ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)K4HC/2015/09
ޕަބްލިޝްކުރި ތާރީޚް: 14 ސެޕްޓެންބަރު 2015
ޕަބްލިޝްކުރި ގަޑި: 13:43
ސުންގަޑި: 29 ސެޕްޓެންބަރު 2015 15:00
މުލަކު ޞިއްޙީ މަރުކަޒު، މ. މުލައް
ދިވެހިރާއްޖެ
މަސައްކަތު

މިމަރުކަޒުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުހަބާ ކިޔަމެވެ. މިވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލު މީހެކެވެ.

މަޤާމު

މަސައްކަތު

ބޭނުންވާ އަދަދު

01 (އެކެއް)

މަގާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1

ރޭންކް: SS 1

މުސާރަ

މަހަކު -/3,100 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1,000 ރުފިޔާ

ޑިވިޝަން/ ސެކްޝަން

-

ވަޒީފާ އަދާ ކުރަންޖެހޭ ތަން

މުލަކު ޞިއްޙީމަރުކަޒު / މ. މުލައް

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ޞިއްޙީމަރުކަޒުގެ ގޯތިތެރެއާއި ވަށައިގެންވާ ޞަރަހައްދު ކުނިކަހާ ސާފުކޮށް ބެލެހެއްޓުމާއި އެތަންނަތުން އުފެދޭ ކުނިބުނި ރައްކާތެރިކަމާއެކު ނައްތާލުން (އިންސިނިރޭޓް ކުރުން) އަދި އަންދާ ނުލެވޭ ތަކެތި އެފަދަ ތަކެތި އުކާލުމަށް ޚާއްޞަކުރެވިފައިވާ ސަރަހައްދަށް ގެންގޮސް އުކާލުން.
  2. ޞިއްޙީމަރުކަޒުން ހަމަޖައްސާ ގޮތެއްގެމަތިން ޞިއްޙީމަރުކަޒުގެ ގޯތިތެރޭގައި ގަސް ހައްދާ ގަސްތައްކޮށާ ގަސްތަކަށް ފެންދީ ބެލެހެއްޓުން.    
  3. ޞިއްޙީމަރުކަޒަށް ބޯފެން ނެގުމަށް ބޭނުން ކުރަމުންދާ ދިޔަދޮވިއާއި، ބޯފެން އެޅުމަށް ބަހައްޓާފައިވާ ފެންތާންގިތައް ދޮވެ ސާފްކޮށް ބެލެހެއްޓުން.
  4. މުވައްޒަފުންގެ ސައިކޮޓަރި ސާފުކޮށް ބެލެހެއްޓުމާއި މުވައްޒަފުންބޯން ބޭނުންކުރަމުންދާފެން އައިސްއަލަމާރީން ހުސްވިޔަ ނުދީ ބެލެހެއްޓުމާއި އައިސްއަލަމާރި ސާފުކޮށް ބެލެހެއްޓުން.
  5. ޞިއްޙީމަރުކަޒުން ފެންނެގުމަށް ބޭނުންކުރަމުންދާ ވަޅު ދޮވެ ސާފްކޮށް ބެލެހެއްޓުން.
  6. ޞިއްޙީމަރުކަޒުގެ ވަށައިގެންވާ ފާރު ސާފުކޮށް ބެލެހެއްޓުން.
  7. ޞިއްޙީމަރުކަޒުގެ ފަރާތުން ޙަވާލުކުރާ ލިސްޓްތަކަށް މީހުންނަށް ގަޑިއަށް ކިޔުން.
  8. ޞިއްޙީމަރުކަޒުގެ ބޭނުންތަކުގައި އެކިތަންތަނަށް ފޮނުވަންޖެހޭ ސިޓީ، މެސެޖު އަދި އެހެނިހެން ލިޔެކިޔުންތަކާއި، ތަކެތި އޮފީހުން އަންގާ ތަންތަނަށް ފަރުވާތެރިކަމާއެކު ގެންގޮސްދިނުމާއި، ހަވާލުކުރަންޖެހޭ ފަރާތްތަކާއި ހަވާލުކުރުން.
  9. ޞިއްޙީމަރުކަޒުން ހަވާލުކުރާ އޯޑަރ ފޯމުގައިވާ ތަކެތި ރައްކާތެރިކަމާއެކު، ޞިއްޙީމަރުކަޒަށް ގެނައުމާއި، ގަންނަންޖެހޭ ތަކެތީގެ އަގު ބެލުމުގެ މަސައްކަތް ކުރުން.
  10. އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ޙަވާލުކުރެވޭ އެންމެހާ ކަންތައްތައް ކުރުން.

ތަޢުލީމާއި ތަޖުރިބާ

ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ލިބިފައިވުން.

ވަޒީފާ އަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
  3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ޢިނާޔަތްތައް

ސިވިލްސާރވިސް ގަވާއިދުގައި ހަމަޖެހިފައިވާ އުސޫލުގެ މަތިން އިތުރު ގަޑީގެ ފައިސާއާއި ވަޒީފާއާ ގުޅިގެން ދެވޭ އެހެނިހެން އެލަވަންސްތައް ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މި މަރުކަޒުގެ ކައުންޓަރުން ލިބެންހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަންގެ www.csc.gov.mv ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެއެވެ.)
  2. ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިޢުތިރާޒެއްނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ
  5. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނެ ލިޔެފައިވާ ލިޔުންތައް ލިޔަން ކިޔަން އެނގޭ ފަދަ ކޮޕީ.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށްއެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާއި އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

ސުންގަޑި

29 ސެޕްޓެންބަރު 2015 ވާ އަންގާރަ ދުވަހުގެ 15:00 ގެ ކުރިން މުލަކު ޞިއްޙީމަރުކަޒަށް

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

2015 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގައި، މުލަކު ޞިއްޙީމަރުކަޒުގައެވެ.

ނޯޓް: މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލާ 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނީ 6720592 ނަންބަރު ފޯނަށެވެ.

ވަޒީފާއަށް އެދޭ ފޯމު ސިވިލް ސަރވިސް ކޮމިޝަންގެ www.csc.gov.mv ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެއެވެ. އަދި މިމަރުކަޒުގެ ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ.

01 ޛުލްޤަޢިދާ 1436

14 ސެޕްޓެންބަރު 2015