މަޤާމު:
|
ކޮމްޕިޔުޓަރ ޓެކްނީޝަން
|
މަޤާމުގެ ކްލެސިފިކޭޝަން:
|
ޓެކްނިކަލް އޮފިސަރ ގްރޭޑް 2 (ރޭންކް: އެމް.އެސް 02)
|
މުސާރަ:
|
6,295.00 ރުފިޔާ
|
ސަރވިސް އެލަވަންސް:
|
2,000.00 ރުފިޔާ
|
ބޭނުންވާ އަދަދު:
|
01
|
މަސައްކަތް ކުރަންޖެހޭ ތަނާއި ޔުނިޓް:
|
ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ/ (އެޑްމިނިސްޓްރޭޝަން، އެޗް.އާރު އެންޑް އިންފޮރމޭޝަން)
|
ތަޢުލީމާއި ތަޖުރިބާ:
|
- އިންފޮރމޭޝަން ޓެކްނޮލޮޖީ ނުވަތަ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތު ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- އިންފޮރމޭޝަން ޓެކްނޮލޮޖީ ނުވަތަ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތު ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- އިންފޮރމޭޝަން ޓެކްނޮލޮޖީ ނުވަތަ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ އޮނިގަނޑުގެ ލެވެލް 6 ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
- އިންފޮރމޭޝަން ޓެކްނޮލޮޖީ ނުވަތަ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުން ހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- އަތޮޅު ކައުންސިލް އިދާރާގެ ވެބްސައިޓް މެއިންޓެއިންކޮށް ބެލެހެއްޓުމާއި، އެސައިޓްގެ ފަންނީ މަސައްކަތްތައް ކުރުން. އަދި އަތޮޅު ކައުންސިލްގެ އިދާރާގެ ވެބްސައިޓް އަޕްޑޭޓް ކޮށް ބެލެހެއްޓުން.
- އަތޮޅުކައުންސިލް އިދާރާގެ ކޮޕިއުޓަރ ނެޓްވޯކްގެ އަޕްޑޭޓްކޮށް ބެލެހެއްޓުން
- އިދާރާގެ ކޮމްޕިއުޓަރުތަކަށް ދިމާވާ ހާޑުވެއަރ މައްސަލަތަކުގެ ތެރެއިން ރަނގަޅުކުރެވެން ހުންނަ ކަންތައްތައް ރަނގަޅު ކުރުން. އަދި ރަނގަޅު ނުކުރެވޭ ކަންތައް ފާހަގަކޮށް ކަމާބެހޭ ޔުނިޓަށް ހުށަހަޅައިގެން ރަނގަޅު ކުރުމަށް މަސައްކަތްކުރުން.
- އިދާރާގެ ކޮމްޕިއުޓަރތަކަށް ދިމާވާ ސޮފްޓްވެއަރ ގެ މައްސަލަތަކުގެ ތެރެއިން ރަނގަޅު ކުރެވެން ހުންނަ ކަންތައްތައް ރަނގަޅު ކުރުން. އަދި ރަނގަޅު ނުކުރެވޭ ކަންތައް ފާހަގަކޮށް ކަމާބެހޭ ޔުނިޓަށް ހުށަހަޅައިގެން ރަނގަޅު ކުރުމަށް މަސައްކަތްކުރުން.
- އިދާރާގެ ކޮމްޕިއުޓަރުތައް އަޕްޑޭޓްކޮށް ބެލެހެއްޓުން.
- އައިޓީއާ ގުޅިގެން ތަނުގެ މަސައްކަތަށް، ނެޓްވޯކްތެރެއިން އަންނަ ބަދަލުތައް މުވައްޒަފުންނަށް އޮޅުންފިލުވައިދީ އައިޓީއާ ގުޅޭ މަޢުލޫމާތު ތަނުގެ މުވައްޒަފުންނަށް ދިނުން.
- ކައުންސިލަށް ދިމާވާ ކުއްލި އިމަޖެންސީތަކާއި، ކައުންސިލް އިދާރާއިން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، ކައުންސިލްއިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- ތަޢުލީމާއި ތަމްރީނު.
- މަސައްކަތުގެ ތަޖުރިބާ.
- މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި ސިފަތައް.
- ގިނަވަގުތު މަސައްކަތު އުޅެވޭ ފަރާތަކަށްވުން.
- އިންޓަވިއުއިން (ޕްރެކްޓިކަލްސްއާއެކު) އެންމެމަތީ މާކްސްހޯދާ ފަރާތް.
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
2015 ސެޕްޓެންބަރު 29 ވަނަ ދުވަހުގެ 14.00 ގެ ކުރިން، 'ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު' ފުރިހަމަކުރެއްވުމަށްފަހު މިއިދާރާއަށް ހުށަހެޅުން.
|
އިންޓަވިއު އަދި ޢަމަލީ މަސައްކަތް އޮންނާނެ ތަނާއި މުއްދަތު:
|
މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2015 އޮކްޓޫބަރު 01 އިން 04 އާއި ދެމެދު ފ. އަތޮޅު ކައުންސިލްގެ އިދާރާގައެވެ.
|
އުޖޫރައާއި އިނާޔަތްތައް:
|
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސް ފަރުވާގެ ޚިދުމަތް.
- ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ.
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި ރަމަޟާންމަހުގެ ޢިނާޔަތު ފައިސާ އަދި ދަތުރު އެލަވަންސް
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމާއި ސިވިލްސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމު (ފޯމު ފ. އަތޮޅު ކައުންސިލްގެ އިދާރާގެ ކައުންޓަރުންނާއި މިއިދާރާގެ ވެބްސައިޓް: www.faaf.gov.mv އިން ލިބެން ހުންނާނެއެވެ.)
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
- ސްކޫލެއްގައި އުޅެފައިވާނަމަ ލީވިންގ ސެޓްފިކެޓްގެ ކޮޕީ.
- ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި މުއްދަތު އެނގޭނޭ، އެތަނުގެ ތައްގަނޑުޖެހި ރަސްމީ ލިޔުން.
- ސަރުކާރަށް ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތް ކުރުމަށް ބޮންޑެއްގައިހުރި މުވައްޒަފަކު ފ.އަތޮޅު ކައުންސިލްގެ އިދާރާގެ ވަޒީފާއަށް ހޮވިއްޖެނަމަ އެވަޒީފާއަށް ބަދަލު ވުމާމެދު އިޢުތިރާޟެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީލިއުން.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު
|
އެހެނިހެން ކަންތައްތައް
|
- މި މަޤާމަށް ކުރިމަތިލާ މީހުންނަކީ ޢުމުރުން 55 އަހަރުވެފައިވާ މީހުންކަމުގައި ވެގެންނުވާނެއެވެ.
- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑި ހަމަވުމަށްފަހު ހުށަހަޅުއްވާ ހުށަހެޅުންތަކާއި، އެޓޭޗް ކުރަންޖެހޭ ލިއުންތައް ހަމަނުކޮށް އަދި ފުރިހަމަނުކޮށްހުށަހަޅާ ހުށަހެޅުންތައް ބަލައިނުގަނެވޭނެއެވެ.
|