ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)/380/2015/43
ޕަބްލިޝްކުރި ތާރީޚް: 13 ސެޕްޓެންބަރު 2015
ޕަބްލިޝްކުރި ގަޑި: 11:49
ސުންގަޑި:
29 ސެޕްޓެންބަރު 2015 14:00
ނިލަންދެއަތޮޅު ދެކުނުބުރީ މާއެނބޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިއިދާރާއަށް ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ހޯދުމަށް ބޭނުންވެއްޖެއެވެ.
މަޤާމު: މަސައްކަތު
ރޭންކް: އެސް.އެސް 1
ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1
އޮފީސް/ އިދާރާ: ނިލަންދެއަތޮޅު ދެކުނުބުރީ މާއެނބޫދޫ ކައުންސިލް އިދާރާ
ސެކްޝަން: ކޯޕަރޭޓިވް ސަރވިސް ސެކްޝަން
ވަޒީފާ އަދާކުރަންޖެހޭ ތަން: ނިލަންދެއަތޮޅުދެކުނުބުރީ މާއެނބޫދޫ ކައުންސިލްގެ އިދާރާ
މުސާރަ: 3100.00 ރުފިޔާ
ސަރވިސް އެލަވަންސް: 1000.00 ރުފިޔާ
ބޭނުންވާ އަދަދު: 01 (އެކެއް)
މަޤާމުގެ ޝަރުޠުތައް: ލިޔަންކިޔަން އެނގުމާއި މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ލިބިފައިވުން.
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް
|
- ކައުންސިލް އިދާރާގެ ދިދަ ކޮންމެ ދުވަހެއްގެ ހެނދުނު 6:00 ގައި ނަގައި 18:00 ގައި ދިދަ ތިރިކޮށް ކައުންސިލް އިދާރާގައި ރައްކާތެރިކަމާއެކު ބެލެހެއްޓުން
- ކޮންމެ ދުވަހަކު ކައުންސިލްގެ އިދާރާ ހުޅުވުމުން އިދާރާގެ އެތެރެ ފޮޅާސާފްކުރުމާއި، ގޮނޑި، މޭޒު، މެޝަނަރީޒްތައް ފޮޅާސާފްކުރުމާއި، ތަރުތީބުކުރުން
- ކައުންސިލް އިދާރާގެ ގޯތިތެރެއާއި، ގޯއްޗާއި އިންވެގެންހުރި މަގުތަކުގެ އިންފާރުން މަގުގެ ދެބައިކުޅަ އެއްބައި ކޮންމެ ދުވަހަކު ކުނިކަހާ ސާފްކުރުމާއި، ފާޚާނާ ސާފްތާހިރު ކުރުން
- ކޮންމެ 3 މަހަކުން 1 ފަހަރު އިދާރާގެ ފެންވަޅު ދިޔަހިއްކާ ސާފުތާހިރު ކަމުގައި ބެލެހެއްޓުން (ވަޅަށް އެއްޗެއް ވެއްޓިގެން ނުވަތަ އެހެންވެސް ގޮތަކުން ފެންވަޅު ހަޑިވެ ވަޅުގެ ފެން ތަޣައްޔަރު ވެއްޖެނަމަ ވަގުތުން އެކަމެއް ޙައްލުކުރުން)
- މަހަކު އެއްފަހަރު ޢިމާރާތުގެ އެތެރެއާއި، ބޭރާއި، ފުރާޅާއި، ދިޔަދޮވި ސާފްކޮށް ބެލެހެއްޓުން
- ހަފްތާއަކު އެއްފަހަރު އިމާރާތުގެ ތަޅުމުގައި މޮޕްއަޅައި ތަޅުން ސާފްތާހިރުކަމުގައި ބެލެހެއްޓުން
- ކައުންސިލުން ރައްޔިތުންނާއި، އެހެންވެސް ބަޔަކާއި ބައްދަލުކުރުމަށް ވަކި ތަނެއް ހަމަޖައްސާ ދެންނެވިފައިވާނަމަ އެތަނެއް ތައްޔާރު ކުރުމާއި އެގަޑިއެއް ޖެހުމުގެ 15 މިނިޓް ކުރިން އެތަނަކަށް ޙާޟިރުވުން
- ކައުންސިލް އިދާރާއިން އެކި ފަރާތްތަކާއި، ޙަވާލުކުރަންޖެހޭ ލިޔެ ކިޔުންތައް ހަވާލުކުރުމާއި، އިދާރާއަށް ބޭނުންވާ ފަރާތްތައް ހާޒިރު ކޮށްދިނުން
- ކައުންސިލް އިދާރާއިން ކުރިޔަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި އިދާރާއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
ސިވިލް ސަރވިސް ކޮމިޝަނުން 01 އެޕްރީލް 2013 ގައި ޢަމަލު ކުރަން ފަށްޓަވާފައިވާ" ސިވިލްސަރވިސްގެ މަޤާމުތަކަށް މީހުން ހޮވުމާއި ޢައްޔަން ކުރުމުގެ މިންގަނޑުތަކާއި އުސޫލުތަކުގެ ކްރައިޓީރިއާގައިވާ ގޮތުގެ މަތިން
|
މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއުއާއި ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސްއާއި އިމްތިހާން ކުރުން ބޭއްވުމަށް ކަނޑައަޅާފައިވާ މުއްތަދުތަކާއި އޮންނާނެތަން:
|
މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނީ 01 އޮކްޓޫބަރު 2015 ގައި މާއެނބޫދޫ ކައުންސިލް އިދާރާގައެވެ. އިންޓަވިއު ކުރުން އޮންނާނެގަޑި ފަހުން އަންގާނަމެވެ.
|
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
|
މިމަޤާމަށް އެދިލައްވާ ފަރާތްތަކުން ތިރީގައި ބަޔާން ކުރެވިފައިވާ ތަކެއްޗާއެކު 2015 ސެޕްޓެންބަރު 29 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ނިލަންދެއަތޮޅުދެކުނުބުރީ މާއެނބޫދޫ ކައުންސިލުގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.
|
އުޖޫރައާއި އިނާޔަތްތައް:
|
ސިވިލް ސަރވިސް ގަވާއިދުގައިވާ ގޮތުގެ މަތިން އިތުރުގަޑީގެ ފައިސާއާއި ބަންދު ދުވަހުގެ ފައިސާ ލިބޭނެއެވެ.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (ފޯމު މި އިދާރާގެ ކައުންޓަރުންނާއި ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން ((www.csc.gov.mv ލިބެން ހުންނާނެ)
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް އެ މުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯ ކޮޕީ (ސެޓުފިކެޓުތަކުގެ އަސްލު އިންޓަރވިއުއަށް ހާޒިރުވާއިރު ގެންނަވަންވާނެއެވެ.)
- މަސައްކަތު ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ލިޔުމުގެ އަސްލު އިންޓަރވިއުއަށް ހާޒިރުވާއިރު ގެންނަވަންވާނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭގޮތަށް ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް (އައިޑީ ކާޑުގެ އަސްލު އިންޓަރވިއުއަށް ހާޒިރުވާއިރު ގެންނަވަންވާނެއެވެ.)
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6760043 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 6760666 އެވެ. އީ މެއިލް ކުރައްވާނީ [email protected] އަށެވެ.
29 ޛުލްޤަޢިދާ 1436