ދިވެހިރާއްޖެ
އިޢުލާން
ދިރާސީ އަހަރު ދަރިވަރުން ސްކޫލަށް ވެއްދުމާއި ގުޅޭ.
2026ވަނަ ދިރާސީ އަހަރު ވ.އަތޮޅު ތަޢުލީމީ މަރުކަޒުގައި ތަޢުލީމް ޙާޞިލްކުރުމަށް ބޭނުންވާ ދަރިވަރުންނަށް ފުރުޞަތު ހުޅުވާލެވިފައިވާ ވާހަކަ ދެންނެވީމެވެ.
2026 ވަނަ އަހަރު ސްކޫލަށް ދަރިވަރުން ވައްދާ އުމުރުފުރާތައް.
އެލް.ކޭ.ޖީ |
: 2025 ވަނަ އަހަރުގެ ޑިސެމްބަރ 31 އަށް 4 އަހަރު ފުރި 5 އަހަރު ނުފުރޭ ކުދިން. |
ޔޫ.ކޭ.ޖީ: |
2025 ޑިސެމްބަރ 31އަށް 5 އަހަރު ފުރި 6 އަހަރު ނުފުރޭ ދަރިވަރުން. އަދި 2025 ދިރާސީ އަހަރު އެލް.ކޭ.ޖީ ފުރިހަމަކޮށްފައިވާ ހުރިހާ ދަރިވަރުން 2026ވަނަ ދިރާސީ އަހަރު ( 27 ޖެނުއަރީ 2026ގައި ފެށޭ ދިރާސީއަހަރު ) ޔޫކޭޖީއަށް ބަދަލުކުރެވޭނެއެވެ. |
ގްރޭޑް 1 : 2025 ޑިސެމްބަރ31އަށް 6 އަހަރު ފުރި 7 އަހަރު ނުފުރޭ ދަރިވަރުން. އަދި ދިރާސީ އަހަރު ޔޫ.ކޭ.ޖީ ފުރިހަމަކޮށްފައިވާ ހުރިހާ ދަރިވަރުން 2026 ވަނަ ދިރާސީ އަހަރު ( 27 ޖެނުއަރީ 2026ގައި ފެށޭ ދިރާސީ އަހަރު ) ގްރޭޑް 1 އަށް ބަދަލުކުރެވޭނެއެވެ.
- އެލް.ކޭ.ޖީ އަށް ދަރިވަރަކަށް ވަދެވޭނީ، ނިމުނު އަހަރުގެ ޑިސެމްބަރ 31އަށް ( 2025 ޑިސެމްބަރ 31އަށް ) އުމުރުން 4 އަހަރު ފުރިފައިވާ ކުދިންނަށް ކަމުގައި ކަނޑައަޅާފައިވީ ނަމަވެސް ހިނގާ އަހަރުގެ ( 2026 ވަނަ އަހަރުގެ ) 31 މާރޗުގެ ނިޔަލަށް 4 އަހަރު ފުރޭ ކުދިންނަށް އެލް.ކޭ.ޖީއަށް ވަނުމުގެ ފުރުޞަތު ބެލެނިވެރިޔާ އެދިއްޖެނަމަ އެ ކުއްޖަކަށް ދެވިދާނެއެވެ.
- އެއްވެސް ދަރިވަރަކު ހިނގަމުންދާ އަހަރެއްގެތެރޭގައި އެއް ގްރޭޑުން އަނެއް ގްރޭޑަށް ބަދަލުނުކުރެވޭނެއެވެ.
ވީމާ، މި މަރުކަޒަށް ކުދިން ވެއްދުމަށް އެދޭ ފޯމް ނަންގަވައި ފުރުއްވުމަށްފަހު މި މަރުކަޒުގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.
- ފޯމު ދޫކުރަން ފަށާ ތާރީޚް: 20 ޖުލައި 2025 ( އާދީއްތަ )
- ފޯމު ހުށަހަޅަންޖެހޭ ސުންގަޑި: 18 އޮގަސްޓް 2025 ( ހޯމަ ) މެންދުރުފަހު 14:00 ގެ ކުރިން.
- އޮފީސް ރަސްމީ ގަޑި: ހެނދުނު 08:00 އިން މެންދުރުފަހު 14:00
ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:
- ކުއްޖާގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ނުވަތަ ޕާސްޕޯޓް ކޮޕީ.
- ކުއްޖާގެ މަންމަ ނުވަތަ ބައްޕަގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ނުވަތަ ޕާސްޕޯޓް ކޮޕީ.
- ބެލެނިވެރިޔާގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ނުވަތަ ޕާސްޕޯޓް ކޮޕީ.
- ކުއްޖާގެ ޞިއްޙީ މައްސަލައެއްވާނަމަ އެކަމުގެ ލިޔެކިޔުންތައް.
- ހަގު އުމުރުފުރާއިން ވައްދާނަމަ ބެލެނިވެރިޔާ އިޢުތިރާޒް ނުކުރާކަމުގެ ލިޔުން.
- ދަރިވަރުގެ ވެކްސިން ކާޑު.