ވަޒީފާގެ ފުރުޞަތު
ނަންބަރު: MNU-HR/2025/91
ޕަބްލިޝްކުރި ތާރީޚް: 23 ޖޫން 2025
ޕަބްލިޝްކުރި ގަޑި: 11:27
ސުންގަޑި: 03 ޖުލައި 2025 12:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
އިންޓަރން (އެޑްމިން)

މަޤާމް :އިންޓަރން (އެޑްމިން)
ބޭނުންވާ އަދަދު :1

މަޤާމު:

އިންޓަރން (އެޑްމިން)

ބޭނުންވާ އަދަދު:

1

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒު

ޑިޕާޓްމަންޓް:

ބިޒްނަސް ޑިވެލޮޕްމަންޓް

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް (06 މަސް ދުވަސް)

އުޖޫރަ:

ގަޑިއަކަށް 60 ރުފިޔާގެ ރޭޓުން

މަސައްކަތުގެ ވަގުތު

  • 2 - 4 ގަޑިއިރު (ހެނދުނު 08:00 އާއި މެންދުރު ފަހު 02:00 އާ ދެމެދު)

މަގާމުގެ ޝަރުތު:

  • 'މަތީ ސާނަވީ' (އޭލެވެލް) އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުން.

މަޤާމުގެ މަސްޢޫލިއްޔަތު:

1. ސްޓްރެޓެޖިކް ޕްލޭނިންގ އެސިސްޓެންސް  އަދި އެމް.އެން.ޔޫ އިނޮވޭޓްހަބް ސަޕޯޓް ޓާސްކްސް

  •  ސްޓްރެޓެޖިކް އަދި އޮޕަރޭޝަނަލް ޕްލޭނިންގ މަސައްކަތްތަކުގައި އެހީތެރިވެދިނުން.
  •  ސްޓާޓްއަޕްތަކާއި، ޕާޓްނަރުންނާއި، މެންޓަރުންނާއެކު ބާއްވާ ބައްދަލުވުންތައް ކޯޑިނޭޓްކުރުމުގައި އެހީތެރިވުން.
  •  އައުޓްރީޗް ކުރުމުގައި އެހީތެރިވުން: ފޯނުކޯލް ކުރުމާއި، އީމެއިލް ފޮނުވުމާއި، ފޮލޯއަޕް ކުރުން.
  •  ގުޅުންހުރި މަސައްކަތްތަކުގެ ލޮޖިސްޓިކްސް އަދި މުޢާމަލާތުކުރުން ހިމެނޭ ގޮތަށް އިވެންޓްތަކާއި ވޯކްޝޮޕްތަކާއި ސެޝަންތައް ތައްޔާރުކުރުމާއި ކޯޑިނޭޓްކުރުމުގައި އެހީތެރިވުން. (ޕްރިންޓްކުރުން، ސެޓްއަޕްކުރުން، ސައިނޭޖް ބެހެއްޓުން، ރަޖިސްޓްރީކުރުންފަދަ ކަންކަން).

2. އިދާރީ އަދި މުވާސަލާތީ މަސައްކަތްތައް

  • އެކިއެކި ބައްދަލުވުންތަކުގެ ކަންކަން އިންތިޒާމްކޮށް، ފޮލޯއަޕް ހެދުމާއި، ގުޅުންހުރި މަސައްކަތްކުރުމާއި، އެޕޮއިންޓްމަންޓް ހެދުމާއި، ސުންގަޑިތައް ގެއްލިގެން ނުދާނެކަން ޔަގީންކޮށް މަސައްކަތްތައް ރާވާލުން.
  • ޑިޖިޓަލް ފައިލްތަކާއި، ރެކޯޑްތަކާއި، ޝެއަރޑް ފޯލްޑަރުތައް އިންތިޒާމުކުރުމުގައި އެހީތެރިވުން.

3. އިންސްޓިޓިއުޝަނަލް ސަސްޓެއިނަބިލިޓީ އިނިޝިއޭޓިވް އަށް ސަޕޯޓް ދިނުން

  •  ދެމެހެއްޓެނިވި ގޮތެއްގައި ހިންގާ ކަންކަމުގެ މަޢުލޫމާތު އެއްކޮށް އަޕްޑޭޓްކުރުމުގައި ބީ.ޑީ އާއި ގުޅުންހިރި މިންވަރަކުން ކޮލިޓީ އެޝުއަރެންސް ކޮންޓްރޯލަރ އާއި ގުޅިގެން އެހީތެރިވުން.

4. ހަވާލުކުރެވޭ އެހެނިހެން ސަޕޯޓް ޑިއުޓީތައް

  •  ބީ.ޑީ ގެ ހުރިހާ މަސައްކަތްތަކުގައި ޑެޕިއުޓީ ޑިރެކްޓަރ ނުވަތަ ޑިރެކްޓަރަށް އެހީތެރިވުން އަދި ޖަވާބުދާރީވުން.
  •  މީގައި ބަޔާންކުރެވިފައި ނެތްނަމަވެސް ބީ.ޑީ ގެ ހުރިހާ މަސައްކަތްތަކެއްގައި ޝާމިލްވެގެންއުޅުން އަދި މަސައްކަތްތަކުގައި އެހީތެރިކަންފޯރުކޮށްދިނުން (އޭގެތެރޭގައި ބީ.ޑީ ގެ އެޑްހޮކް މަސައްކަތްތައް އަދި އެއިން އުފެދޭ އައު މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން.)

 

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:

03 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒަށް ތިރީގައިވާ ލިންކް މެދުވެރިކޮށް އޮންލައިންކޮށް.

https://tinyurl.com/MNUHR-2025-80

 

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލާއެކު)
  • ޕާސްޕޯޓު ސައިޒުގެ ފޮޓޯއެއް.
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން އޮރިޖިނަލްތައް ކޮޕީ ވެރިފައިކުރުމަށް ހުށަހަޅަންވާނެއެވެ.
  • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމާއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން  އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
  • ** ހުށަހަޅަންޖެހޭ ލިޔުންތައް ފޯމުގައި އެޓޭޗް ކުރައްވާނީ ޕީ.ޑީ.އެފް ފޯމެޓަށް، މަތީގައިވާ ތަރުތީބުން ހުރިހާ ލިޔުންތައް އެއް ފައިލް އަކަށް ބަދަލުކޮށްފައެވެ.

ސަމާލުކަމަށް:

  • މި އިއުލާނަށް އިޖާބަދެއްވާ ފަރާތްތަކުގެ ތެރެއިން، ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގައި ކިޔަވާ ދަރިވަރުންނަށް އިސްކަންދެވޭނެކަމުގައި ދަންނަވަމެވެ.
  • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޮލެޖް/ޔުނިވަރސިޓީ އިން ދީފައިވާ ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމަކާއި އަންއޮފިޝަލް ޓްރާންސްކްރިޕްޓް، އަދި އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
  • އިޢުލާނުގައި ހުށަހަޅަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ ލިޔެކިއުންތައް ފޮނުވަންވާނީ އެޕްލިކޭޝަނާއިއެކު އެކީ އެއްފަހަރާ އެޕްލިކޭޝަން ފޮނުވުމަށް ކަނޑައަޅާފައިވާ ލިންކް މެދުވެރިކޮށެވެ.
  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ޖަވާބު ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345136 ނަމްބަރު ފޯނަށެވެ.
23 ޖޫން 2025