މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
ޕްރެޒިޑެންޝަލް ގާޑްސްގެ މަޤާމުތަކަށް ކޮންޓްރެކްޓް އުޞޫލުން މީހުން ހޯދުން.

އެމް.އެން.ޑީ.އެފް/ޕްރެޒިޑެންޝަލް ގާޑްސްގައި ކޮންޓްރެކްޓް އުސޫލުން މަސައްކަތްކުރުމަށްޓަކައި، މިދަންނަވާ މަގާމުތަކަށް މުވައްޒަފުން ބޭނުންވެއެވެ.

 

މަގާމު

ލޯންޗް ކެޕްޓަން/ ޕްރެޒިޑެންޝަލް ގާރޑްސް

ބޭނުންވާ ޢަދަދު

1 (އެކެއް)

މުސާރަ

މަހަކު 6,295.00 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު 2,000.00 ރުފިޔާ

އިތުރު ޢިނާޔަތްތައް

މި މަގާމުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެހެންވަޒީފާއެއް އަދާކުރުން މަނާކުރާތީދޭ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 އާއި، ބަންދު ދުވަހުގެ އެލަވަންސާއި، ޝިފްޓް ޑިއުޓީ އެލަވަންސް، ދަތުރު އެލަވަންސް، އަދި ރާއްޖެތެރެއަށްކުރާ ދަތުރުތަކުގައި ހަމަޖެހިފައިވާ އުސޫލުން ހުރުމުގެ އެލަވަންސް ލިބޭނެއެވެ.

ފެންވަރު ނުވަތަ ޝަރުޠު

  • ޓްރާންސްޕޯޓް އޮތޯރިޓީން ދޫކުރާ ކަނޑުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ކެޓަގަރީން އޭ.ބީ.ސީ،އަދި ޑީގެ ލައިސަންސް ލިބިފައިވުން.
  • ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ތެރެއިން އިންބޯޑު އިންޖީނުއެޅި އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ލިބި 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  • ނިޔަމިކޯސް، ކޯސްޓަލް ނެވިގޭޝަން ކޯސް ފުރިހަމަކޮށްފައިވުން.
  • އިނގިރޭސިބަހުން ލިޔެފައިހުންނަ ތަކެތި ލިޔަން ކިޔަން އެނގުން.
  • ކަނޑުމަތީގައި ގިނަވަގުތު ޑިއުޓީގައި އުޅުމުގެ ޤާބިލުކަން ހުރުމާއެކު މަސައްކަތްކުރުމުގެ ފުރިހަމަ ޞިއްޙަތެއްގައި ހުރުން.

ވަޒީފާގެ މައިގަނޑު މަސައްކަތާއި މަސްއޫލިއްޔަތު

  • އުޅަނދު ފަހަރުގެ ސާފުތާހިރުކަން ދެމެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، އުޅަނދުގެ މެއިންޓަނަންސް މަސައްކަތްތަކުގައި އެހީތެރިވުމާއި، އުޅަނދުގައިވާ އިކްވިޕްމަންޓްސްތައް ސާފުތާހިރުކޮށް ބެލެހެއްޓުން.
  • ކަނޑުމަތީގެ ދަތުރުގައި ދަތުރުކުރާ މީހުންގެ ރައްކާތެރިކަމާއި، ސަލާމަތްތެރިކަމަށް އިސްކަންދިނުން.

މަގާމު

މެކޭނިކް/ ޕްރެޒިޑެންޝަލް ގާރޑްސް

ބޭނުންވާ ޢަދަދު

2 (ދޭއް)

މުސާރަ:

މަހަކު 5,020.00 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު 2,000.00 ރުފިޔާ

އިތުރު ޢިނާޔަތްތައް:

މި މަގާމުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެހެންވަޒީފާއެއް އަދާކުރުން މަނާކުރާތީދޭ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 އާއި، ބަންދު ދުވަހުގެ އެލަވަންސާއި، ޝިފްޓް ޑިއުޓީ އެލަވަންސް، ދަތުރު އެލަވަންސް، އަދި ރާއްޖެތެރެއަށްކުރާ ދަތުރުތަކުގައި ހަމަޖެހިފައިވާ އުސޫލުން ހުރުމުގެ އެލަވަންސް ލިބޭނެއެވެ.

