ދިވެހިރާއްޖެ
އެއަރޕޯޓްތައް ތަރައްޤީކޮށް ހިންގުމުގައި ރާއްޖޭގައި އެންމެ ޤާބިލު އަދި ތަޖުރިބާހުރި މިކުންފުނީގެ ވަޒީފާ އަދާކުރާހިތްވާ، ކަމަށް ޤާބިލު އުފެެއްދުންތެރި ހީވާގި އަދި ނަތީޖާ ހާސިލު ކުރެވޭނެ ފަރާތްތަކަށް ތިރީގައި ބަޔާންކުރާ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މަޤާމު: އެސިސްޓަންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ
ބޭނުންވާ އަދަދު: 01
މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާސިރުއިންޓަނޭޝަނަލް އެއަރޕޯރޓް ( ހުޅުލެ )/ އެއިރޯޑްރޯމް ސޭފްޓީ އެންޑް ކޮލިޓީ ޑިވިޜަން
ޝަރުޠު:
- ޖީ.ސީ.އީ އޯލެވެލް އިމްތިހާން އިން އިނގިރޭސި އާއި ހިސާބުން އެންމެ ދަށްވެގެން "ސީ" ފާސް ލިބިފައިވުން.
- އެސް.އެސް.ސީ އިމްތިހާން އިން ދިވެހިން ދަށްވެގެން "ސީީ" ފާސް ލިބިފައިވުން.
- މިދާއިރާގައި 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތެއް ކަމުގައިވުން.
އުމުރު: 18 – 30 އަހަރާ ދެމެދު.
މުސާރަ އާއި އިނާޔަތްތައް: މަހަކު -/11,000 – -/10,000 ރުފިޔާ އާ ދެމެދު.
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:
- ޑިވިޝަން ހެޑްއަށާއި މެނޭޖަރއަށް އެޑްމިނިސްޓްރޭޓިވް މަސައްކަތުގައި އެހީތެރިވުން.
- ޑިޕާޓްމަންޓް/ސެކްޝަންނަށް އަންނަ ލިޔުންތަކާއި ފޮނުވާ ލިޔެކިޔުންތައް ލޮގްކޮށް ބެލެހެއްޓުން.
- ޑިޕާޓްމަންޓުން ފޮނުވަން ޖެހޭ ސިޓީ، މެމޯ، ސަރކިއުލާ ޑްރާފްޓްކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
މަޤާމު: އިކުޕްމަންޓް އޮޕަރޭޓަރ
ބޭނުންވާ އަދަދު: 03
މަސައްކަތް ކުރަންޖެހޭ ތަން:އިބްރާހީމް ނާޞިރުއިންޓަނޭޝަނަލް އެއަރޕޯރޓް ( ހުޅުލެ ) / ރޭމްޕް ސަރވިސަސް
ޝަރުޠު:
- ގްރޭޑް 07 ގެ ފެންވަރު ހުރުން.
- B1 ނުވަތަ C1 ކެޓަގަރީ ނުވަތަ އެއަށް ވުރެ މަތީގެ ޑްރައިވިންގް ލައިސަންސްއެއް އޮތުން.
- ޝިފްޓް ޑިއުޓީގައި މަސައްކަތްކުރެވޭނެ ފަރާތެއް ކަމުގައިވުން.
އުމުރު: 40 - 25 އަހަރާ ދެމެދު.
މުސާރަ އާއި އިނާޔަތްތައް: މަހަކު -/10,000 އާއި -/11,000 އާ ދެމެދު.
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- ބެގޭޖް ޓްރެކްޓަރ ދުއްވުމާއި، މަތިންދާބޯޓަށް އަރުވާ އަދި ބާލާ ލަގެޖް ނުވަތަ ކާގޯ އުފުލުން.
- މަތިންދާ ބޯޓަށް ހައިލޯޑަރު އަދި ކޮންވެޔަރ ބެލްޓުގެ ޙިދުމަތްދިނުން.
- މަތިންދާ ބޯޓަށް ސިޑި ގެންގޮސް ގެނެސްދިނުން.
- ރޭމްޕްގައި ކުރެވޭ މަސައްކަތްތަކަށް ބޭނުންވާ އެހެނިހެން ވެހިކަލްތައް ދުއްވުން.
- މަސައްކަތްކުރުމަށްފަހު މަސައްކަތުގެ މާޙައުލު ސާފުކުރުން.
މަޤާމު: ހައުސްކީޕަރ
ބޭނުންވާ އަދަދު: 01
މަސައްކަތް ކުރަންޖެހޭ ތަން:އިބްރާހީމް ނާޞިރުއިންޓަނޭޝަނަލް އެއަރޕޯރޓް (ހުޅުލެ) / ޓަރމިނަލް ސަރވިސަސް
ޝަރުޠު:
- ގްރޭޑް 07 ގެ ފެންވަރު ހުރުން.
- ޝިފްޓް ޑިއުޓީގައި މަސައްކަތްކުރެވޭނެ ފަރާތެއް ކަމުގައިވުން.
އުމުރު: 40 - 25 އަހަރާ ދެމެދު.
މުސާރަ އާއި އިނާޔަތްތަކަށް : މަހަކު -/9,000 އާއި -/10,000 އާ ދެމެދު.
ވަޒީފާ ގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- ސުޕަވައިޒަރުންގެ އިރުޝާދާއި އެއްގޮތަށް ފަތުރުވެރިންނަށް ސާފު ތާހިރު، ހިތްފަސޭހަ މާޙައުލެއް ޤާއިމުކޮށްދިނުން.
