މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އެއަރޕޯޓްތައް ތަރައްޤީކޮށް ހިންގުމުގައި ރާއްޖޭގައި އެންމެ ޤާބިލު އަދި ތަޖުރިބާހުރި މިކުންފުނީގެ ވަޒީފާ އަދާކުރާހިތްވާ، ކަމަށް ޤާބިލު އުފެެއްދުންތެރި ހީވާގި އަދި ނަތީޖާ ހާސިލު ކުރެވޭނެ ފަރާތްތަކަށް ތިރީގައި ބަޔާންކުރާ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މަޤާމު: އެސިސްޓަންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު: 01  

މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާސިރުއިންޓަނޭޝަނަލް އެއަރޕޯރޓް ( ހުޅުލެ )/ އެއިރޯޑްރޯމް ސޭފްޓީ އެންޑް ކޮލިޓީ ޑިވިޜަން

ޝަރުޠު:

  1. ޖީ.ސީ.އީ އޯލެވެލް އިމްތިހާން އިން އިނގިރޭސި އާއި ހިސާބުން އެންމެ ދަށްވެގެން "ސީ" ފާސް ލިބިފައިވުން.
  2. އެސް.އެސް.ސީ އިމްތިހާން އިން ދިވެހިން ދަށްވެގެން "ސީީ" ފާސް ލިބިފައިވުން.
  3. މިދާއިރާގައި 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތެއް ކަމުގައިވުން.

އުމުރު: 18 – 30 އަހަރާ ދެމެދު.

މުސާރަ އާއި އިނާޔަތްތައް: މަހަކު -/11,000 – -/10,000 ރުފިޔާ އާ ދެމެދު.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

  1. ޑިވިޝަން ހެޑްއަށާއި މެނޭޖަރއަށް އެޑްމިނިސްޓްރޭޓިވް މަސައްކަތުގައި އެހީތެރިވުން.
  2. ޑިޕާޓްމަންޓް/ސެކްޝަންނަށް އަންނަ ލިޔުންތަކާއި ފޮނުވާ ލިޔެކިޔުންތައް ލޮގްކޮށް ބެލެހެއްޓުން.
  3. ޑިޕާޓްމަންޓުން ފޮނުވަން ޖެހޭ ސިޓީ، މެމޯ، ސަރކިއުލާ ޑްރާފްޓްކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

މަޤާމު: އިކުޕްމަންޓް އޮޕަރޭޓަރ

ބޭނުންވާ އަދަދު: 03

މަސައްކަތް ކުރަންޖެހޭ ތަން:އިބްރާހީމް ނާޞިރުއިންޓަނޭޝަނަލް އެއަރޕޯރޓް ( ހުޅުލެ ) / ރޭމްޕް ސަރވިސަސް

ޝަރުޠު:

  1. ގްރޭޑް 07 ގެ ފެންވަރު ހުރުން.
  2. B1 ނުވަތަ C1 ކެޓަގަރީ ނުވަތަ އެއަށް ވުރެ މަތީގެ ޑްރައިވިންގް ލައިސަންސްއެއް އޮތުން.
  3. ޝިފްޓް ޑިއުޓީގައި މަސައްކަތްކުރެވޭނެ ފަރާތެއް ކަމުގައިވުން.

އުމުރު: 40 - 25 އަހަރާ ދެމެދު.

މުސާރަ އާއި އިނާޔަތްތައް: މަހަކު -/10,000 އާއި -/11,000 އާ ދެމެދު.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ބެގޭޖް ޓްރެކްޓަރ ދުއްވުމާއި، މަތިންދާބޯޓަށް އަރުވާ އަދި ބާލާ ލަގެޖް ނުވަތަ ކާގޯ އުފުލުން.
  2. މަތިންދާ ބޯޓަށް ހައިލޯޑަރު އަދި ކޮންވެޔަރ ބެލްޓުގެ ޙިދުމަތްދިނުން.
  3. މަތިންދާ ބޯޓަށް ސިޑި ގެންގޮސް ގެނެސްދިނުން.
  4. ރޭމްޕްގައި ކުރެވޭ މަސައްކަތްތަކަށް ބޭނުންވާ އެހެނިހެން ވެހިކަލްތައް ދުއްވުން.
  5. މަސައްކަތްކުރުމަށްފަހު މަސައްކަތުގެ މާޙައުލު ސާފުކުރުން.

މަޤާމު: ހައުސްކީޕަރ

ބޭނުންވާ އަދަދު: 01  

މަސައްކަތް ކުރަންޖެހޭ ތަން:އިބްރާހީމް ނާޞިރުއިންޓަނޭޝަނަލް އެއަރޕޯރޓް (ހުޅުލެ) / ޓަރމިނަލް ސަރވިސަސް

ޝަރުޠު:

  1. ގްރޭޑް 07 ގެ ފެންވަރު ހުރުން.
  2. ޝިފްޓް ޑިއުޓީގައި މަސައްކަތްކުރެވޭނެ ފަރާތެއް ކަމުގައިވުން.

އުމުރު: 40 - 25 އަހަރާ ދެމެދު.

މުސާރަ އާއި އިނާޔަތްތަކަށް : މަހަކު -/9,000 އާއި -/10,000 އާ ދެމެދު.

