ދިވެހިރާއްޖެ
ތ.ކަނޑޫދޫ ޕްރީ-ސްކޫލް ޢިމާރާތްކުރުން
މިއިދާރާއިން ދޭ ކުރެހުމާއި، ބީ.އޯ.ކިއު އާ އެއްގޮތަށް ޕްރީސްކޫލް ޢިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި ނަންބަރު IUL)387/387/2015/50)ފ(11 އޮގަސްޓު 2015) އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހެޅީ އެންމެ ފަރާތަކުން ކަމަށްވެފައި، އަދި ހުށަހަޅާފައިވާ އަގު އެކަށީގެންވާވަރަށްވުރެ ބޮޑުކަމަށްފެންނާތީ އެ އިޢުލާން ބާޠިލުކޮށް، ބީ.އޯ.ކިއުއަށް ބައެއްކަހަލަ ބަދަލު ގެނެސް އަލުން މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފުރުޞަތު ހުޅުވާލަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 17 ސެޕްޓެންބަރު 2015 ވަނަދުވަހުގެ 11:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 27 ސެޕްޓެންބަރު 2015 ވަނަދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މި މަސްރޫޢުގެ ބިޑް ޑޮކިއުމަންޓް ވިއްކުމަށް ހަމަޖެހިފައިވަނީ 09 ސެޕްޓެންބަރު 2015 އިން 16 ސެޕްޓެންބަރު 2015 އަށް ރަސްމީގަޑީ މިއިދާރާއިންނެވެ. ބިޑް ޑޮކިއުމަންޓްގެ އަގަކީ -/10 ރުފިޔާއެވެ. ބިޑް ޑޮކިއުމަންޓް ބައްލަވައިނުގަންނަވާ ފަރާތަކަށް އަންދާސީހިސާބު ހުށައެއްނޭޅުއްވޭނެއެވެ.
ޕޮއިންޓްދޭނެ އުސޫލު
މާކްސް ދެވޭ ކްރައިޓީރިއާ |
މާކްސް ދެވޭ ގޮތް |
ތަފުސީލު |
ފޯމިއުލާ |
އަގު |
%85 |
|
(Benchmark Price / Submitted Price) x Allocated Percentage |
މުއްދަތު |
05% |
|
( Submitted years of experience / Benchmark years) x Allocated Percentage |
ތަޖުރިބާ |
10% |
|
( Submitted years of experience / Benchmark years ) x Allocated Percentage |
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
24 ޛުލްޤަޢިދާ 1436