މަޤާމު:
|
ސްޓްރެޓެޖިކް ޕްލޭން އަދި ބިޒްނަސް ޕްލޭން ކޮންސަލްޓަންޓް
|
ބޭނުންވާ އަދަދު:
|
01
|
މުސާރަ:
|
-/30,000ރ
|
ބޭނުންވާ މުއްދަތު:
|
03 މަސްދުވަސް
|
މަޤާމުގެ ޝަރުޠުތައް:
|
- އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރުމުގެ ޤާބިލުކަން ލިބިފައިވުމާއެކު ދިމާވާ މައްސަލަތައް ހައްލުކުރުމަށް މުޢާމަލާތުކުރުމުގެ ހުނަރުލިބިފައިވުމާއި، މައްސަލަތައް ހައްލުކުރުމުގެ ޤާބިލުކަން ލިބިފައިވުން އަދި ތަފާތު ހުނަރުތައް އެކުލެވޭ ޓީމެއްގައި މަސައްކަތްކުރުމުގެ ޤާބިލުކަން ލިބިފައިވުން
- ގިނަވަގުތު މަސައްކަތުގައި އުޅެވޭ މީހަކަށްވުމާއިއެކު ޕްރޮޖެކްޓްގެ ބޭނުމަށް ރަށްރަށަށް ދަތުރުކުރެވޭ މީހަކަށްވުން
- މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކަކީ ނަޒާހަތްތެރި އެހެނިހެން ފަރާތްތަކުގެ ނުފޫޒުން އެއްކިބާވެފައިވާ ފަރާތަކަށް ވާންޖެހޭނެއެވެ.
|
ތަޢުލީމާއި ތަޖުރިބާ:
|
- މަސައްކަތާގުޅޭ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9ގެ ސަނަދު ހާސިލުކޮށްފައިވުން
- ހިންގުމުގެ ދާއިރާއިގެ މަސައްކަތުގައި މަދުވެގެން 05 އަހަރުގެ ޢަމަލީ ތަޖުރިބާ ލިބިފައިވުން
- ކޮންސަލްޓަންސީ ދިނުމުގެ މަސައްކަތުގެ ޢަމަލީ ތަޖުރިބާ ލިބިފައިވުން
|
ސުންގަޑި
|
ކޮންސަލްޓެންސީ ޕްރޮޕޯސަލް ހުށައަޅުއްވާނީ 01 އޮކްޓޫބަރު 2015 ގެ މެންދުރުފަހު 14:00 ގެކުރިން ޑިޕާޓްމަންޓް އޮފް އިމިގެރޭޝަން އެންޑް އެމިގްރޭޝަންއަށް (ހ.ވެލާނާގެ/ 01 ވަނަ ފަންގިފިލާ)
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެޓެސްޓް ކޮށްފައިވާ)
- ސިވިލްސަރވިސް ނުވަތަ އެހެން އެއްވެސްވަޒީފާއެއްގައި ދެމިހުރި މީހެއްނަމަ، ވަޒީފާ އަދާކުރަމުންދާ އޮފީހުގެ އިޢުތިރާޒެއްނެތްކަމުގެ ލިޔުން
- ކުރިން ވަޒީފާ އަދާކޮށްފައިވާ މީހެއްނަމަ ވަޒީފާ އަދާކުރި ތަންތަނުގެ ވަޒީފާ އަދާކުރިކަމުގެ ލިޔުން
|
އިތުރު މަޢުލޫމާތު:
|
މިމަސައްކަތުގެ ޓަރމްސް އޮފް ރިފަރެންސް (TOR) މިއޮފީހުގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. މިއިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް 3330410 އަދި 3330411 ނަންބަރު ފޯނާ ގުޅުއްވުންއެދެމެ. މިޑިޕާޓްމަންޓްގެ ވެބްސައިޓް www.immigration.gov.mv އިން ދިވެހިރާއްޖޭގެ އިމިގްރޭޝަން ޤާނޫނު (1/2007) އަދި އިމިގްރޭޝަނާއި ބެހޭ ގަވާއިދު ބައްލަވައި މަޢުލޫމާތު ހޯއްދެވުން އެދެމެވެ.
|