ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮމްޕިއުޓަރ ޓެކްނީޝަން

މިއިދާރާގެ މިދަންނަވާ މަޤާމަށް މީހަކު ހޯދަން ބޭނުންވެއްޖެއެވެ.

މަޤާމު:

ކޮމްޕިޔުޓަރ ޓެކްނީޝަން

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2 (ރޭންކް: އެމް.އެސް 02)

މުސާރަ:

6,295.00 ރުފިޔާ

ސަރވިސް އެލަވަންސް:

2,000.00 ރުފިޔާ

ބޭނުންވާ އަދަދު:

01

މަސައްކަތް ކުރަންޖެހޭ ތަނާއި ޔުނިޓް:

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ/ (އެޑްމިނިސްޓްރޭޝަން، އެޗް.އާރު އެންޑް އިންފޮރމޭޝަން)

ތަޢުލީމާއި ތަޖުރިބާ:

  1. އިންފޮރމޭޝަން ޓެކްނޮލޮޖީ ނުވަތަ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތު ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. އިންފޮރމޭޝަން ޓެކްނޮލޮޖީ ނުވަތަ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތު ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  3. އިންފޮރމޭޝަން ޓެކްނޮލޮޖީ ނުވަތަ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ އޮނިގަނޑުގެ ލެވެލް 6 ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  4. އިންފޮރމޭޝަން ޓެކްނޮލޮޖީ ނުވަތަ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުން ހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. އަތޮޅު ކައުންސިލް އިދާރާގެ ވެބްސައިޓް މެއިންޓެއިންކޮށް ބެލެހެއްޓުމާއި، އެސައިޓްގެ ފަންނީ މަސައްކަތްތައް ކުރުން. އަދި އަތޮޅު ކައުންސިލްގެ އިދާރާގެ ވެބްސައިޓް އަޕްޑޭޓް ކޮށް ބެލެހެއްޓުން.
  2. އަތޮޅުކައުންސިލް އިދާރާގެ ކޮޕިއުޓަރ ނެޓްވޯކްގެ އަޕްޑޭޓްކޮށް ބެލެހެއްޓުން
  3. އިދާރާގެ ކޮމްޕިއުޓަރުތަކަށް ދިމާވާ ހާޑުވެއަރ މައްސަލަތަކުގެ ތެރެއިން ރަނގަޅުކުރެވެން ހުންނަ ކަންތައްތައް ރަނގަޅު ކުރުން. އަދި ރަނގަޅު ނުކުރެވޭ ކަންތައް ފާހަގަކޮށް ކަމާބެހޭ ޔުނިޓަށް ހުށަހަޅައިގެން ރަނގަޅު ކުރުމަށް މަސައްކަތްކުރުން. 
  4. އިދާރާގެ ކޮމްޕިއުޓަރތަކަށް ދިމާވާ ސޮފްޓްވެއަރ ގެ މައްސަލަތަކުގެ ތެރެއިން ރަނގަޅު ކުރެވެން ހުންނަ ކަންތައްތައް ރަނގަޅު ކުރުން. އަދި ރަނގަޅު ނުކުރެވޭ ކަންތައް ފާހަގަކޮށް ކަމާބެހޭ ޔުނިޓަށް ހުށަހަޅައިގެން ރަނގަޅު ކުރުމަށް މަސައްކަތްކުރުން.  
  5. އިދާރާގެ ކޮމްޕިއުޓަރުތައް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  6. އައިޓީއާ ގުޅިގެން ތަނުގެ މަސައްކަތަށް، ނެޓްވޯކްތެރެއިން އަންނަ ބަދަލުތައް މުވައްޒަފުންނަށް އޮޅުންފިލުވައިދީ އައިޓީއާ ގުޅޭ މަޢުލޫމާތު ތަނުގެ މުވައްޒަފުންނަށް ދިނުން.
  7. ކައުންސިލަށް ދިމާވާ ކުއްލި އިމަޖެންސީތަކާއި، ކައުންސިލް އިދާރާއިން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، ކައުންސިލްއިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ތަޢުލީމާއި ތަމްރީނު.
  2. މަސައްކަތުގެ ތަޖުރިބާ.
  3. މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި ސިފަތައް.
  4. ގިނަވަގުތު މަސައްކަތު އުޅެވޭ ފަރާތަކަށްވުން.
  5. އިންޓަވިއުއިން (ޕްރެކްޓިކަލްސްއާއެކު) އެންމެމަތީ މާކްސްހޯދާ ފަރާތް.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

2015 ސެޕްޓެންބަރު 29 ވަނަ ދުވަހުގެ 14.00 ގެ ކުރިން، 'ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު' ފުރިހަމަކުރެއްވުމަށްފަހު މިއިދާރާއަށް ހުށަހެޅުން.

އިންޓަވިއު އަދި ޢަމަލީ މަސައްކަތް އޮންނާނެ ތަނާއި މުއްދަތު:

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2015 އޮކްޓޫބަރު 01 އިން 04 އާއި ދެމެދު ފ. އަތޮޅު ކައުންސިލްގެ އިދާރާގައެވެ.

އުޖޫރައާއި އިނާޔަތްތައް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސް ފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި ރަމަޟާންމަހުގެ ޢިނާޔަތު ފައިސާ އަދި ދަތުރު އެލަވަންސް

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމާއި ސިވިލްސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމު (ފޯމު ފ. އަތޮޅު ކައުންސިލްގެ އިދާރާގެ ކައުންޓަރުންނާއި މިއިދާރާގެ ވެބްސައިޓް: www.faaf.gov.mv އިން ލިބެން ހުންނާނެއެވެ.)
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  3. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  4. ސްކޫލެއްގައި އުޅެފައިވާނަމަ ލީވިންގ ސެޓްފިކެޓްގެ ކޮޕީ.
  5. ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި މުއްދަތު އެނގޭނޭ، އެތަނުގެ ތައްގަނޑުޖެހި ރަސްމީ ލިޔުން.
  6. ސަރުކާރަށް ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތް ކުރުމަށް ބޮންޑެއްގައިހުރި މުވައްޒަފަކު ފ.އަތޮޅު ކައުންސިލްގެ އިދާރާގެ ވަޒީފާއަށް ހޮވިއްޖެނަމަ އެވަޒީފާއަށް ބަދަލު ވުމާމެދު އިޢުތިރާޟެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީލިއުން.
  7. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު

އެހެނިހެން ކަންތައްތައް

  • މި މަޤާމަށް ކުރިމަތިލާ މީހުންނަކީ ޢުމުރުން 55 އަހަރުވެފައިވާ މީހުންކަމުގައި ވެގެންނުވާނެއެވެ.
  • ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑި ހަމަވުމަށްފަހު ހުށަހަޅުއްވާ ހުށަހެޅުންތަކާއި، އެޓޭޗް ކުރަންޖެހޭ ލިއުންތައް ހަމަނުކޮށް އަދި ފުރިހަމަނުކޮށްހުށަހަޅާ ހުށަހެޅުންތައް ބަލައިނުގަނެވޭނެއެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ މިއޮފީހުގެ ނަންބަރު: 6740017، 6740018 ފޯނަށް ގުޅުއްވުން އެދެމެވެ. ފެކްސް ނަންބަރަކީ 6740019 އެވެ. އަދި އީމެއިލް އެޑްރެހަކީ [email protected] އެވެ.

24 ޛުލްޤަޢިދާ 1436

08 ސެޕްޓެންބަރު 2015
ހޯދާ