ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ.
މި ހޮސްޕިޓަލުގައި ވާރޭފެން ނެގުމަށް ބެހެއްޓިފައިވާ ކަޅުހަންތައް ހިޔާކޮށް ކުރަންޖެހޭ މަރާމާތު އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން މިހޮސްޕިޓަލުން ކޮށްފައިވާ ނަންބަރު: 03 /2015 /އެން.އޭ އެޗް (26 އެޕްރީލް 2015) އިޢުލާނާ ގުޅިގެން ލިބިފައިވާ އަންދާސީހިސާބުތަކަށް ބަލާއިރު އެހިސާބުތައް ތައްޔާރުކޮށްފައިވަނީ ތަފާތު ތިންނަމެއްގައި އެއްފަރާތަކުންކަމަށް ލިޔެކިޔުންތަކުންފެންނާތީ އެއިޢުލާން ބާޠިލުކޮށް، އަލުން އެފުރުޞަތު ހުޅުވާލަމެވެ.
ވީމާ، އިސްވެދެންނެވުނު މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 13 ސެޕްޓެންބަރު 2015 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މިހޮސްޕިޓަލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 20 ސެޕްޓެންބަރު 2015 ވާ އާދީއްތަ ދުވަހުގެ 13.00 އަށް މިހޮސްޕިޓަލަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެވާހަކަ ދެންނެވީމެވެ.
22 ޛުލްޤަޢިދާ 1436