ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)94-H/94/2015/14
ޕަބްލިޝްކުރި ތާރީޚް: 10 ސެޕްޓެންބަރު 2015
ޕަބްލިޝްކުރި ގަޑި: 13:34
ސުންގަޑި: 01 އޮކްޓޫބަރު 2015 14:00
ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން
ދިވެހިރާއްޖެ
ސްޓްރެޓެޖިކް ޕްލޭން އަދި ބިޒްނަސް ޕްލޭން ކޮންސަލްޓަންޓް

މަޤާމު:

ސްޓްރެޓެޖިކް ޕްލޭން އަދި ބިޒްނަސް ޕްލޭން ކޮންސަލްޓަންޓް

ބޭނުންވާ އަދަދު:

01

މުސާރަ:

-/30,000ރ

ބޭނުންވާ މުއްދަތު:

03 މަސްދުވަސް

މަޤާމުގެ ޝަރުޠުތައް:

  • އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރުމުގެ ޤާބިލުކަން ލިބިފައިވުމާއެކު ދިމާވާ މައްސަލަތައް ހައްލުކުރުމަށް މުޢާމަލާތުކުރުމުގެ ހުނަރުލިބިފައިވުމާއި، މައްސަލަތައް ހައްލުކުރުމުގެ ޤާބިލުކަން ލިބިފައިވުން އަދި ތަފާތު ހުނަރުތައް އެކުލެވޭ ޓީމެއްގައި މަސައްކަތްކުރުމުގެ ޤާބިލުކަން ލިބިފައިވުން
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭ މީހަކަށްވުމާއިއެކު ޕްރޮޖެކްޓްގެ ބޭނުމަށް ރަށްރަށަށް ދަތުރުކުރެވޭ މީހަކަށްވުން
  • މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކަކީ ނަޒާހަތްތެރި އެހެނިހެން ފަރާތްތަކުގެ ނުފޫޒުން އެއްކިބާވެފައިވާ ފަރާތަކަށް ވާންޖެހޭނެއެވެ.

ތަޢުލީމާއި ތަޖުރިބާ:

  • މަސައްކަތާގުޅޭ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9ގެ ސަނަދު ހާސިލުކޮށްފައިވުން
  • ހިންގުމުގެ ދާއިރާއިގެ މަސައްކަތުގައި މަދުވެގެން 05 އަހަރުގެ ޢަމަލީ ތަޖުރިބާ ލިބިފައިވުން
  • ކޮންސަލްޓަންސީ ދިނުމުގެ މަސައްކަތުގެ ޢަމަލީ ތަޖުރިބާ ލިބިފައިވުން

ސުންގަޑި

ކޮންސަލްޓެންސީ ޕްރޮޕޯސަލް ހުށައަޅުއްވާނީ 01 އޮކްޓޫބަރު 2015 ގެ މެންދުރުފަހު 14:00 ގެކުރިން ޑިޕާޓްމަންޓް އޮފް އިމިގެރޭޝަން އެންޑް އެމިގްރޭޝަންއަށް (ހ.ވެލާނާގެ/ 01 ވަނަ ފަންގިފިލާ)

ހުށަހަޅަންޖެހޭ ލިޔުންތައް

  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެޓެސްޓް ކޮށްފައިވާ)
  • ސިވިލްސަރވިސް ނުވަތަ އެހެން އެއްވެސްވަޒީފާއެއްގައި ދެމިހުރި މީހެއްނަމަ، ވަޒީފާ އަދާކުރަމުންދާ އޮފީހުގެ އިޢުތިރާޒެއްނެތްކަމުގެ ލިޔުން
  • ކުރިން ވަޒީފާ އަދާކޮށްފައިވާ މީހެއްނަމަ ވަޒީފާ އަދާކުރި ތަންތަނުގެ ވަޒީފާ އަދާކުރިކަމުގެ ލިޔުން

އިތުރު މަޢުލޫމާތު:

މިމަސައްކަތުގެ ޓަރމްސް އޮފް ރިފަރެންސް (TOR) މިއޮފީހުގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. މިއިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް 3330410 އަދި 3330411 ނަންބަރު ފޯނާ ގުޅުއްވުންއެދެމެ. މިޑިޕާޓްމަންޓްގެ ވެބްސައިޓް www.immigration.gov.mv އިން ދިވެހިރާއްޖޭގެ އިމިގްރޭޝަން ޤާނޫނު (1/2007) އަދި އިމިގްރޭޝަނާއި ބެހޭ ގަވާއިދު ބައްލަވައި މަޢުލޫމާތު ހޯއްދެވުން އެދެމެވެ.

 26 ޛުލްޤަޢިދާ 1436

10 ސެޕްޓެންބަރު 2015