންސް އޮތުމާއި ޖީޕީއެސް ބޭނުންކުރަން އެނގުން އަދި ގިނަވަގުތު މަސައްކަތުގައި އުޅެވޭ ހީވާގި މީހެއްކަމުގައިވުން. މީގެ އިތުރުން ނިޔަމި ކަމުގެ ކޯސް ނުވަތަ ނެވިގޭޝަން ކޯސް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
- ރައީސުލްޖުމްހޫރީއްޔާގެ ރަސްމީގެ މުލީއާގެއިން ދޫކުރާ ވަޒީފާއަށް އެދި ހުށައަޅާ ފޯމު.
- މޯލްޑިވްސް ކޮލިފިކޭޝަން އޮތޮރިޓީން އެކްރިޑެޓްކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު (އެޓެސްޓްކޮށްފައިވާ).
- ވަޒީފާއެއްގައި އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭ ލިޔުމެއް.
- ކަރިކިއުލަމް ވިޓާ (ސީވީ)
- އެހެންތަނެއްގެ ވަޒީފާގައި ހުރި މުވައްޒަފެއްނަމަ ރަސްމީގޭގެ ވަޒީފާއަށް ބަދަލުވުމުގެ އިއުތިރާޒެއް ނެތްކަމަށް އެތަނަކުން ދޭ ލިޔުން.
- ޕޮލިސް ރިޕޯޓު
ހުށަހަޅަންޖެހޭ ތާރީޚު: މިވަޒީފާއަށް ޝައުޤުވެރިވެލައްވާ ބޭފުޅުން 08 އޮކްޓޫބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މަތީގައި ބަޔާންކުރެވިފައިވާ ލިޔުންތަކާއެކު ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެ އަށް ފޮނުއްވުން އެދެމެވެ.
15 ޛުލްޙިއްޖާ 1436