ނިލަންދެއަތޮޅު ދެކުނުބުރީ މާއެނބޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު

މިއިދާރާއަށް ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ހޯދުމަށް ބޭނުންވެއްޖެއެވެ.

މަޤާމު: މަސައްކަތު

ރޭންކް: އެސް.އެސް 1

ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1

އޮފީސް/ އިދާރާ: ނިލަންދެއަތޮޅު ދެކުނުބުރީ މާއެނބޫދޫ ކައުންސިލް އިދާރާ

ސެކްޝަން: ކޯޕަރޭޓިވް ސަރވިސް ސެކްޝަން

ވަޒީފާ އަދާކުރަންޖެހޭ ތަން: ނިލަންދެއަތޮޅުދެކުނުބުރީ މާއެނބޫދޫ ކައުންސިލްގެ އިދާރާ

މުސާރަ: 3100.00 ރުފިޔާ

ސަރވިސް އެލަވަންސް: 1000.00 ރުފިޔާ                                               

ބޭނުންވާ އަދަދު: 01 (އެކެއް)

މަޤާމުގެ ޝަރުޠުތައް: ލިޔަންކިޔަން އެނގުމާއި މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

 

 

 

  • ކައުންސިލް އިދާރާގެ ދިދަ ކޮންމެ ދުވަހެއްގެ ހެނދުނު 6:00 ގައި ނަގައި 18:00 ގައި ދިދަ ތިރިކޮށް ކައުންސިލް އިދާރާގައި ރައްކާތެރިކަމާއެކު ބެލެހެއްޓުން
  • ކޮންމެ ދުވަހަކު ކައުންސިލްގެ އިދާރާ ހުޅުވުމުން އިދާރާގެ އެތެރެ ފޮޅާސާފްކުރުމާއި، ގޮނޑި، މޭޒު، މެޝަނަރީޒްތައް ފޮޅާސާފްކުރުމާއި، ތަރުތީބުކުރުން
  • ކައުންސިލް އިދާރާގެ ގޯތިތެރެއާއި، ގޯއްޗާއި އިންވެގެންހުރި މަގުތަކުގެ އިންފާރުން މަގުގެ ދެބައިކުޅަ އެއްބައި ކޮންމެ ދުވަހަކު ކުނިކަހާ ސާފްކުރުމާއި، ފާޚާނާ ސާފްތާހިރު ކުރުން
  • ކޮންމެ 3 މަހަކުން 1 ފަހަރު އިދާރާގެ ފެންވަޅު ދިޔަހިއްކާ ސާފުތާހިރު ކަމުގައި ބެލެހެއްޓުން (ވަޅަށް އެއްޗެއް ވެއްޓިގެން ނުވަތަ އެހެންވެސް ގޮތަކުން ފެންވަޅު ހަޑިވެ ވަޅުގެ ފެން ތަޣައްޔަރު ވެއްޖެނަމަ ވަގުތުން އެކަމެއް ޙައްލުކުރުން)
  • މަހަކު އެއްފަހަރު ޢިމާރާތުގެ އެތެރެއާއި، ބޭރާއި، ފުރާޅާއި، ދިޔަދޮވި ސާފްކޮށް ބެލެހެއްޓުން
  • ހަފްތާއަކު އެއްފަހަރު އިމާރާތުގެ ތަޅުމުގައި މޮޕްއަޅައި ތަޅުން ސާފްތާހިރުކަމުގައި ބެލެހެއްޓުން
  • ކައުންސިލުން ރައްޔިތުންނާއި، އެހެންވެސް ބަޔަކާއި ބައްދަލުކުރުމަށް ވަކި ތަނެއް ހަމަޖައްސާ ދެންނެވިފައިވާނަމަ އެތަނެއް ތައްޔާރު ކުރުމާއި އެގަޑިއެއް ޖެހުމުގެ 15 މިނިޓް ކުރިން އެތަނަކަށް ޙާޟިރުވުން
  • ކައުންސިލް އިދާރާއިން އެކި ފަރާތްތަކާއި، ޙަވާލުކުރަންޖެހޭ ލިޔެ ކިޔުންތައް ހަވާލުކުރުމާއި، އިދާރާއަށް ބޭނުންވާ ފަރާތްތައް ހާޒިރު ކޮށްދިނުން
  • ކައުންސިލް އިދާރާއިން ކުރިޔަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި އިދާރާއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ސިވިލް ސަރވިސް ކޮމިޝަނުން 01 އެޕްރީލް 2013 ގައި ޢަމަލު ކުރަން ފަށްޓަވާފައިވާ" ސިވިލްސަރވިސްގެ މަޤާމުތަކަށް މީހުން ހޮވުމާއި ޢައްޔަން ކުރުމުގެ މިންގަނޑުތަކާއި އުސޫލުތަކުގެ ކްރައިޓީރިއާގައިވާ ގޮތުގެ މަތިން

މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއުއާއި ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސްއާއި އިމްތިހާން ކުރުން ބޭއްވުމަށް ކަނޑައަޅާފައިވާ މުއްތަދުތަކާއި އޮންނާނެތަން:

މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނީ 01 އޮކްޓޫބަރު 2015 ގައި މާއެނބޫދޫ ކައުންސިލް އިދާރާގައެވެ. އިންޓަވިއު ކުރުން އޮންނާނެގަޑި ފަހުން އަންގާނަމެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މިމަޤާމަށް އެދިލައްވާ ފަރާތްތަކުން ތިރީގައި ބަޔާން ކުރެވިފައިވާ ތަކެއްޗާއެކު 2015 ސެޕްޓެންބަރު 29 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ނިލަންދެއަތޮޅުދެކުނުބުރީ މާއެނބޫދޫ ކައުންސިލުގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

އުޖޫރައާއި އިނާޔަތްތައް:

ސިވިލް ސަރވިސް ގަވާއިދުގައިވާ ގޮތުގެ މަތިން އިތުރުގަޑީގެ ފައިސާއާއި ބަންދު ދުވަހުގެ ފައިސާ ލިބޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (ފޯމު މި އިދާރާގެ ކައުންޓަރުންނާއި ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން ((www.csc.gov.mv ލިބެން ހުންނާނެ)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް އެ މުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯ ކޮޕީ (ސެޓުފިކެޓުތަކުގެ އަސްލު އިންޓަރވިއުއަށް ހާޒިރުވާއިރު ގެންނަވަންވާނެއެވެ.)
  4. މަސައްކަތު ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ލިޔުމުގެ އަސްލު އިންޓަރވިއުއަށް ހާޒިރުވާއިރު ގެންނަވަންވާނެއެވެ.)
  5. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭގޮތަށް ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް (އައިޑީ ކާޑުގެ އަސްލު އިންޓަރވިއުއަށް ހާޒިރުވާއިރު ގެންނަވަންވާނެއެވެ.)

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6760043 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 6760666 އެވެ. އީ މެއިލް ކުރައްވާނީ [email protected] އަށެވެ.

29 ޛުލްޤަޢިދާ 1436

13 ސެޕްޓެންބަރު 2015
ހޯދާ