ހުވަދޫ ސްކޫލް، ގދ.ފަ ރެސްމާތޮޑާ
ދިވެހިރާއްޖެ
2026ވަނަ އަހަރު ދަރިވަރުން ސްކޫލަށް ވެއްދުމާއި ގުޅޭ

ހުވަދޫ ސްކޫލް

 

ގދ.ފަރެސްމާތޮޑާ،  

 ދިވެހިރާއްޖެ.

   

އިޢުލާން

2026 ވަނަ އަހަރު ދަރިވަރުން ސްކޫލަށް ވެއްދުމާއި ގުޅޭ 

     2026 ވަނަ އަހަރަށް މިސްކޫލަށް އެލް.ކޭ.ޖީ، ޔޫ.ކޭ.ޖީ އަދި ގްރޭޑް 1  އަށް ދަރިވަރުން ވެއްދުމަށް އެދޭފަރާތްތަކަށް އެފުރުސަތު ވަނީ ހުޅުވާލެވިފައެވެ. 2026 ވަނަ އަހަރު ދިރާސީ އަހަރު ސްކޫލަށް ކުދިން ވެއްދުމާއި، އެއްސްކޫލުން އަނެއް ސްކޫލަށް ދަރިވަރުން ބަދަލުކުމުގައި އުމުރުފުރާތައްބަލާނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ނަންބަރ:   E-22/CIR/2025/09   ސަރކިއުލަރ އަދި ސްކޫލްތަކަށް ކުދިން ވެއްދުމާއި، އެއްސްކޫލުން އަނެއްސްކޫލަށް ބަދަލުކުރުމުގެ އުސޫލާ އެއްގޮތަށެވެ.

     ވީމާ، މިގްރޭޑްތަކަށް ދަރިވަރުން ވައްދަން ބޭނުންވާ ބެލެނިވެރިން 28 އޮގަސްޓް 2025 ގެ ނިޔަލަށް މި އިއުލާނުގައިވާ ލިންކް މެދުވެރިކޮށް ފޯމް ފުރިހަމަ ކުރެއްވުން އެދެމެވެ.

ލިންކް: https://forms.gle/oY2dTUpwZ1g9Rag98

އެލް.ކޭ.ޖީ، ޔޫ.ކޭ.ޖީ، އަދި ގްރޭޑް 1 އަށް ކުދިން ވެއްދުމާއި އެއްސްކޫލުން އަނެއް ސްކޫލަށް ދަރިވަރުން ބަދަލުކުރުމުގައި އުމުރުފުރާތައް ބަލާނެގޮތް:

ގްރޭޑް

2026 ވަނަ އަހަރު ސްކޫލަށް ކުދިން ވައްދާ އުމުރުފުރާތައް

އެލް.ކޭ.ޖީ

2025 ޑިސެމްބަރ 31 އަށް 4 އަހަރު ފުރި 5 އަހަރު ނުފުރުން

ޔޫ.ކޭ.ޖީ

2025 ޑިސެމްބަރ 31 އަށް 5 އަހަރު ފުރި 6 އަހަރު ނުފުރުން އަދި، 2025 ދިރާސީ އަހަރު އެލް.ކޭ.ޖީ ފުރިހަމަކޮށްފައިވާ ހުރިހާ ދަރިވަރުން 2026 ދިރާސީ އަހަރު (27 ޖަނަވަރީ 2026 ގައި ފެށޭ) ޔޫ.ކޭ.ޖީ އަށް ބަދަލު ކުރެވޭނެއެވެ.

ގްރޭޑް-1

2025 ޑިސެމްބަރ 31 އަށް 6 އަހަރު ފުރި 7 އަހަރު ނުފުރުން އަދި، ދިރާސީ އަހަރު ޔޫ.ކޭ.ޖީ ފުރިހަމަކޮށްފައިވާ ހުރިހާ ދަރިވަރުން 2026 ދިރާސީ އަހަރު (27 ޖަނަވަރީ 2026 ގައި ފެށޭ) ގްރޭޑް 1 އަށް ބަދަލު ކުރެވޭނެއެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. 

27 މުޙައްރަމް   1447

22 ޖުލައި     2025  

 

21 ޖުލައި 2025
ހޯދާ