މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސްކޫލް ބަންދުގައި އިމާމުން ތަމްރީން ކުރާ ކުލާހާ ގުޅޭ

އިޢުލާން

ސްކޫލް ބަންދުގައި އިމާމުން ތަމްރީން ކުރާ ކުލާހާ ގުޅޭ  

                 ފުރަތަމަ ޓާރމް ބަންދުގައި ކައުންސިލްގެ ފަރާތުން  ގްރޭޑް 7 ން ފެށިގެން މަތީގެ ދަރިވަރުންނަށާއި އާންމުނަށް އަމާޒުކޮށް އިމާމުން ތަމްރީން ކުރާ ޚާއްޞަ ކުލާހެއް 2025 ޖުލައި 29 ވާ އަންގާރަ ދުވަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ. ކުލާސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ރޭގަނޑު 20:30 ން 21:30 ށެވެ.

             ވީމާ، މިކުލާހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 2025 ޖުލައި 28 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް ފޯމް ފުރުމަށް އެދި ދަންނަވަމެވެ.

             ފޯމް ފުރުމަށް ބޭނުންވާ ލިންކް : https://forms.gle/YXYfanENhRBHwJVF7

             މިހެންވެ މިކަން އާންމުކޮށްއަންގާ އިޢުލާނު ކުރީމެވެ.

               29 މުޙައްރަމް 1447

24 ޖުލައި 2025
ހޯދާ