| 
 ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ 
 | 
| 
 އެސިސްޓެންޓް ޑިރެކްޓަރ 
 | 
 މަޤާމު 
 | 
| 
 އެމް.އެސް 3 
 | 
 ރޭންކް 
 | 
| 
 އެސިސްޓެންޓް ޑިރެކްޓަރ 
 | 
 ކްލެސިފިކޭޝަން 
 | 
| 
 ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ އިދާރާ 
 | 
 އޮފީސް / އިދާރާ 
 | 
| 
 އިކްނޮމިކް ސޯސަލް އެންޑް މުނިސިޕަލް ސަރވިސް 
 | 
 ސެކްޝަން 
 | 
| 
 ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ އިދާރާ 
 | 
 ވަޒީފާއަދާކުރަން ޖެހޭ ތަން 
 | 
| 
 -/7,035 ރުފިޔާ 
 | 
 މުސާރަ 
 | 
| 
 -/2,000 ރުފިޔާ 
 | 
 ސަރވިސް އެލެވަންސް 
 | 
| 
 01 
 | 
 ބޭނުންވާ އަދަދު 
 | 
- އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓްގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓްގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
 
- އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓްގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
 
- އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓްގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
 
- އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
 
 
 | 
 މަޤާމުގެ ޝަރުޠުތައް 
  
 | 
- އިކޮނޮމިކް ސޯސަލް އެންޑް މުނިސިޕަލް ސަރވިސް ސެކްޝަންގެ މަސައްކަތް މުވައްޒަފުންނާ ޙަވާލުކޮށް މުވައްޒަފުންގެ މަސައްކަތް މޮނިޓަރ ކުރުމާއި، މަސައްކަތު ފެންވަރުބަލާ ފޯމު ފުރުމާބެހޭ ކަންކަން އިންތިޒާމްކޮށް ހިންގައި ބެލެހެއްޓުން.
 
- އޮޑިދޯނިފަހަރުގެ ސަލާމާތީ ސެޓްފިކެޓް ހެއްދުމަށް ސާރވޭކުރުމާއި، ސެޓްފިކެޓް ހެދުމާއި، މަސްވެރިކަމުގެ ލައިސަންސް ހެއްދުމާއި، އޮޑިދޯނިފަހަރާގުޅޭގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްކުރުން.
 
- ކަށުކަމާކެމީގެ ކަންތައްތައް ބެލެހެއްޓުމާއި، ގަބުރުސްތާނުތައް ބެލެހެއްޓުމާއި، މަގުހެދުމާ ގުޅޭ އެންމެހާ ކަންކަން ހިންގާ ބެލެހެއްޓުން
 
- ގޯތިގެދޮރުގެ އިމުގެ މައްސަތަކާއި، ގޯތިދިނުމާ ބެހޭގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުން
 
- ވޭސްޓް މެނޭޖްމަންޓާ ގުޅޭ ކަންކަން ހިންގާ ބެލެހެއްޓުން
 
- ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތް ކުރުން
 
- ރަށުގައިބާއްވާ ކުޅިވަރުފަދަ މުބާރާތްތައް ބޭވުމާއި، ރަށުގައި ބޭއްވޭ ޖަލްސާތަކާއި، ވޯކްޝޮޕްފަދަ ކަންތައްތައް އިންތިޒާމްކޮށް ބެލެހެއްޓުމާއި، އަތޮޅާއި ރަށުފެންވަރުގައި ބޭއްވޭ އެފަދަ ކަންތައްތައް ހިންގައި ބެލެހެއްޓުން
 
- ކައުންސިލްގެ އިދާރާ ހުޅުވައި ލެއްޕުމުގެ ކަންތައް ހަމަޖެއްސުމާއި، މުވައްޒަފުންގެ ބައްދަލުވުންތައް ބޭއްވުމަށް ކުރަންޖެހޭ މަސައްކަތް ކުރުން
 
- ކުޅިވަރުކުޅޭ ކޯޓްތަކާއި ބިންތައް ބެލެހެއްޓުން
 
- ރަށުގައި ގެސްޓްހައުސްގެ ވިޔަފާރި ފެށުމަށް ބޭނުންވާ އިދާރީ އިންތިޒާމް ހަމަޖެއްސުމާއި، ފަޅުގޮވާން ކުރުމަށް ރައްޔިތުންނަށް ހިއްވަރުދީ އެކަމާބެހޭ ދިރާސާތައް ކުރުމަށް ކުރަންޖެހޭ ކަންކަން ކުރުން
 
- މަގުމަތީ ފާޚާނާ ހޮޅިއާއި، ފެންހިންދާވަޅު ބެއްޓުމާއިބެހޭ ކަންތައްތައް ހިންގައި ބެލެހެއްޓުން
 
- ރައްޔިތުންގެ އެކިއެކި މަސައްކަތްތައް ހިންގުމުގައި އެހިތެރިވުމާއި ބެލެހެއްޓުން
 
- ކައުންސިލަރުންގެ ހާޒިރީއާއި، މުވައްޒަފުންގެ ހާޒިރީ ބެލެހެއްޓުން
 
- މަތީގައިދެންނެވުނު މަސައްކަތްތަކުގެ އިތުރުން ގަވާއިދުން އޮފީހުން ޙަވާލުކުރައްވާ ޙާއްޞަ މަސައްކަތް ތަކާއި، ވަގުތީ މަސައްކަތް ކުރުން
 
 
 | 
 މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް 
 | 
| 
 ލިބިފައިވާ ތަޢުލީމާއި، ތަމްރީން އާއި އިންޓަރވިއު އަދި ޕްރެކްޓިކަލްސް އިން ލިބޭ މާކްސްއަށް ބެލެވޭނެއެވެ. އަދި އޮފީސް ހިންގުމުގެ ދާއިރާގައި އުޅެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. 
 | 
 ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް 
 | 
| 
 މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އަދި ޕްރެކްޓިކަލްސް އޮންނާނީ ތ.ކަނޑޫދޫ ކައުންސިލްގެ އިދާރާގައެވެ. އަދި އިންޓަވިއު އާއި ޕްރެކްޓިކަލްސް އޮންނާނީ ވަޒީފާއަށް އެދުމުގެ ސުންގަޑި ހަމަވުމަށްފަހު ޖެހިގެން އަންނަ މަސައްކަތު 15 ދުވަހުގެ ތެރޭގައެވެ. 
 | 
 އިންޓަރވިއު އަދި ޕްރެކްޓިކަލްސް އޮއްނާނެ ތަނާއި، މުއްދަތު 
 | 
| 
 މި މަގާމަށް އެދޭފަރާތްތަކުން 14 ސެޕްޓެންބަރު 2015 ވާ ހޯމަ ދުވަހުގެ މެންދުރު ފަހު 14:00 ގެ ކުރިން ވަޒީފާއަށް އެދޭ ފޯމާއި އެފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ އިދާރާއަށް ހުށަހަޅަންވާނެއެވެ. 
 | 
 މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި 
 |