ފެންވަރު ނުވަތަ ޝަރުތު

1- މެރިން އިންޖިނިއަރިންގ ދާއިރާއިން ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ:

2- މި ދާއިރާއިން އިންބޯޑް ނުވަތަ އައުޓްބޯޑް އިންޖިނިއަރެއްގެގޮތުން އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1 ރޭންކްގައި 2 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން. ނުވަތަ،

3- ޖީ.ސީ.އީ އޯލެވެލް ސައިންސް ސްޓްރީމް 2 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު، ކަނޑުމަތީގެ ޑިއުޓީތަކުގައި ގިނަވަގުތު އުޅުމުގެ ޤާބިލްކަން ހުރުމާއެކު މަސައްކަތްކުރުމުގެ ފުރިހަމަ ސިއްހަތެއްގައިހުރުން.

ވަޒީފާގެ މައިގަނޑު މަސައްކަތާއި މަސްއޫލިއްޔަތު

1- ކަނޑާއި އެއްގަމުގެ ދަތުރުފަތުރުގެ ޚިދުމަތްދިނުމަށް ބޭނުންކުރެވޭ އުޅަނދުފަހަރުގެ ޓެކްނިކަލް މަސައްކަތްތައް ހައްލުކުރުމުގައި މެކޭނިކެއްގެގޮތުން މަސައްކަތްކުރުން.

2- ކަނޑާއި އެއްގަމުގެ ދަތުރުފަތުރުގެ ޚިދުމަތްދިނުމަށް ބޭނުންކުރެވޭ އުޅަނދުފަހަރުގެ އިންޖިނިއަރ އަދި ޓެކްނިކަލް މަސައްކަތްތައް ހައްލުކުރުމުގައި އިންޖިނިއަރުންނަށް އެހީތެރިވެދިނުން.

3- ވޯކްޝޮޕްގައި ކުރެވޭ މަސައްކަތްތައް ރާވާ ހިންގުމުގައި ހަވާލުވެހުންނަ ސްޕަވައިޒަރަށް އެހީތެރިވެދިނުން.

4- ކަނޑާއި އެއްގަމުގެ އުޅަނދުފަހަރުގެ ރަނިންގ ކޮންޑިޝަން ރަނގަޅުކުރުމުގައި ކުރެވޭ އެންމެހާ މަސައްކަތުގައި ފުރިހަމައަށް ބައިވެރިވެ މަސައްކަތްކުރުން.

މަގާމު

ވޮޗަރ

ބޭނުންވާ ޢަދަދު

2 (ދޭއް)

މުސާރަ

މަހަކު 4,000.00 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު 1,000.00 ރުފިޔާ

މިނިމަމްވޭޖް އެލަވަންސް

މަހަކު 1,080.00 ރުފިޔާ

އިތުރު ޢިނާޔަތްތައް

މި މަގާމުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެހެންވަޒީފާއެއް އަދާކުރުން މަނާކުރާތީދޭ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 އާއި، ބަންދު ދުވަހުގެ އެލަވަންސް، ޝިފްޓް ޑިއުޓީ އެލަވަންސް، ދަތުރު އެލަވަންސް، އަދި ރާއްޖޭގެ ރަށްރަށަށް ކުރާދަތުރުތަކުގައި ހުރުމުގެ އެލަވަންސް އާއި، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ފެންވަރު ނުވަތަ ޝަރުޠު

1- ލިޔަންކިޔަން އެނގުމާއެކު، މަގާމުގެ މަސައްކަތުގެ ހުނަރު/ތަޖުރިބާ ހުރުން. ނުވަތަ،

2- މަގާމާގެ މަސައްކަތުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު މިދާއިރާގައި ސަޕޯޓް ސްޓާފް ގްރޭޑް 2 ގެ މަގާމުގައި މަދުވެގެން 2 އަހަރު ދުވަހު މަސައްކަތްކޮށްފައިވުން.

ވަޒީފާގެ މައިގަނޑު މަސައްކަތާއި މަސްއޫލިއްޔަތު

1- ވެހިކަލް ގަރާޖާއި ގަރާޖުގައިވާ ތަކެއްޗަށް އެއްވެސް ނުރައްކަލެއް ނާންނާނެގޮތުގެމަތިން ސެކިއުރިޓީ ބެލެހެއްޓުން.

2- ވެހިކަލް ގަރާޖަށް ވަންނަ މީހުންނަކީ ހުއްދަ ލިބިފައިވާ ފަރާތްތައްތޯބަލާ ޗެކުކުރުމާއި، ހުއްދަނެތް ފަރާތްތައް ކަމާބެހޭ ފަރާތުގެ ހުއްދަލިބިގެން މެނުވީ އިމާރާތުގެ ތެރެއެއަށް ވަދެއުޅުނަ ނުދިނުން.

