މަޤާމު
|
މަސައްކަތު
|
ބޭނުންވާ އަދަދު
|
01 (އެކެއް)
|
މަގާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1
|
ރޭންކް: SS 1
|
މުސާރަ
|
މަހަކު -/3,100 ރުފިޔާ
|
ސަރވިސް އެލަވަންސް
|
މަހަކު -/1,000 ރުފިޔާ
|
ޑިވިޝަން/ ސެކްޝަން
|
-
|
ވަޒީފާ އަދާ ކުރަންޖެހޭ ތަން
|
މުލަކު ޞިއްޙީމަރުކަޒު / މ. މުލައް
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- ޞިއްޙީމަރުކަޒުގެ ގޯތިތެރެއާއި ވަށައިގެންވާ ޞަރަހައްދު ކުނިކަހާ ސާފުކޮށް ބެލެހެއްޓުމާއި އެތަންނަތުން އުފެދޭ ކުނިބުނި ރައްކާތެރިކަމާއެކު ނައްތާލުން (އިންސިނިރޭޓް ކުރުން) އަދި އަންދާ ނުލެވޭ ތަކެތި އެފަދަ ތަކެތި އުކާލުމަށް ޚާއްޞަކުރެވިފައިވާ ސަރަހައްދަށް ގެންގޮސް އުކާލުން.
- ޞިއްޙީމަރުކަޒުން ހަމަޖައްސާ ގޮތެއްގެމަތިން ޞިއްޙީމަރުކަޒުގެ ގޯތިތެރޭގައި ގަސް ހައްދާ ގަސްތައްކޮށާ ގަސްތަކަށް ފެންދީ ބެލެހެއްޓުން.
- ޞިއްޙީމަރުކަޒަށް ބޯފެން ނެގުމަށް ބޭނުން ކުރަމުންދާ ދިޔަދޮވިއާއި، ބޯފެން އެޅުމަށް ބަހައްޓާފައިވާ ފެންތާންގިތައް ދޮވެ ސާފްކޮށް ބެލެހެއްޓުން.
- މުވައްޒަފުންގެ ސައިކޮޓަރި ސާފުކޮށް ބެލެހެއްޓުމާއި މުވައްޒަފުންބޯން ބޭނުންކުރަމުންދާފެން އައިސްއަލަމާރީން ހުސްވިޔަ ނުދީ ބެލެހެއްޓުމާއި އައިސްއަލަމާރި ސާފުކޮށް ބެލެހެއްޓުން.
- ޞިއްޙީމަރުކަޒުން ފެންނެގުމަށް ބޭނުންކުރަމުންދާ ވަޅު ދޮވެ ސާފްކޮށް ބެލެހެއްޓުން.
- ޞިއްޙީމަރުކަޒުގެ ވަށައިގެންވާ ފާރު ސާފުކޮށް ބެލެހެއްޓުން.
- ޞިއްޙީމަރުކަޒުގެ ފަރާތުން ޙަވާލުކުރާ ލިސްޓްތަކަށް މީހުންނަށް ގަޑިއަށް ކިޔުން.
- ޞިއްޙީމަރުކަޒުގެ ބޭނުންތަކުގައި އެކިތަންތަނަށް ފޮނުވަންޖެހޭ ސިޓީ، މެސެޖު އަދި އެހެނިހެން ލިޔެކިޔުންތަކާއި، ތަކެތި އޮފީހުން އަންގާ ތަންތަނަށް ފަރުވާތެރިކަމާއެކު ގެންގޮސްދިނުމާއި، ހަވާލުކުރަންޖެހޭ ފަރާތްތަކާއި ހަވާލުކުރުން.
- ޞިއްޙީމަރުކަޒުން ހަވާލުކުރާ އޯޑަރ ފޯމުގައިވާ ތަކެތި ރައްކާތެރިކަމާއެކު، ޞިއްޙީމަރުކަޒަށް ގެނައުމާއި، ގަންނަންޖެހޭ ތަކެތީގެ އަގު ބެލުމުގެ މަސައްކަތް ކުރުން.
- އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ޙަވާލުކުރެވޭ އެންމެހާ ކަންތައްތައް ކުރުން.
|
ތަޢުލީމާއި ތަޖުރިބާ
|
ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ލިބިފައިވުން.
|
ވަޒީފާ އަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް
|
- ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.
|
ޢިނާޔަތްތައް
|
ސިވިލްސާރވިސް ގަވާއިދުގައި ހަމަޖެހިފައިވާ އުސޫލުގެ މަތިން އިތުރު ގަޑީގެ ފައިސާއާއި ވަޒީފާއާ ގުޅިގެން ދެވޭ އެހެނިހެން އެލަވަންސްތައް ދެވޭނެއެވެ.
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މި މަރުކަޒުގެ ކައުންޓަރުން ލިބެންހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަންގެ www.csc.gov.mv ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެއެވެ.)
- ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިޢުތިރާޒެއްނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނެ ލިޔެފައިވާ ލިޔުންތައް ލިޔަން ކިޔަން އެނގޭ ފަދަ ކޮޕީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށްއެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާއި އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)
|
ސުންގަޑި
|
29 ސެޕްޓެންބަރު 2015 ވާ އަންގާރަ ދުވަހުގެ 15:00 ގެ ކުރިން މުލަކު ޞިއްޙީމަރުކަޒަށް
|
އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:
|
2015 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގައި، މުލަކު ޞިއްޙީމަރުކަޒުގައެވެ.
ނޯޓް: މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލާ 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
އިތުރު މަޢުލޫމާތު
|
މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނީ 6720592 ނަންބަރު ފޯނަށެވެ.
ވަޒީފާއަށް އެދޭ ފޯމު ސިވިލް ސަރވިސް ކޮމިޝަންގެ www.csc.gov.mv ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެއެވެ. އަދި މިމަރުކަޒުގެ ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ.
|