ދިވެހިރާއްޖެ
އެމް.އެން.ޑީ.އެފް/ޕްރެޒިޑެންޝަލް ގާޑްސްގައި ކޮންޓްރެކްޓް އުސޫލުން މަސައްކަތްކުރުމަށްޓަކައި، މިދަންނަވާ މަގާމުތަކަށް މުވައްޒަފުން ބޭނުންވެއެވެ.
މަގާމު |
ލޯންޗް ކެޕްޓަން/ ޕްރެޒިޑެންޝަލް ގާރޑްސް |
ބޭނުންވާ ޢަދަދު |
1 (އެކެއް) |
މުސާރަ |
މަހަކު 6,295.00 ރުފިޔާ |
ސަރވިސް އެލަވަންސް |
މަހަކު 2,000.00 ރުފިޔާ |
އިތުރު ޢިނާޔަތްތައް |
މި މަގާމުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެހެންވަޒީފާއެއް އަދާކުރުން މަނާކުރާތީދޭ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 އާއި، ބަންދު ދުވަހުގެ އެލަވަންސާއި، ޝިފްޓް ޑިއުޓީ އެލަވަންސް، ދަތުރު އެލަވަންސް، އަދި ރާއްޖެތެރެއަށްކުރާ ދަތުރުތަކުގައި ހަމަޖެހިފައިވާ އުސޫލުން ހުރުމުގެ އެލަވަންސް ލިބޭނެއެވެ. |
ފެންވަރު ނުވަތަ ޝަރުޠު |
|
ވަޒީފާގެ މައިގަނޑު މަސައްކަތާއި މަސްއޫލިއްޔަތު |
|
މަގާމު |
މެކޭނިކް/ ޕްރެޒިޑެންޝަލް ގާރޑްސް |
ބޭނުންވާ ޢަދަދު |
2 (ދޭއް) |
މުސާރަ: |
މަހަކު 5,020.00 ރުފިޔާ |
ސަރވިސް އެލަވަންސް |
މަހަކު 2,000.00 ރުފިޔާ |
އިތުރު ޢިނާޔަތްތައް: |
މި މަގާމުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެހެންވަޒީފާއެއް އަދާކުރުން މަނާކުރާތީދޭ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 އާއި، ބަންދު ދުވަހުގެ އެލަވަންސާއި، ޝިފްޓް ޑިއުޓީ އެލަވަންސް، ދަތުރު އެލަވަންސް، އަދި ރާއްޖެތެރެއަށްކުރާ ދަތުރުތަކުގައި ހަމަޖެހިފައިވާ އުސޫލުން ހުރުމުގެ އެލަވަންސް ލިބޭނެއެވެ. |
ފެންވަރު ނުވަތަ ޝަރުތު |
1- މެރިން އިންޖިނިއަރިންގ ދާއިރާއިން ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ: 2- މި ދާއިރާއިން އިންބޯޑް ނުވަތަ އައުޓްބޯޑް އިންޖިނިއަރެއްގެގޮތުން އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1 ރޭންކްގައި 2 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން. ނުވަތަ، 3- ޖީ.ސީ.އީ އޯލެވެލް ސައިންސް ސްޓްރީމް 2 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު، ކަނޑުމަތީގެ ޑިއުޓީތަކުގައި ގިނަވަގުތު އުޅުމުގެ ޤާބިލްކަން ހުރުމާއެކު މަސައްކަތްކުރުމުގެ ފުރިހަމަ ސިއްހަތެއްގައިހުރުން. |
ވަޒީފާގެ މައިގަނޑު މަސައްކަތާއި މަސްއޫލިއްޔަތު |
1- ކަނޑާއި އެއްގަމުގެ ދަތުރުފަތުރުގެ ޚިދުމަތްދިނުމަށް ބޭނުންކުރެވޭ އުޅަނދުފަހަރުގެ ޓެކްނިކަލް މަސައްކަތްތައް ހައްލުކުރުމުގައި މެކޭނިކެއްގެގޮތުން މަސައްކަތްކުރުން. 2- ކަނޑާއި އެއްގަމުގެ ދަތުރުފަތުރުގެ ޚިދުމަތްދިނުމަށް ބޭނުންކުރެވޭ އުޅަނދުފަހަރުގެ އިންޖިނިއަރ އަދި ޓެކްނިކަލް މަސައްކަތްތައް ހައްލުކުރުމުގައި އިންޖިނިއަރުންނަށް އެހީތެރިވެދިނުން. 3- ވޯކްޝޮޕްގައި ކުރެވޭ މަސައްކަތްތައް ރާވާ ހިންގުމުގައި ހަވާލުވެހުންނަ ސްޕަވައިޒަރަށް އެހީތެރިވެދިނުން. 4- ކަނޑާއި އެއްގަމުގެ އުޅަނދުފަހަރުގެ ރަނިންގ ކޮންޑިޝަން ރަނގަޅުކުރުމުގައި ކުރެވޭ އެންމެހާ މަސައްކަތުގައި ފުރިހަމައަށް ބައިވެރިވެ މަސައްކަތްކުރުން. |
މަގާމު |
ވޮޗަރ |
ބޭނުންވާ ޢަދަދު |
2 (ދޭއް) |
މުސާރަ |
މަހަކު 4,000.00 ރުފިޔާ |
ސަރވިސް އެލަވަންސް |
މަހަކު 1,000.00 ރުފިޔާ |
މިނިމަމްވޭޖް އެލަވަންސް |
މަހަކު 1,080.00 ރުފިޔާ |
އިތުރު ޢިނާޔަތްތައް |