ވަޒީފާ ގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ސުޕަވައިޒަރުންގެ އިރުޝާދާއި އެއްގޮތަށް ފަތުރުވެރިންނަށް ސާފު ތާހިރު، ހިތްފަސޭހަ މާޙައުލެއް ޤާއިމުކޮށްދިނުން.
  2. މަސައްކަތްކުރުމުގައި އެންމެހާ ސަލާމަތީ ގަވާއިދުތަކާއި އެއްގޮތަށް މަސައްކަތްކުރުން.
  3. ސުޕަވައިޒަރުންގެ އިރުޝާދާއި އެއްގޮތަށް މެޝިން އަދި ޓޫލްސް ބޭނުންކުރުމާއި، އެތަކެއްޗައް ރައްކާތެރިވުން.
  4. ޓަރމިނަލްގައި ބެހެއްޓިފައިވާ އެންމެހައި ފަރުނީޗަރު ސާފުކޮށް ބެލެހެއްޓުން.
  5. ސްޓާފުން ޑިއުޓީއަށް މަދުވާ ޙާލަތްތަކުގައި ސުޕަރވައިޒަރަކު އަންގައިފިނަމަ އިތުރުގަޑީގައި ޑިއުޓީ އަދާކުރުން.
  6. އިމާރާތުގެ ނުވަތަ ފާހާނާތަކުގެ އެއްވެސް މެއިންޓަނަންސް މައްސަލައެއް ފާހަގަ ކުރެވިއްޖެ ހިނދެއްގައި ސުޕަރވައިޒަރަށް ރިޕޯޓުކުރުން.
  7. އެމަރޖެންސީ ހާދިސާ/ ކާރިސާ، މޫސުން ގޯސްވުން ފަދަ ކަންތައްތައް މެދުވެރިވެގެން އުޅޭ ހިނދެއްގައި ދެވޭ އިރުޝާދާއި އެއްގޮތަށް މަސައްކަތްކުރުން.

މަޤާމު: ޕޯރޓަރ

ބޭނުންވާ އަދަދު: 01

މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރުއިންޓަނޭޝަނަލް އެއަރޕޯރޓް ( ހުޅުލެ ) / ޓަރމިނަލް ސަރވިސަސް

ޝަރުޠު :

  1. ގްރޭޑް 07 ގެ ފެންވަރު ހުރުން.
  2. ޝިފްޓް ޑިއުޓީގައި މަސައްކަތްކުރެވޭނެ ފަރާތެއް ކަމުގައިވުން.

އުމުރު: 40 - 25 އަހަރާ ދެމެދު.

މުސާރަ އާއި އިނާޔަތްތަކަށް : މަހަ ކު -/9,000 އާއި -/10,000 އާ ދެމެދު.

ވަޒީފާ ގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

  1. އިންޓަރނޭޝަނަލް އަދި ޑޮމެސްޓިކް ޓަރމިނަލްގައި ޕަސެންޖަރުން ބޭނުންކުރުމަށްޓަކައި ޓްރޮލީތައް އަތުރާ ބެލެހެއްޓުން.
  2. ޕަސެންޖަރުން އެދިއްޖެ ހިނދެއްގައި ލަގޭޖް ގެންދުޔުމަށް އެހީތެރިވުން، ޙާއްސަކޮށް ދުވަސްވީ ޕަސެންޖަރުންނާއި، ޙާއްސަ އެހީއަށް ބޭނުންވާ ޕަސެންޖަރުން އަދި ތުއްތުކުދިން ގޮވައިގެން އުޅޭ އަންހެން ޕަސެންޖަރުންނަށް އެހީތެރިވުން.
  3. ބެޖޭގް ސްޓޯރ ރޫމްގައި ލަގޭޖް ބަލަހައްޓައި، ސެކްޝަނަށް ބޭނުންވާ ތަކެތީގެ ސްޓޮކް ހަމަކުރުން އަދި ޓްރޮލީތަކުގެ ސާފުތާހިރުކަން ޗެކްކޮށް ބެލެހެއްޓުން.
  4. ޕަސެންޖަރުންނަށް ފޮރުޅުލީ ގޮނޑި އަދި ފުރޮޅުލީ އެނދުގެ ޚިދުމަތް ދިނުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ސީވީ އާއި ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  2. ސްކޫލް ލީވިންގ ސެޓްފިކެޓް ކޮޕީ
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ކޮޕީ  
  4. ކުރިން އަދާކޮށްފައިވާ ވަޒީފާތަކާ ގުޅޭ ލިޔެކިޔުންތަކުގެ ކޮޕީ
  5. 3 މަސް ދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓް

ނޯޓް: ކޮންމެ މަޤާމަކަށްވެސް އެދެންވާނީ ވަކިސިޓީއަކުންނެވެ. އަދި ސިޓީއާއެކު ކަމާބެހޭ ލިޔުންތައް ހުށައަޅަންވާނެއެވެ.

ކުރިމަތިލުމުގެ ސުންގަޑި: 01 އޮކްޓޫބަރު 2015 ވަނަ ދުވަހުގެ 16:00ގެ ކުރިން.   

ވަޒީފާއަށް އެދޭ ސިޓީ އެޑްރެސް ކުރައްވާނީ:

ޖެނަރަލް މެނޭޖަރ، ހިއުމަން ރިސޯސަސް

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް

ކޯރޕަރޭޓް އޮފީސް، ހުޅުލެ، ދިވެހިރާއްޖެ

އިތުރު މަޢުލޫމާތު : ފޯނު – 3325511 

މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަނުވާ ފަރާތްތަކާއި، ލިޔުންތަކުގެ ކޮޕީ ނެތް ފަރާތްތަކުގެ ސިޓީ އަދި ފޯމު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

01 ޛުލްޙިއްޖާ 1436

15 ސެޕްޓެންބަރު 2015
ހޯދާ