ދިވެހިރާއްޖެ
އިޢުލާން
ސްކޫލް ބަންދުގައި އިމާމުން ތަމްރީން ކުރާ ކުލާހާ ގުޅޭ
ފުރަތަމަ ޓާރމް ބަންދުގައި ކައުންސިލްގެ ފަރާތުން ގްރޭޑް 7 ން ފެށިގެން މަތީގެ ދަރިވަރުންނަށާއި އާންމުނަށް އަމާޒުކޮށް އިމާމުން ތަމްރީން ކުރާ ޚާއްޞަ ކުލާހެއް 2025 ޖުލައި 29 ވާ އަންގާރަ ދުވަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ. ކުލާސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ރޭގަނޑު 20:30 ން 21:30 ށެވެ.
ވީމާ، މިކުލާހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 2025 ޖުލައި 28 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް ފޯމް ފުރުމަށް އެދި ދަންނަވަމެވެ.
ފޯމް ފުރުމަށް ބޭނުންވާ ލިންކް : https://forms.gle/YXYfanENhRBHwJVF7
މިހެންވެ މިކަން އާންމުކޮށްއަންގާ އިޢުލާނު ކުރީމެވެ.
29 މުޙައްރަމް 1447