ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތިލައުތުރު ރަންތާޖު ޤުރްއާން މުބާރާތް-2025 ހޯސްޓް ކުރާނެ ރަށެއް ކަނޑައެޅުމާ ބެހޭ

               މި އަތޮޅުގެ ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އުފައްދައި، ދަމަހައްޓައި އާލާކޮށް، އިޖްތިމާޢީ ގުޅުން ބަދަހިކުރުމާއި ދީނީ ރޫޙު އާލާކޮށް ދެމެހެއްޓުމުގެ ގޮތުން މި އަތޮޅުގެ ރައްޔިތުންނަށް އަމާޒުކޮށްގެން ބާއްވާ  "ތިލައުތުރު ރަންތާޖު ޤުރްއާން މުބާރާތް - 2025" ،  2025 އޮކްޓޫބަރު 24ން 25ށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

               މި މުބާރާތް ހޯސްޓް ކުރުމާއި މުބާރާތުގެ ހުރިހާ އިންތިޒާމްތަކެއް ކުރިއަށް ގެންދަން ބޭނުންވާނެ ރަށެއް ކަނޑައެޅުމަށްޓަކައި ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލަމެވެ. ޕްރޮޕޯސަލް ހުށަހެޅުމަށް ރަޖިސްޓްރީ ވުމަށް: https://forms.office.com/r/sm2xEhXM1b?origin=lprLink ބޭނުން ކުރުން އެދެމެވެ.

ތަފްޞީލް

ތާރީޚާއި ގަޑި

ޕްރޮޕޯސަލް ހުށަހެޅުމަށް ރަޖިސްޓްރީވުމަށް

31 ޖުލައި 2025، 13:00

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

4 އޮގަސްޓު 2025، 13:00

ޕްރޮޕޯސަލް ހުށަހެޅުން

14 އޮގަސްޓު 2025، 13:00

 

 

 

               މި މުބާރާތް ހޯސްޓްކުރަން ބޭނުންވާ ރަށްރަށުން، ޕްރޮޕޯސަލް ފުރިހަމަ ކުރުމަށްފަހު، މި ކައުންސިލްގެ އީމެއިލް [email protected]  އަށް  ނުވަތަ ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މުބާރާތް ހޯސްޓްކުރާނެ ރަށެއް ކަނޑައަޅާނީ މާކްސް ލިބޭ އުސޫލަށް ބަލައި އިވެލުއޭޝަން ކޮމިޓީން ނިންމާ ގޮތެއްގެ މަތީންނެވެ. ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ ފޯމުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

 

24 ޖުލައި 2025
ހޯދާ