ދިވެހިރާއްޖެ
ހުވަދޫ ސްކޫލް |
|
ގދ.ފަރެސްމާތޮޑާ، |
|
ދިވެހިރާއްޖެ. |
އިޢުލާން
2026 ވަނަ އަހަރު ދަރިވަރުން ސްކޫލަށް ވެއްދުމާއި ގުޅޭ |
2026 ވަނަ އަހަރަށް މިސްކޫލަށް އެލް.ކޭ.ޖީ، ޔޫ.ކޭ.ޖީ އަދި ގްރޭޑް 1 އަށް ދަރިވަރުން ވެއްދުމަށް އެދޭފަރާތްތަކަށް އެފުރުސަތު ވަނީ ހުޅުވާލެވިފައެވެ. 2026 ވަނަ އަހަރު ދިރާސީ އަހަރު ސްކޫލަށް ކުދިން ވެއްދުމާއި، އެއްސްކޫލުން އަނެއް ސްކޫލަށް ދަރިވަރުން ބަދަލުކުމުގައި އުމުރުފުރާތައްބަލާނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ނަންބަރ: E-22/CIR/2025/09 ސަރކިއުލަރ އަދި ސްކޫލްތަކަށް ކުދިން ވެއްދުމާއި، އެއްސްކޫލުން އަނެއްސްކޫލަށް ބަދަލުކުރުމުގެ އުސޫލާ އެއްގޮތަށެވެ.
ވީމާ، މިގްރޭޑްތަކަށް ދަރިވަރުން ވައްދަން ބޭނުންވާ ބެލެނިވެރިން 28 އޮގަސްޓް 2025 ގެ ނިޔަލަށް މި އިއުލާނުގައިވާ ލިންކް މެދުވެރިކޮށް ފޯމް ފުރިހަމަ ކުރެއްވުން އެދެމެވެ.
ލިންކް: https://forms.gle/oY2dTUpwZ1g9Rag98
* އެލް.ކޭ.ޖީ، ޔޫ.ކޭ.ޖީ، އަދި ގްރޭޑް 1 އަށް ކުދިން ވެއްދުމާއި އެއްސްކޫލުން އަނެއް ސްކޫލަށް ދަރިވަރުން ބަދަލުކުރުމުގައި އުމުރުފުރާތައް ބަލާނެގޮތް:
ގްރޭޑް |
2026 ވަނަ އަހަރު ސްކޫލަށް ކުދިން ވައްދާ އުމުރުފުރާތައް |
އެލް.ކޭ.ޖީ |
2025 ޑިސެމްބަރ 31 އަށް 4 އަހަރު ފުރި 5 އަހަރު ނުފުރުން |
ޔޫ.ކޭ.ޖީ |
2025 ޑިސެމްބަރ 31 އަށް 5 އަހަރު ފުރި 6 އަހަރު ނުފުރުން އަދި، 2025 ދިރާސީ އަހަރު އެލް.ކޭ.ޖީ ފުރިހަމަކޮށްފައިވާ ހުރިހާ ދަރިވަރުން 2026 ދިރާސީ އަހަރު (27 ޖަނަވަރީ 2026 ގައި ފެށޭ) ޔޫ.ކޭ.ޖީ އަށް ބަދަލު ކުރެވޭނެއެވެ. |
ގްރޭޑް-1 |
2025 ޑިސެމްބަރ 31 އަށް 6 އަހަރު ފުރި 7 އަހަރު ނުފުރުން އަދި، ދިރާސީ އަހަރު ޔޫ.ކޭ.ޖީ ފުރިހަމަކޮށްފައިވާ ހުރިހާ ދަރިވަރުން 2026 ދިރާސީ އަހަރު (27 ޖަނަވަރީ 2026 ގައި ފެށޭ) ގްރޭޑް 1 އަށް ބަދަލު ކުރެވޭނެއެވެ. |
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
27 މުޙައްރަމް 1447
22 ޖުލައި 2025