ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތ.ކަނޑޫދޫ ޕްރީ-ސްކޫލް ޢިމާރާތްކުރުން

ތ.ކަނޑޫދޫ ޕްރީ-ސްކޫލް ޢިމާރާތްކުރުން

މިއިދާރާއިން ދޭ ކުރެހުމާއި، ބީ.އޯ.ކިއު އާ އެއްގޮތަށް ޕްރީސްކޫލް ޢިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި ނަންބަރު IUL)387/387/2015/50)ފ(11 އޮގަސްޓު 2015) އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހެޅީ އެންމެ ފަރާތަކުން ކަމަށްވެފައި، އަދި ހުށަހަޅާފައިވާ އަގު އެކަށީގެންވާވަރަށްވުރެ ބޮޑުކަމަށްފެންނާތީ އެ އިޢުލާން ބާޠިލުކޮށް، ބީ.އޯ.ކިއުއަށް ބައެއްކަހަލަ ބަދަލު ގެނެސް އަލުން މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފުރުޞަތު ހުޅުވާލަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 17 ސެޕްޓެންބަރު 2015 ވަނަދުވަހުގެ 11:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 27 ސެޕްޓެންބަރު 2015 ވަނަދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މި މަސްރޫޢުގެ ބިޑް ޑޮކިއުމަންޓް ވިއްކުމަށް ހަމަޖެހިފައިވަނީ 09 ސެޕްޓެންބަރު 2015 އިން 16 ސެޕްޓެންބަރު 2015 އަށް ރަސްމީގަޑީ މިއިދާރާއިންނެވެ. ބިޑް ޑޮކިއުމަންޓްގެ އަގަކީ -/10 ރުފިޔާއެވެ. ބިޑް ޑޮކިއުމަންޓް ބައްލަވައިނުގަންނަވާ ފަރާތަކަށް އަންދާސީހިސާބު ހުށައެއްނޭޅުއްވޭނެއެވެ.

ޕޮއިންޓްދޭނެ އުސޫލު

މާކްސް ދެވޭ ކްރައިޓީރިއާ

މާކްސް ދެވޭ ގޮތް

ތަފުސީލު

ފޯމިއުލާ

އަގު

%85

  • މަސައްކަތުގެ އަގަށް ދޭ މާކްސް
  • މާކްސް ދެވޭނީ އެންމެ ކުޑަ އަގަކީ ބެންޗްމާކް އަގު ކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުޑަ އަގަށެވެ.

(Benchmark Price / Submitted Price) x Allocated Percentage

މުއްދަތު

05%
  • ހަވާލުކުރެވޭ މަސައްކަތް ކޮށްދިނުމަށް ހުށަހަޅާ މުއްދަތު
  • މާކްސް ދެވޭނީ ޕްރީސްކޫލް އިމާރާތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ހުށަހަޅާ އެންމެކުރު މުއްދަތު ހުށަހަޅާ ފަރާތް ބެންޗްމާކެއްކަމުގައި ބަލައިގެން ހުރިހާ މުއްދަތެއްގެ މެދުގައި ލިބޭ % އެއް
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ މަސައްކަތް ނިންމުމަށް އެންމެކުރު މުއްދަތު ހުށަހަޅާ ފަރާތަކަށް

( Submitted years of experience /  Benchmark  years) x Allocated Percentage

ތަޖުރިބާ

10%
  • ތަޖުރިބާ ހުރިކަން ބެލުމުގައި ބެލެވޭނީ އިމާރާތް ކުރުމުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށެވެ.
  • މާކްސް ދެވޭނީ މިކައުންސިލްގެ ބިޑް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ޢިމާރާތް ކުރުމުގެ މަސައްކަތާއި، އެކަމާ ގުޅުންހުރި މަސައްކަތް ކުރުމުގެ ދާއިރާއިން އެންމެ ގިނަ އަހަރު މަސައްކަތްކޮށްފައިވާ ފަރާތް ބެންޗްމާކެއްކަމުގައި ބަލައިގެން ހުރިހާ މުއްދަތެއްގެ މެދުގައި ލިބޭ % އެވެ. މި ގޮތުން އެންމެ ގިނަ މާކްސް ލިބޭނީ ޢިމާރާތްކުރުމުގެ މަސައްކަތާއި، އެފަދަ މަސައްކަތާ ގުޅުންހުރި ދާއިރާގައި އެންމެ ގިނަ އަހަރު ޚިދުމަތް ކޮށްފައިވާ ފަރާތަކަށެވެ.

( Submitted years of experience / Benchmark  years  ) x Allocated Percentage

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

24 ޛުލްޤަޢިދާ 1436

08 ސެޕްޓެންބަރު 2015
ހޯދާ