މި މަގާމުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެހެންވަޒީފާއެއް އަދާކުރުން މަނާކުރާތީދޭ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 އާއި، ބަންދު ދުވަހުގެ އެލަވަންސް، ޝިފްޓް ޑިއުޓީ އެލަވަންސް، ދަތުރު އެލަވަންސް، އަދި ރާއްޖޭގެ ރަށްރަށަށް ކުރާދަތުރުތަކުގައި ހުރުމުގެ އެލަވަންސް އާއި، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. |
ފެންވަރު ނުވަތަ ޝަރުޠު |
1- ލިޔަންކިޔަން އެނގުމާއެކު، މަގާމުގެ މަސައްކަތުގެ ހުނަރު/ތަޖުރިބާ ހުރުން. ނުވަތަ، 2- މަގާމާގެ މަސައްކަތުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު މިދާއިރާގައި ސަޕޯޓް ސްޓާފް ގްރޭޑް 2 ގެ މަގާމުގައި މަދުވެގެން 2 އަހަރު ދުވަހު މަސައްކަތްކޮށްފައިވުން. |
ވަޒީފާގެ މައިގަނޑު މަސައްކަތާއި މަސްއޫލިއްޔަތު |
1- ވެހިކަލް ގަރާޖާއި ގަރާޖުގައިވާ ތަކެއްޗަށް އެއްވެސް ނުރައްކަލެއް ނާންނާނެގޮތުގެމަތިން ސެކިއުރިޓީ ބެލެހެއްޓުން. 2- ވެހިކަލް ގަރާޖަށް ވަންނަ މީހުންނަކީ ހުއްދަ ލިބިފައިވާ ފަރާތްތައްތޯބަލާ ޗެކުކުރުމާއި، ހުއްދަނެތް ފަރާތްތައް ކަމާބެހޭ ފަރާތުގެ ހުއްދަލިބިގެން މެނުވީ އިމާރާތުގެ ތެރެއެއަށް ވަދެއުޅުނަ ނުދިނުން. 3- ވެހިކަލް ގަރާޖުން ބޭރަށް ގެންދެވޭތަކެއްޗަކީ ހުއްދަލިބިގެން ގެންދެވޭތަކެތިތޯބަލާ ޗެކްކުރުން. 4- މަސައްކަތާގުޅިގެން ހަވާލުކުރެވޭތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން. |
މަގާމު |
ފަޅުވެރި |
ބޭނުންވާ ޢަދަދު |
9 (ނުވައެއް) |
މުސާރަ |
މަހަކު 4,465.00 ރުފިޔާ |
ސަރވިސް އެލަވަންސް |
މަހަކު 1,500.00 ރުފިޔާ |
އިތުރު ޢިނާޔަތްތައް |
މި މަގާމުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެހެންވަޒީފާއެއް އަދާކުރުން މަނާކުރާތީދޭ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 އާއި، ބަންދު ދުވަހުގެ އެލަވަންސް، ޝިފްޓް ޑިއުޓީ އެލަވަންސް، ދަތުރު އެލަވަންސް، އަދި ރާއްޖޭގެ ރަށްރަށަށް ކުރާދަތުރުތަކުގައި ހުރުމުގެ އެލަވަންސް އާއި، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. |
ފެންވަރު ނުވަތަ ޝަރުޠު |
|
ވަޒީފާގެ މައިގަނޑު މަސައްކަތާއި މަސްއޫލިއްޔަތު |
|
ޢާންމުގޮތެއްގައި މަސައްކަތްކުރަންޖެހޭތަން |
މި މަގާމުތަކުގައި މަސައްކަތްކުރާ މުވައްޒަފުން ޢާންމުގޮތެއްގައި މަސައްކަތްކުރަންޖެހޭނީ މާލެ ގައެވެ. |
އިތުރު މަޢުލޫމާތު: |
ވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ލިބިލައްވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ދިވެހިރައްޔިތެއްކަން އަންގައިދޭކާޑުގެ ކޮޕީ އަދި ގުޅޭނެ ފޯން ނަންބަރު ޖައްސަވާ، 2025 ޖުލައި 3 ބުރާސްފަތި ދުވަހު 14.00 ގެ ކުރިން މި ވުޒާރާއަށް ސިޓީ ފޮނުއްވުން އެދެމެވެ. މި ވުޒާރާއަށް ފޮނުއްވާ ސިޓީތައް އީ-މެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ [email protected] އެވެ. މީގެއިތުރުން ވަޒީފާއަށްއެދޭ ސިޓީއާއި ލިޔުންތައް މިވުޒާރާއަށް އޮންލައިންކޮށް ހުށަހަޅުއްވަން ބޭނުންފުޅުވާނަމަ، “GOV.MV” މެސެޖް ޕްލެޓްފޯމް މެދުވެރިކޮށްވެސް ހުށަހެޅުއްވިދާނެއެވެ. މި ޕްލެޓްފޯމް ލިންކަކީ:https://message.gov.mv/en/messages އެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3313724 އަށް ގުޅުއްވުން އެދެމެވެ. |
27 ޛުލްޙިއްޖާ 1446