3- ވެހިކަލް ގަރާޖުން ބޭރަށް ގެންދެވޭތަކެއްޗަކީ ހުއްދަލިބިގެން ގެންދެވޭތަކެތިތޯބަލާ ޗެކްކުރުން.

4- މަސައްކަތާގުޅިގެން ހަވާލުކުރެވޭތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން.

މަގާމު

ފަޅުވެރި

ބޭނުންވާ ޢަދަދު

9 (ނުވައެއް)

މުސާރަ

މަހަކު 4,465.00 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު 1,500.00 ރުފިޔާ

އިތުރު ޢިނާޔަތްތައް

މި މަގާމުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެހެންވަޒީފާއެއް އަދާކުރުން މަނާކުރާތީދޭ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 އާއި، ބަންދު ދުވަހުގެ އެލަވަންސް، ޝިފްޓް ޑިއުޓީ އެލަވަންސް، ދަތުރު އެލަވަންސް، އަދި ރާއްޖޭގެ ރަށްރަށަށް ކުރާދަތުރުތަކުގައި ހުރުމުގެ އެލަވަންސް އާއި، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ފެންވަރު ނުވަތަ ޝަރުޠު

  • ގްރޭޑް 7 ގެ ފެންވަރު ހުރުން. ނުވަތަ ކަނޑުމަތީގެ އުޅަނދެއްގައި 4 އަހަރު ދުވަހުގެ ޢަމަލީ ތަޖުރިބާ ލިބިފައިވުމާއެކު، މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއި،
  • ޓްރާންސްޕޯޓް އޮތޯރިޓީން ފުރިހަމަކުރާ "ފަޅުވެރިންގެ ކޯސް" ފުރިހަމަކޮށްފައިވުން.
  • ކަނޑުމަތީގައި ގިނަވަގުތު ޑިއުޓީގައި އުޅުމުގެ ގާބިލުކަން ހުރުމާއެކު މަސައްކަތްކުރުމުގެ ފުރިހަމަ ޞިއްހަތެއް ލިބިފައިވުން.

ވަޒީފާގެ މައިގަނޑު މަސައްކަތާއި މަސްއޫލިއްޔަތު

  • އުޅަނދުފަހަރުގެ ސާފުތާހިރުކަން ދެމެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، އުޅަނދުގެ މެއިންޓަނަންސް މަސައްކަތްތަކުގައި އެހީތެރިވުމާއި، އުޅަނދުގައިވާ އިކްވިޕްމަންޓްސްތައް ސާފުތާހިރުކޮށް ބެލެހެއްޓުން.
  • ކަނޑުމަތީގެ ދަތުރުތަކުގައި ދަތުރުކުރާ މީހުންގެ ރައްކާތެރިކަމާއި، ސަލާމަތްތެރިކަމަށް އިސްކަން ދިނުން.

ޢާންމުގޮތެއްގައި މަސައްކަތްކުރަންޖެހޭތަން

މި މަގާމުތަކުގައި މަސައްކަތްކުރާ މުވައްޒަފުން ޢާންމުގޮތެއްގައި މަސައްކަތްކުރަންޖެހޭނީ މާލެ ގައެވެ.

އިތުރު މަޢުލޫމާތު:

ވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ލިބިލައްވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ދިވެހިރައްޔިތެއްކަން އަންގައިދޭކާޑުގެ ކޮޕީ އަދި ގުޅޭނެ ފޯން ނަންބަރު ޖައްސަވާ، 2025 ޖުލައި  3 ބުރާސްފަތި ދުވަހު 14.00 ގެ ކުރިން މި ވުޒާރާއަށް ސިޓީ ފޮނުއްވުން އެދެމެވެ. މި ވުޒާރާއަށް ފޮނުއްވާ ސިޓީތައް އީ-މެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ [email protected] އެވެ. މީގެއިތުރުން ވަޒީފާއަށްއެދޭ ސިޓީއާއި ލިޔުންތައް މިވުޒާރާއަށް އޮންލައިންކޮށް ހުށަހަޅުއްވަން ބޭނުންފުޅުވާނަމަ، “GOV.MV” މެސެޖް ޕްލެޓްފޯމް މެދުވެރިކޮށްވެސް ހުށަހެޅުއްވިދާނެއެވެ. މި ޕްލެޓްފޯމް ލިންކަކީ:https://message.gov.mv/en/messages އެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3313724 އަށް ގުޅުއްވުން އެދެމެވެ.

27 ޛުލްޙިއްޖާ 1446

23 ޖޫން 2025
ހޯދާ