ދިވެހިރާއްޖެ
ތަކެތި ގަންނަށް ބޭނުއްވެއްޖެ
މި އިދާރާގައި އައިޑެންޓިޓީ ކާޑު ކަލެކްޓިންގ ޕޮއިންޓެއް ހެދުމަށް ތިރީގައި މިދަންނަވާ ތަކެތި ގަންނަށް ބޭނުންވެއްޖެއެވެ.
- 01 ފިންގަރ ޕްރިންޓް ޑިވައިސް
- 01 ކޮމްޕިއުޓަރ ސިސްޓަމް
- 01 ސިގްނޭޖަރ ޕެޑް
- 01 ކެމެރާ ޓްރީޕޯޑާއެކު
މާރކްސް ދެވޭނެ ގޮތުގެ ތަފުސީލު
ފޯމިއުލާ |
ތަފުސީލު |
މާކްސް ދެވޭ ގޮތް |
މާކްސްދެވޭ ކްރައިޓީރިއާ |
(Benchmark Price / Submitted Price) x Allocated Percentage |
|
85% |
އަގު |
(Benchmark Duration / Submitted timeline) x Allocated Percentage |
|
10% |
މުއްދަތު |
(Submitted Profile marks / Benchmark Profile marks) x Allocated Percentage |
|
5% |
ޕްރޮފައިލް |
ވީމާ، މިތަކެތި ގަނެގެން ގެނެސްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 10 ސެޕްޓެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 15:10 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 15 ސެޕްޓެންބަރު 2015 ވާ އަންގާރަ ދުވަހުގެ 510:1 އަށް މި އިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި ބިޑް ހުށަހެޅުމަށް ވަޑައިގަންނަވާ ބޭފުޅެއްގެ މުއްދަތު ހަމަނުވާ އައި.ޑީ ކާޑު ގެންނެވުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ. މަޢުލޫމާތު ސާފްކުރެއްވުމަށާއި ބިޑް ހުށަހަޅަން ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ ބަދަލުގާ ފޮނުވާ ބޭފުޅެއްކަން އެގޭނެ ލިޔުމަކާއި އައިޑީ ކާޑުގެ ކޮޕީ ހުށަހެޅުއްވުމަށް އެދި ދެންނެވީމެވެ. މަތީގައި ދެންނެވިފައިވާ ގަޑިއަށް މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، އަންދާސީ ހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑިޖެހުމުގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ. ހުށަހަޅާ އަންދާސީ ހިސާބުގެ ބޭރުގައި "ކަލަންޓިންގ ޕޮއިންޓެއް ހެދުމާބެހޭ" މިހެން ލިޔެފައި އޮންނަންވާނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6580028 ނަންބަރު ފޯނާ ގުޅުއްވުމުން ސާފުވެވަޑައިގަންނަވާނެއެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
17 ޛުލްޤަޢިދާ 1436