މަސައްކަތް
ނަންބަރު: NAH/2015/08
ޕަބްލިޝްކުރި ތާރީޚް: 06 ސެޕްޓެންބަރު 2015
ޕަބްލިޝްކުރި ގަޑި: 10:01
ސުންގަޑި: 13 ސެޕްޓެންބަރު 2015 13:00
ނ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ވާރޭފެން ނެގުމަށް ބެހެއްޓިފައިވާ ކަޅުހަންތައް ހިޔާކޮށް ކުރަންޖެހޭ މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން

އަންދާސީހިސާބު ބޭނުންވެއްޖެ.

މި ހޮސްޕިޓަލުގައި ވާރޭފެން ނެގުމަށް ބެހެއްޓިފައިވާ ކަޅުހަންތައް ހިޔާކޮށް ކުރަންޖެހޭ މަރާމާތު އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން މިހޮސްޕިޓަލުން ކޮށްފައިވާ ނަންބަރު: 03 /2015 /އެން.އޭ އެޗް (26 އެޕްރީލް 2015) އިޢުލާނާ ގުޅިގެން ލިބިފައިވާ އަންދާސީހިސާބުތަކަށް ބަލާއިރު އެހިސާބުތައް ތައްޔާރުކޮށްފައިވަނީ ތަފާތު ތިންނަމެއްގައި އެއްފަރާތަކުންކަމަށް ލިޔެކިޔުންތަކުންފެންނާތީ އެއިޢުލާން ބާޠިލުކޮށް، އަލުން އެފުރުޞަތު ހުޅުވާލަމެވެ.

ވީމާ، އިސްވެދެންނެވުނު މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 13 ސެޕްޓެންބަރު 2015 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މިހޮސްޕިޓަލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 20 ސެޕްޓެންބަރު 2015 ވާ އާދީއްތަ ދުވަހުގެ 13.00 އަށް މިހޮސްޕިޓަލަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެވާހަކަ ދެންނެވީމެވެ.

22 ޛުލްޤަޢިދާ 1436

06 ސެޕްޓެންބަރު 2015