މަޤާމު:
|
އިންޓަރން (އެޑްމިން)
|
ބޭނުންވާ އަދަދު:
|
1
|
އޮފީސް:
|
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒު
|
ޑިޕާޓްމަންޓް:
|
ބިޒްނަސް ޑިވެލޮޕްމަންޓް
|
ވަޒީފާގެ ބާވަތް:
|
ކޮންޓްރެކްޓް (06 މަސް ދުވަސް)
|
އުޖޫރަ:
|
ގަޑިއަކަށް 60 ރުފިޔާގެ ރޭޓުން
|
މަސައްކަތުގެ ވަގުތު
|
- 2 - 4 ގަޑިއިރު (ހެނދުނު 08:00 އާއި މެންދުރު ފަހު 02:00 އާ ދެމެދު)
|
މަގާމުގެ ޝަރުތު:
|
- 'މަތީ ސާނަވީ' (އޭލެވެލް) އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުން.
|
މަޤާމުގެ މަސްޢޫލިއްޔަތު:
|
1. ސްޓްރެޓެޖިކް ޕްލޭނިންގ އެސިސްޓެންސް އަދި އެމް.އެން.ޔޫ އިނޮވޭޓްހަބް ސަޕޯޓް ޓާސްކްސް
- ސްޓްރެޓެޖިކް އަދި އޮޕަރޭޝަނަލް ޕްލޭނިންގ މަސައްކަތްތަކުގައި އެހީތެރިވެދިނުން.
- ސްޓާޓްއަޕްތަކާއި، ޕާޓްނަރުންނާއި، މެންޓަރުންނާއެކު ބާއްވާ ބައްދަލުވުންތައް ކޯޑިނޭޓްކުރުމުގައި އެހީތެރިވުން.
- އައުޓްރީޗް ކުރުމުގައި އެހީތެރިވުން: ފޯނުކޯލް ކުރުމާއި، އީމެއިލް ފޮނުވުމާއި، ފޮލޯއަޕް ކުރުން.
- ގުޅުންހުރި މަސައްކަތްތަކުގެ ލޮޖިސްޓިކްސް އަދި މުޢާމަލާތުކުރުން ހިމެނޭ ގޮތަށް އިވެންޓްތަކާއި ވޯކްޝޮޕްތަކާއި ސެޝަންތައް ތައްޔާރުކުރުމާއި ކޯޑިނޭޓްކުރުމުގައި އެހީތެރިވުން. (ޕްރިންޓްކުރުން، ސެޓްއަޕްކުރުން، ސައިނޭޖް ބެހެއްޓުން، ރަޖިސްޓްރީކުރުންފަދަ ކަންކަން).
2. އިދާރީ އަދި މުވާސަލާތީ މަސައްކަތްތައް
- އެކިއެކި ބައްދަލުވުންތަކުގެ ކަންކަން އިންތިޒާމްކޮށް، ފޮލޯއަޕް ހެދުމާއި، ގުޅުންހުރި މަސައްކަތްކުރުމާއި، އެޕޮއިންޓްމަންޓް ހެދުމާއި، ސުންގަޑިތައް ގެއްލިގެން ނުދާނެކަން ޔަގީންކޮށް މަސައްކަތްތައް ރާވާލުން.
- ޑިޖިޓަލް ފައިލްތަކާއި، ރެކޯޑްތަކާއި، ޝެއަރޑް ފޯލްޑަރުތައް އިންތިޒާމުކުރުމުގައި އެހީތެރިވުން.
3. އިންސްޓިޓިއުޝަނަލް ސަސްޓެއިނަބިލިޓީ އިނިޝިއޭޓިވް އަށް ސަޕޯޓް ދިނުން
- ދެމެހެއްޓެނިވި ގޮތެއްގައި ހިންގާ ކަންކަމުގެ މަޢުލޫމާތު އެއްކޮށް އަޕްޑޭޓްކުރުމުގައި ބީ.ޑީ އާއި ގުޅުންހިރި މިންވަރަކުން ކޮލިޓީ އެޝުއަރެންސް ކޮންޓްރޯލަރ އާއި ގުޅިގެން އެހީތެރިވުން.
4. ހަވާލުކުރެވޭ އެހެނިހެން ސަޕޯޓް ޑިއުޓީތައް
- ބީ.ޑީ ގެ ހުރިހާ މަސައްކަތްތަކުގައި ޑެޕިއުޓީ ޑިރެކްޓަރ ނުވަތަ ޑިރެކްޓަރަށް އެހީތެރިވުން އަދި ޖަވާބުދާރީވުން.
- މީގައި ބަޔާންކުރެވިފައި ނެތްނަމަވެސް ބީ.ޑީ ގެ ހުރިހާ މަސައްކަތްތަކެއްގައި ޝާމިލްވެގެންއުޅުން އަދި މަސައްކަތްތަކުގައި އެހީތެރިކަންފޯރުކޮށްދިނުން (އޭގެތެރޭގައި ބީ.ޑީ ގެ އެޑްހޮކް މަސައްކަތްތައް އަދި އެއިން އުފެދޭ އައު މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން.)
|
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:
|
03 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒަށް ތިރީގައިވާ ލިންކް މެދުވެރިކޮށް އޮންލައިންކޮށް.
https://tinyurl.com/MNUHR-2025-80
|
އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލާއެކު)
- ޕާސްޕޯޓު ސައިޒުގެ ފޮޓޯއެއް.
- ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން އޮރިޖިނަލްތައް ކޮޕީ ވެރިފައިކުރުމަށް ހުށަހަޅަންވާނެއެވެ.
- ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމާއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
- ** ހުށަހަޅަންޖެހޭ ލިޔުންތައް ފޯމުގައި އެޓޭޗް ކުރައްވާނީ ޕީ.ޑީ.އެފް ފޯމެޓަށް، މަތީގައިވާ ތަރުތީބުން ހުރިހާ ލިޔުންތައް އެއް ފައިލް އަކަށް ބަދަލުކޮށްފައެވެ.
|
ސަމާލުކަމަށް:
|
- މި އިއުލާނަށް އިޖާބަދެއްވާ ފަރާތްތަކުގެ ތެރެއިން، ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގައި ކިޔަވާ ދަރިވަރުންނަށް އިސްކަންދެވޭނެކަމުގައި ދަންނަވަމެވެ.
- ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޮލެޖް/ޔުނިވަރސިޓީ އިން ދީފައިވާ ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމަކާއި އަންއޮފިޝަލް ޓްރާންސްކްރިޕްޓް، އަދި އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
- އިޢުލާނުގައި ހުށަހަޅަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ ލިޔެކިއުންތައް ފޮނުވަންވާނީ އެޕްލިކޭޝަނާއިއެކު އެކީ އެއްފަހަރާ އެޕްލިކޭޝަން ފޮނުވުމަށް ކަނޑައަޅާފައިވާ ލިންކް މެދުވެރިކޮށެވެ.
- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ޖަވާބު ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
- މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345136 ނަމްބަރު ފޯނަށެވެ.
|