ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)226-H/226/2025/20
ޕަބްލިޝްކުރި ތާރީޚް: 09 ޖުލައި 2025
ޕަބްލިޝްކުރި ގަޑި: 20:43
ސުންގަޑި: 21 ޖުލައި 2025 00:11
ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތިލަދެކުނު ވޮލީބޯޅަ މުބާރާތް 2025 ހޯސްޓްކޮށްދޭނެ ފަރާތެއް ހޯދުން

މި އިޢުލާންވަނީ 09 ޖުލައި 2025 20:44 ގައި ބާތިލް ކުރެވިފައެވެ.


ތިލަދެކުނު ވޮލީބޯޅަ މުބާރާތް 2025 ހޯސްޓްކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. ވީމާ، މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތީން މައުލޫމާތު ސާފުކުރައްވާ ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.

ބިޑްގައި ރަޖިސްޓަރ ވުމަށް: https://www.haadhaal.gov.mv/bid-register

ތަފްސީލް

ތާރީޚް

ގަޑި

މަޢުލޫމާތު ސެޝަން

15 ޖުލައި 2025 (އަންގާރަ)

11:00

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީވުން

17 ޖުލައި 2025 (ބުރާސްފަތި)

11:00

ސުވާލެއްވާނަމަ އީމެއިލް ކުރައްވަންވީ ސުންގަޑި

އީމެއިލް: [email protected]

17 ޖުލައި 2025 (ބުރާސްފަތި)

11:00

ބީލަންތައް ހުޅުވުން

21 ޖުލައި 2025 (ހޯމަ)

11:00

ތަން: ހދ އަތޮޅު ކައުންސިލް އިދާރާގެ މީޓިންގ ރޫމް

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި ގުޅުއްވާނީ 6521702 އަށެވެ.

ބީލަމުގައި ބައިވެރިވެވޭނީ ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. މި ބީލަން ހުޅުވާލެވިފައިމިވަނީ، ރަޖިސްޓަރީ ވެގެން ހދ އަތޮޅުގައި ހަރަކާތްތެރިވާ ކްލަބު ޖަމިއްޔާތަކަށާއި ހދ އަތޮޅުގެ ރަށު/ސިޓީ ކައުންސިލް އިދާރާތަކަށެވެ. ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެއް ޕްރޮޕޯސަލްއެވެ.

މިމަސައްކަތާއި ބެހޭ މައުލޫމާތު މި އިދާރާގެ ވެބްސައިޓް  https://haadhaal.gov.mv/ގައި ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މި ބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މައުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތީލާ ފަރާތުގެ ޒިންމާއެކެވެ.

09 ޖުލައި 2025