މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބައެއް ތަކެތި ގަތުމަށް

ތަކެތި ގަންނަށް ބޭނުއްވެއްޖެ

މި އިދާރާގައި އައިޑެންޓިޓީ ކާޑު ކަލެކްޓިންގ ޕޮއިންޓެއް ހެދުމަށް ތިރީގައި މިދަންނަވާ ތަކެތި ގަންނަށް ބޭނުންވެއްޖެއެވެ.

  • 01 ފިންގަރ ޕްރިންޓް ޑިވައިސް
  • 01 ކޮމްޕިއުޓަރ ސިސްޓަމް
  • 01 ސިގްނޭޖަރ ޕެޑް
  • 01 ކެމެރާ ޓްރީޕޯޑާއެކު

މާރކްސް ދެވޭނެ ގޮތުގެ ތަފުސީލު

ފޯމިއުލާ

ތަފުސީލު

މާކްސް ދެވޭ ގޮތް

މާކްސްދެވޭ ކްރައިޓީރިއާ

(Benchmark Price / Submitted Price) x Allocated Percentage

  • ތަކެތީގެ ނުވަތަ ހިދުމަތުގެ އަގަށްދޭ މާކްސް
  • މާކްސްދެވޭނީ މިކައުންސިލްގެ ބިޑް އިވެލުއޭޝަން ކޮމެޓީ އިން ފާސްވާ ފަރާތްރަކުން ހުށަހަޅާ އެންމެ ކުޑަ އަގަކީ ބެންޗްމާކް އެއްކަމުގައި ބަލައިންގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުޑަ އަގަށެވެ.

85%

އަގު

(Benchmark  Duration /  Submitted timeline) x Allocated Percentage

  • ހަވާލުކުރެވޭ މަސައްކަތް ނިންމާ މުއްދަތަށް ދޭ މާކްސް
  • މާކްސް ދެވޭނީ މިކައުންސިލްގެ  ބިޑް އިވެލުއޭޝަން ކޮމެޓީ  އިން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުރު މުއްދަތަކީ ބެންޗްމާކެއްކަމުގައި ބަލައިގެން ހުރިހާ މުއްދަތެއްގެ މެދުގައި ލިބޭ % އެއް
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުރު މުއްދަތަކަށް

10%

މުއްދަތު

(Submitted Profile marks / Benchmark Profile marks) x Allocated Percentage

  • ލިބިފައިވާ ތަޖުރިބާ އަށް ދެވޭ މާރކްސް
  • މާކްސް ދެވޭނީ މިކައުންސިލްގެ  ބިޑް އިވެލުއޭޝަން ކޮމެޓީ  އިން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ގިނަ މިފަދަ މަސައްކަތް ކޮށްފައިވާ ފަރާތަކީ  ބެންޗްމާކެއްކަމުގައި ބަލައިގެން ހުރިހާ މަސައްކަތެއް މެދުގައި ލިބޭ % އެއް
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ ޕްރޮފައިލްގައި އެންމެ ގިނަ މަސައްކަތްތައް  ހުށަހަޅާފައިވާ ފަރާތަކަށެވެ.

5%

ޕްރޮފައިލް

ވީމާ، މިތަކެތި ގަނެގެން ގެނެސްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 10 ސެޕްޓެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 15:10 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 15 ސެޕްޓެންބަރު 2015 ވާ އަންގާރަ ދުވަހުގެ 510:1 އަށް މި އިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި ބިޑް ހުށަހެޅުމަށް ވަޑައިގަންނަވާ ބޭފުޅެއްގެ މުއްދަތު ހަމަނުވާ އައި.ޑީ ކާޑު ގެންނެވުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ. މަޢުލޫމާތު ސާފްކުރެއްވުމަށާއި ބިޑް ހުށަހަޅަން ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ ބަދަލުގާ ފޮނުވާ ބޭފުޅެއްކަން އެގޭނެ ލިޔުމަކާއި އައިޑީ ކާޑުގެ ކޮޕީ ހުށަހެޅުއްވުމަށް އެދި ދެންނެވީމެވެ. މަތީގައި ދެންނެވިފައިވާ ގަޑިއަށް މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، އަންދާސީ ހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑިޖެހުމުގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ. ހުށަހަޅާ އަންދާސީ ހިސާބުގެ ބޭރުގައި "ކަލަންޓިންގ ޕޮއިންޓެއް ހެދުމާބެހޭ" މިހެން ލިޔެފައި އޮންނަންވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6580028 ނަންބަރު ފޯނާ ގުޅުއްވުމުން ސާފުވެވަޑައިގަންނަވާނެއެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.                                                

17 ޛުލްޤަޢިދާ 1436

01 ސެޕްޓެންބަރު 2015
ހޯދާ