- މަސައްކަތްކުރުމުގައި އެންމެހާ ސަލާމަތީ ގަވާއިދުތަކާއި އެއްގޮތަށް މަސައްކަތްކުރުން.
- ސުޕަވައިޒަރުންގެ އިރުޝާދާއި އެއްގޮތަށް މެޝިން އަދި ޓޫލްސް ބޭނުންކުރުމާއި، އެތަކެއްޗައް ރައްކާތެރިވުން.
- ޓަރމިނަލްގައި ބެހެއްޓިފައިވާ އެންމެހައި ފަރުނީޗަރު ސާފުކޮށް ބެލެހެއްޓުން.
- ސްޓާފުން ޑިއުޓީއަށް މަދުވާ ޙާލަތްތަކުގައި ސުޕަރވައިޒަރަކު އަންގައިފިނަމަ އިތުރުގަޑީގައި ޑިއުޓީ އަދާކުރުން.
- އިމާރާތުގެ ނުވަތަ ފާހާނާތަކުގެ އެއްވެސް މެއިންޓަނަންސް މައްސަލައެއް ފާހަގަ ކުރެވިއްޖެ ހިނދެއްގައި ސުޕަރވައިޒަރަށް ރިޕޯޓުކުރުން.
- އެމަރޖެންސީ ހާދިސާ/ ކާރިސާ، މޫސުން ގޯސްވުން ފަދަ ކަންތައްތައް މެދުވެރިވެގެން އުޅޭ ހިނދެއްގައި ދެވޭ އިރުޝާދާއި އެއްގޮތަށް މަސައްކަތްކުރުން.
މަޤާމު: ޕޯރޓަރ
ބޭނުންވާ އަދަދު: 01
މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރުއިންޓަނޭޝަނަލް އެއަރޕޯރޓް ( ހުޅުލެ ) / ޓަރމިނަލް ސަރވިސަސް
ޝަރުޠު :
- ގްރޭޑް 07 ގެ ފެންވަރު ހުރުން.
- ޝިފްޓް ޑިއުޓީގައި މަސައްކަތްކުރެވޭނެ ފަރާތެއް ކަމުގައިވުން.
އުމުރު: 40 - 25 އަހަރާ ދެމެދު.
މުސާރަ އާއި އިނާޔަތްތަކަށް : މަހަ ކު -/9,000 އާއި -/10,000 އާ ދެމެދު.
ވަޒީފާ ގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:
- އިންޓަރނޭޝަނަލް އަދި ޑޮމެސްޓިކް ޓަރމިނަލްގައި ޕަސެންޖަރުން ބޭނުންކުރުމަށްޓަކައި ޓްރޮލީތައް އަތުރާ ބެލެހެއްޓުން.
- ޕަސެންޖަރުން އެދިއްޖެ ހިނދެއްގައި ލަގޭޖް ގެންދުޔުމަށް އެހީތެރިވުން، ޙާއްސަކޮށް ދުވަސްވީ ޕަސެންޖަރުންނާއި، ޙާއްސަ އެހީއަށް ބޭނުންވާ ޕަސެންޖަރުން އަދި ތުއްތުކުދިން ގޮވައިގެން އުޅޭ އަންހެން ޕަސެންޖަރުންނަށް އެހީތެރިވުން.
- ބެޖޭގް ސްޓޯރ ރޫމްގައި ލަގޭޖް ބަލަހައްޓައި، ސެކްޝަނަށް ބޭނުންވާ ތަކެތީގެ ސްޓޮކް ހަމަކުރުން އަދި ޓްރޮލީތަކުގެ ސާފުތާހިރުކަން ޗެކްކޮށް ބެލެހެއްޓުން.
- ޕަސެންޖަރުންނަށް ފޮރުޅުލީ ގޮނޑި އަދި ފުރޮޅުލީ އެނދުގެ ޚިދުމަތް ދިނުން.
ހުށަހަޅަންޖެހޭ ލިޔުންތައް:
- ސީވީ އާއި ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
- ސްކޫލް ލީވިންގ ސެޓްފިކެޓް ކޮޕީ
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ކޮޕީ
- ކުރިން އަދާކޮށްފައިވާ ވަޒީފާތަކާ ގުޅޭ ލިޔެކިޔުންތަކުގެ ކޮޕީ
- 3 މަސް ދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓް
ނޯޓް: ކޮންމެ މަޤާމަކަށްވެސް އެދެންވާނީ ވަކިސިޓީއަކުންނެވެ. އަދި ސިޓީއާއެކު ކަމާބެހޭ ލިޔުންތައް ހުށައަޅަންވާނެއެވެ.
ކުރިމަތިލުމުގެ ސުންގަޑި: 01 އޮކްޓޫބަރު 2015 ވަނަ ދުވަހުގެ 16:00ގެ ކުރިން.
ވަޒީފާއަށް އެދޭ ސިޓީ އެޑްރެސް ކުރައްވާނީ:
ޖެނަރަލް މެނޭޖަރ، ހިއުމަން ރިސޯސަސް
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ކޯރޕަރޭޓް އޮފީސް، ހުޅުލެ، ދިވެހިރާއްޖެ
އިތުރު މަޢުލޫމާތު : ފޯނު – 3325511
މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަނުވާ ފަރާތްތަކާއި، ލިޔުންތަކުގެ ކޮޕީ ނެތް ފަރާތްތަކުގެ ސިޓީ އަދި ފޯމު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
01 ޛުލްޙިއްޖާ 1436