ދިވެހިރާއްޖެ
މި އަތޮޅުގެ ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އުފައްދައި، ދަމަހައްޓައި އާލާކޮށް، އިޖްތިމާޢީ ގުޅުން ބަދަހިކުރުމާއި ދީނީ ރޫޙު އާލާކޮށް ދެމެހެއްޓުމުގެ ގޮތުން މި އަތޮޅުގެ ރައްޔިތުންނަށް އަމާޒުކޮށްގެން ބާއްވާ "ތިލައުތުރު ރަންތާޖު ޤުރްއާން މުބާރާތް - 2025" ، 2025 އޮކްޓޫބަރު 24ން 25ށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި މުބާރާތް ހޯސްޓް ކުރުމާއި މުބާރާތުގެ ހުރިހާ އިންތިޒާމްތަކެއް ކުރިއަށް ގެންދަން ބޭނުންވާނެ ރަށެއް ކަނޑައެޅުމަށްޓަކައި ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލަމެވެ. ޕްރޮޕޯސަލް ހުށަހެޅުމަށް ރަޖިސްޓްރީ ވުމަށް: https://forms.office.com/r/sm2xEhXM1b?origin=lprLink ބޭނުން ކުރުން އެދެމެވެ.
ތަފްޞީލް |
ތާރީޚާއި ގަޑި |
ޕްރޮޕޯސަލް ހުށަހެޅުމަށް ރަޖިސްޓްރީވުމަށް |
31 ޖުލައި 2025، 13:00 |
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން |
4 އޮގަސްޓު 2025، 13:00 |
ޕްރޮޕޯސަލް ހުށަހެޅުން |
14 އޮގަސްޓު 2025، 13:00 |
މި މުބާރާތް ހޯސްޓްކުރަން ބޭނުންވާ ރަށްރަށުން، ޕްރޮޕޯސަލް ފުރިހަމަ ކުރުމަށްފަހު، މި ކައުންސިލްގެ އީމެއިލް [email protected] އަށް ނުވަތަ ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މުބާރާތް ހޯސްޓްކުރާނެ ރަށެއް ކަނޑައަޅާނީ މާކްސް ލިބޭ އުސޫލަށް ބަލައި އިވެލުއޭޝަން ކޮމިޓީން ނިންމާ ގޮތެއްގެ މަތީންނެވެ. ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ ފޯމުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.