ވ. އަތޮޅު ތަޢުލީމީ މަރުކަޒު، ވ. ފެލިދޫ
ދިވެހިރާއްޖެ
ދިރާސީ އައު އަހަރު ދަރިވަރުން ސްކޫަލަށް ވެއްދުމާއި ގުޅޭ.

އިޢުލާން 

 

 

 ދިރާސީ އަހަރު ދަރިވަރުން ސްކޫލަށް ވެއްދުމާއި ގުޅޭ.

 

2026ވަނަ ދިރާސީ އަހަރު ވ.އަތޮޅު ތަޢުލީމީ މަރުކަޒުގައި ތަޢުލީމް ޙާޞިލްކުރުމަށް ބޭނުންވާ ދަރިވަރުންނަށް ފުރުޞަތު ހުޅުވާލެވިފައިވާ ވާހަކަ ދެންނެވީމެވެ.

 

2026 ވަނަ އަހަރު ސްކޫލަށް ދަރިވަރުން ވައްދާ އުމުރުފުރާތައް.

 

އެލް.ކޭ.ޖީ

: 2025 ވަނަ އަހަރުގެ ޑިސެމްބަރ 31 އަށް 4 އަހަރު ފުރި 5 އަހަރު ނުފުރޭ ކުދިން.

ޔޫ.ކޭ.ޖީ:      

2025 ޑިސެމްބަރ 31އަށް 5 އަހަރު ފުރި 6 އަހަރު ނުފުރޭ ދަރިވަރުން. އަދި 2025 ދިރާސީ އަހަރު އެލް.ކޭ.ޖީ ފުރިހަމަކޮށްފައިވާ ހުރިހާ ދަރިވަރުން 2026ވަނަ ދިރާސީ އަހަރު ( 27 ޖެނުއަރީ 2026ގައި ފެށޭ ދިރާސީއަހަރު ) ޔޫކޭޖީއަށް ބަދަލުކުރެވޭނެއެވެ.

ގްރޭޑް 1 :  2025 ޑިސެމްބަރ31އަށް 6 އަހަރު ފުރި 7 އަހަރު ނުފުރޭ ދަރިވަރުން. އަދި ދިރާސީ އަހަރު ޔޫ.ކޭ.ޖީ ފުރިހަމަކޮށްފައިވާ ހުރިހާ ދަރިވަރުން 2026 ވަނަ ދިރާސީ އަހަރު ( 27 ޖެނުއަރީ 2026ގައި ފެށޭ ދިރާސީ އަހަރު ) ގްރޭޑް 1 އަށް ބަދަލުކުރެވޭނެއެވެ.

 

  • އެލް.ކޭ.ޖީ އަށް ދަރިވަރަކަށް ވަދެވޭނީ، ނިމުނު އަހަރުގެ ޑިސެމްބަރ 31އަށް ( 2025 ޑިސެމްބަރ 31އަށް ) އުމުރުން 4 އަހަރު ފުރިފައިވާ ކުދިންނަށް ކަމުގައި ކަނޑައަޅާފައިވީ ނަމަވެސް ހިނގާ އަހަރުގެ ( 2026 ވަނަ އަހަރުގެ ) 31 މާރޗުގެ ނިޔަލަށް 4 އަހަރު ފުރޭ ކުދިންނަށް އެލް.ކޭ.ޖީއަށް ވަނުމުގެ ފުރުޞަތު ބެލެނިވެރިޔާ އެދިއްޖެނަމަ އެ ކުއްޖަކަށް ދެވިދާނެއެވެ.

 

  • އެއްވެސް ދަރިވަރަކު ހިނގަމުންދާ އަހަރެއްގެތެރޭގައި އެއް ގްރޭޑުން އަނެއް ގްރޭޑަށް ބަދަލުނުކުރެވޭނެއެވެ.

 

 

ވީމާ، މި މަރުކަޒަށް ކުދިން ވެއްދުމަށް އެދޭ ފޯމް ނަންގަވައި ފުރުއްވުމަށްފަހު މި މަރުކަޒުގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

 

  • ފޯމު ދޫކުރަން ފަށާ ތާރީޚް: 20 ޖުލައި 2025 ( އާދީއްތަ )
  • ފޯމު ހުށަހަޅަންޖެހޭ ސުންގަޑި: 18 އޮގަސްޓް 2025 ( ހޯމަ ) މެންދުރުފަހު 14:00 ގެ ކުރިން.

  •  އޮފީސް ރަސްމީ ގަޑި: ހެނދުނު 08:00 އިން މެންދުރުފަހު 14:00

 

 

  ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  •  ކުއްޖާގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ނުވަތަ ޕާސްޕޯޓް ކޮޕީ.
  •  ކުއްޖާގެ މަންމަ ނުވަތަ ބައްޕަގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ނުވަތަ ޕާސްޕޯޓް ކޮޕީ.
  •  ބެލެނިވެރިޔާގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ނުވަތަ ޕާސްޕޯޓް ކޮޕީ.
  •  ކުއްޖާގެ ޞިއްޙީ މައްސަލައެއްވާނަމަ އެކަމުގެ ލިޔެކިޔުންތައް.
  • ހަގު އުމުރުފުރާއިން ވައްދާނަމަ ބެލެނިވެރިޔާ އިޢުތިރާޒް ނުކުރާކަމުގެ ލިޔުން.
  •  ދަރިވަރުގެ ވެކްސިން ކާޑު.
17 ޖުލައި 2025
ހޯދާ