ދިވެހިރާއްޖެ
މި އިޢުލާންވަނީ 09 ޖުލައި 2025 20:44 ގައި ބާތިލް ކުރެވިފައެވެ.
ތިލަދެކުނު ވޮލީބޯޅަ މުބާރާތް 2025 ހޯސްޓްކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. ވީމާ، މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތީން މައުލޫމާތު ސާފުކުރައްވާ ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.
ބިޑްގައި ރަޖިސްޓަރ ވުމަށް: https://www.haadhaal.gov.mv/bid-register
ތަފްސީލް |
ތާރީޚް |
ގަޑި |
މަޢުލޫމާތު ސެޝަން |
15 ޖުލައި 2025 (އަންގާރަ) |
11:00 |
ބީލަން ހުށަހެޅުމަށް ރަޖިސްޓްރީވުން |
17 ޖުލައި 2025 (ބުރާސްފަތި) |
11:00 |
ސުވާލެއްވާނަމަ އީމެއިލް ކުރައްވަންވީ ސުންގަޑި އީމެއިލް: [email protected] |
17 ޖުލައި 2025 (ބުރާސްފަތި) |
11:00 |
ބީލަންތައް ހުޅުވުން |
21 ޖުލައި 2025 (ހޯމަ) |
11:00 |
ތަން: ހދ އަތޮޅު ކައުންސިލް އިދާރާގެ މީޓިންގ ރޫމް |
||
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި ގުޅުއްވާނީ 6521702 އަށެވެ. |
ބީލަމުގައި ބައިވެރިވެވޭނީ ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. މި ބީލަން ހުޅުވާލެވިފައިމިވަނީ، ރަޖިސްޓަރީ ވެގެން ހދ އަތޮޅުގައި ހަރަކާތްތެރިވާ ކްލަބު ޖަމިއްޔާތަކަށާއި ހދ އަތޮޅުގެ ރަށު/ސިޓީ ކައުންސިލް އިދާރާތަކަށެވެ. ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެއް ޕްރޮޕޯސަލްއެވެ.
މިމަސައްކަތާއި ބެހޭ މައުލޫމާތު މި އިދާރާގެ ވެބްސައިޓް https://haadhaal.gov.mv/ގައި ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މި ބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މައުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތީލާ ފަރާތުގެ ޒިންމާއެކެވެ.