ދިވެހިރާއްޖެ
އިޢުލާނު
ބިޑު ހުށަހެޅުމުގެ ދަޢުވަތު:
މ. އަތޮޅު ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައިވާ، ރާބަނދިހުރާ (ފެންބޯ ފިނޮޅު) ބެލެހެއްޓުމަށް ކުއްޔަށް ހިފުމަށް އެދި މިއިދާރާއިން ކުރި ނަންބަރ: (IUL)236-CA/236/2025/21 އިޢުލާނާއި ގުޅިގެން ހުށައަޅުއްވާފައިވާ ބިޑްތަކުގެ ޝަރުތު ފުރިހަމަނުވާތީ އެ އިޢުލާނު ބާތިލުކޮށް އަލުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ރަށުގެ މަޢުލޫމާތު:
# |
ރަށުގެ ނަން |
ރަށުގެ ބޮޑުމިން |
ރަށުގެ ޖިއޮގްރަފިކަލް ކޯޑިނޭޓް |
|
1. |
ރާބަނދިހުރާ (ފެންބޯ ފިނޮޅު) |
3 ހެކްޓަރ |
DMS Latitude 3° 5’ 31” N |
DMS Longitude 73° 23’ 19” E |
- މި ރޮޖެކްޓަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ) އުޞޫލުގެ މަތިންނެވެ. މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މިބީލަމުގައި ބައިވެރިވުމަށް -/1000ރ (އެއްހާސް) ރުފިޔާ ގެ ނޮން – ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަން ޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 2025 ޖުލައި 23 އިން 2025 އޮގަސްޓް 7 އަށް ބަންދުނޫން ކޮންމެ ދުވަހެއްގެ 08:00 އިން 14:00 އަށް މިއިދާރާގެ ނަންބަރު 7709700401001 (Revenue 1 1408) އެކައުންޓަށް ޓްރާންސްފަރ ކޮށްގެންނެވެ. އަދި ފައިސާ ދެއްކުމަށްފަހު، ބީލަމަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް، ގުޅޭނެ ނަންބަރާއި އީ-މެއިލް އެޑްރެސް އަދި ފައިސާ ދެއްކި ސްލިޕްގެ ކޮޕީ ތިރީގައިވާ އީމެއިލް އެޑްރެހަށް ފޮނުވަންވާނެއެވެ. ބިޑް ޑޮކިއުމަންޓް ބައްލަވައި ނުގަންނަވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެވާހަކަ މިފުރުޞަތުގައި ދަންނަވަމެވެ.
- ފައިސާ ދައްކަވާ ފަރާތް ތަކަށް މި ޕްރޮޖެކްޓާ ގުޅޭ އެންމެހައި ލިޔެކިއުންތަކުގެ ސޮފްޓްކޮޕީ ފޯރމެޓުގައި މިއިދާރާއިން 2025 ޖުލައި 23 ވަނަ ދުވަހުން ފެށިގެން ލިބެންހުންނާނެއެވެ.
- ބިޑްތައް ހުޅުވުން އޮންނާނީ 2025 އޮގަސްޓް 13 ވާ ބުދަ ދުވަހުގެ 10:00 ގައި މ.އަތޮޅު ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ބިޑްތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކޮށްފައެވެ. ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދީފައިވާ ނަން، ހުޅުވަން ކަނޑައަޅާފައިވާ ތާރީޚާއި ވަގުތު އަދި ބިޑް ހުށަހަޅާފަރާތުގެ ނަމާއި އެޑްރެސް ލިޔެފައި އޮންނަންވާނެއެވެ.
- މި ރޮޖެކްޓާއި ގުޅިގެން އެއްވެސް ސުވާލެއްވާނަމަ އީ މެއިލް ކުރައްވާނީ، 2025 އޮގަސްޓް 12 ވާ އަންގާރަ ދުވަހުގެ 14:00 ގެކުރިން ތިރީގައިވާ އީ މެއިލް އެޑްރެހަށެވެ.
- މި މަސައްކަތަށް ޕްރޮޕޯސްލް ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/18) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތް ތަކަށް އެކަންޏެވެ.
އިތުރު މަޢުލޫމާތު، ރަސްމީ ބަންދުނޫން ކޮށްމެ ދުވަހެއްގެ 08:00 އިން 14:00 އަށް، ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
މ.އަތޮޅު ކައުންސިލްގެ އިދާރާ
ހަވީރީހިނގުން / މ.މުލި
ފޯން: (960) 672 4702
އީމެއިލް [email protected] :
މިހެންވެ މިކަން އާއްމުކޮށް އަންގާ އިއުލާން ކުރީމެވެ.