ބީލަން
ނަންބަރު: (IUL)236-CA/236/2025/24
ޕަބްލިޝްކުރި ތާރީޚް: 22 ޖުލައި 2025
ޕަބްލިޝްކުރި ގަޑި: 13:11
ސުންގަޑި: 13 އޮގަސްޓް 2025 10:00
މުލަކަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މ. އަތޮޅު ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ފަޅު ރަށް ރާބަނދިހުރާ (ފެންބޯ ފިނޮޅު) ބެލެހެއްޓުމަށް ކުއްޔަށް ދޫކުރުން (3 ވަނަ)

އިޢުލާނު

 

ބިޑު ހުށަހެޅުމުގެ ދަޢުވަތު:

 

       މ. އަތޮޅު ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައިވާ، ރާބަނދިހުރާ (ފެންބޯ ފިނޮޅު) ބެލެހެއްޓުމަށް ކުއްޔަށް ހިފުމަށް އެދި މިއިދާރާއިން ކުރި ނަންބަރ: (IUL)236-CA/236/2025/21 އިޢުލާނާއި ގުޅިގެން ހުށައަޅުއްވާފައިވާ ބިޑްތަކުގެ ޝަރުތު ފުރިހަމަނުވާތީ އެ އިޢުލާނު ބާތިލުކޮށް އަލުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

 ރަށުގެ މަޢުލޫމާތު:

#

ރަށުގެ ނަން

ރަށުގެ ބޮޑުމިން

ރަށުގެ ޖިއޮގްރަފިކަލް ކޯޑިނޭޓް

1.

ރާބަނދިހުރާ

(ފެންބޯ ފިނޮޅު)

3 ހެކްޓަރ

DMS Latitude 3° 5’ 31” N

DMS Longitude 73° 23’ 19” E

 

  1. މި ރޮޖެކްޓަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ) އުޞޫލުގެ މަތިންނެވެ. މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  2. މިބީލަމުގައި ބައިވެރިވުމަށް  -/1000ރ (އެއްހާސް)   ރުފިޔާ ގެ ނޮން – ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަން ޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 2025 ޖުލައި 23 އިން  2025 އޮގަސްޓް 7 އަށް ބަންދުނޫން ކޮންމެ ދުވަހެއްގެ 08:00 އިން 14:00 އަށް މިއިދާރާގެ ނަންބަރު 7709700401001  (Revenue 1 1408) އެކައުންޓަށް ޓްރާންސްފަރ ކޮށްގެންނެވެ. އަދި ފައިސާ ދެއްކުމަށްފަހު، ބީލަމަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް، ގުޅޭނެ ނަންބަރާއި އީ-މެއިލް އެޑްރެސް އަދި ފައިސާ ދެއްކި ސްލިޕްގެ ކޮޕީ ތިރީގައިވާ އީމެއިލް އެޑްރެހަށް ފޮނުވަންވާނެއެވެ. ބިޑް ޑޮކިއުމަންޓް ބައްލަވައި ނުގަންނަވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެވާހަކަ މިފުރުޞަތުގައި ދަންނަވަމެވެ.
  3. ފައިސާ ދައްކަވާ ފަރާތް ތަކަށް މި ޕްރޮޖެކްޓާ ގުޅޭ އެންމެހައި ލިޔެކިއުންތަކުގެ ސޮފްޓްކޮޕީ ފޯރމެޓުގައި މިއިދާރާއިން 2025 ޖުލައި 23 ވަނަ ދުވަހުން ފެށިގެން ލިބެންހުންނާނެއެވެ.
  4. ބިޑްތައް ހުޅުވުން އޮންނާނީ 2025 އޮގަސްޓް 13 ވާ ބުދަ ދުވަހުގެ 10:00 ގައި މ.އަތޮޅު ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ބިޑްތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކޮށްފައެވެ. ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދީފައިވާ ނަން، ހުޅުވަން ކަނޑައަޅާފައިވާ ތާރީޚާއި ވަގުތު އަދި ބިޑް ހުށަހަޅާފަރާތުގެ ނަމާއި އެޑްރެސް ލިޔެފައި އޮންނަންވާނެއެވެ.
  5. މި ރޮޖެކްޓާއި ގުޅިގެން އެއްވެސް ސުވާލެއްވާނަމަ އީ މެއިލް ކުރައްވާނީ، 2025  އޮގަސްޓް 12 ވާ އަންގާރަ ދުވަހުގެ 14:00 ގެކުރިން ތިރީގައިވާ އީ މެއިލް އެޑްރެހަށެވެ.
  6. މި މަސައްކަތަށް ޕްރޮޕޯސްލް ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/18) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތް ތަކަށް އެކަންޏެވެ.

 

      އިތުރު މަޢުލޫމާތު، ރަސްމީ ބަންދުނޫން ކޮށްމެ ދުވަހެއްގެ 08:00 އިން 14:00 އަށް، ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 

މ.އަތޮޅު ކައުންސިލްގެ އިދާރާ

ހަވީރީހިނގުން / މ.މުލި

ފޯން:  (960) 672 4702

އީމެއިލް [email protected] :

      މިހެންވެ މިކަން އާއްމުކޮށް އަންގާ އިއުލާން ކުރީމެވެ.

22 ޖުލައި 2025