ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)387/387/2015/58
ޕަބްލިޝްކުރި ތާރީޚް: 31 އޮގަސްޓް 2015
ޕަބްލިޝްކުރި ގަޑި: 11:00
ސުންގަޑި: 14 ސެޕްޓެންބަރު 2015 14:00
ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓަންޓް ޑިރެކްޓަރ

ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ

އެސިސްޓެންޓް ޑިރެކްޓަރ

މަޤާމު

އެމް.އެސް 3

ރޭންކް

އެސިސްޓެންޓް ޑިރެކްޓަރ

ކްލެސިފިކޭޝަން

ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ އިދާރާ

އޮފީސް / އިދާރާ

އިކްނޮމިކް ސޯސަލް އެންޑް މުނިސިޕަލް ސަރވިސް

ސެކްޝަން

ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ އިދާރާ

ވަޒީފާއަދާކުރަން ޖެހޭ ތަން

-/7,035 ރުފިޔާ

މުސާރަ

-/2,000 ރުފިޔާ

ސަރވިސް އެލެވަންސް

01

ބޭނުންވާ އަދަދު

  • އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓްގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓްގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓްގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓްގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ ޝަރުޠުތައް

 

  • އިކޮނޮމިކް ސޯސަލް އެންޑް މުނިސިޕަލް ސަރވިސް ސެކްޝަންގެ މަސައްކަތް މުވައްޒަފުންނާ ޙަވާލުކޮށް މުވައްޒަފުންގެ މަސައްކަތް މޮނިޓަރ ކުރުމާއި، މަސައްކަތު ފެންވަރުބަލާ ފޯމު ފުރުމާބެހޭ ކަންކަން އިންތިޒާމްކޮށް ހިންގައި ބެލެހެއްޓުން.
  • އޮޑިދޯނިފަހަރުގެ ސަލާމާތީ ސެޓްފިކެޓް ހެއްދުމަށް ސާރވޭކުރުމާއި، ސެޓްފިކެޓް ހެދުމާއި، މަސްވެރިކަމުގެ ލައިސަންސް ހެއްދުމާއި، އޮޑިދޯނިފަހަރާގުޅޭގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްކުރުން.
  • ކަށުކަމާކެމީގެ ކަންތައްތައް ބެލެހެއްޓުމާއި، ގަބުރުސްތާނުތައް ބެލެހެއްޓުމާއި، މަގުހެދުމާ ގުޅޭ އެންމެހާ ކަންކަން ހިންގާ ބެލެހެއްޓުން
  • ގޯތިގެދޮރުގެ އިމުގެ މައްސަތަކާއި، ގޯތިދިނުމާ ބެހޭގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުން
  • ވޭސްޓް މެނޭޖްމަންޓާ ގުޅޭ ކަންކަން ހިންގާ ބެލެހެއްޓުން
  • ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތް ކުރުން
  • ރަށުގައިބާއްވާ ކުޅިވަރުފަދަ މުބާރާތްތައް ބޭވުމާއި، ރަށުގައި ބޭއްވޭ ޖަލްސާތަކާއި، ވޯކްޝޮޕްފަދަ ކަންތައްތައް އިންތިޒާމްކޮށް ބެލެހެއްޓުމާއި، އަތޮޅާއި ރަށުފެންވަރުގައި ބޭއްވޭ އެފަދަ ކަންތައްތައް ހިންގައި ބެލެހެއްޓުން
  • ކައުންސިލްގެ އިދާރާ ހުޅުވައި ލެއްޕުމުގެ ކަންތައް ހަމަޖެއްސުމާއި، މުވައްޒަފުންގެ ބައްދަލުވުންތައް ބޭއްވުމަށް ކުރަންޖެހޭ މަސައްކަތް ކުރުން
  • ކުޅިވަރުކުޅޭ ކޯޓްތަކާއި ބިންތައް ބެލެހެއްޓުން
  • ރަށުގައި ގެސްޓްހައުސްގެ ވިޔަފާރި ފެށުމަށް ބޭނުންވާ އިދާރީ އިންތިޒާމް ހަމަޖެއްސުމާއި، ފަޅުގޮވާން ކުރުމަށް ރައްޔިތުންނަށް ހިއްވަރުދީ އެކަމާބެހޭ ދިރާސާތައް ކުރުމަށް ކުރަންޖެހޭ ކަންކަން ކުރުން
  • މަގުމަތީ ފާޚާނާ ހޮޅިއާއި، ފެންހިންދާވަޅު ބެއްޓުމާއިބެހޭ ކަންތައްތައް ހިންގައި ބެލެހެއްޓުން
  • ރައްޔިތުންގެ އެކިއެކި މަސައްކަތްތައް ހިންގުމުގައި އެހިތެރިވުމާއި ބެލެހެއްޓުން
  • ކައުންސިލަރުންގެ ހާޒިރީއާއި، މުވައްޒަފުންގެ ހާޒިރީ ބެލެހެއްޓުން
  • މަތީގައިދެންނެވުނު މަސައްކަތްތަކުގެ އިތުރުން ގަވާއިދުން އޮފީހުން ޙަވާލުކުރައްވާ ޙާއްޞަ މަސައްކަތް ތަކާއި، ވަގުތީ މަސައްކަތް ކުރުން

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

ލިބިފައިވާ ތަޢުލީމާއި، ތަމްރީން އާއި އިންޓަރވިއު އަދި ޕްރެކްޓިކަލްސް އިން ލިބޭ މާކްސްއަށް ބެލެވޭނެއެވެ. އަދި އޮފީސް ހިންގުމުގެ ދާއިރާގައި އުޅެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އަދި ޕްރެކްޓިކަލްސް އޮންނާނީ ތ.ކަނޑޫދޫ ކައުންސިލްގެ އިދާރާގައެވެ. އަދި އިންޓަވިއު އާއި ޕްރެކްޓިކަލްސް އޮންނާނީ ވަޒީފާއަށް އެދުމުގެ ސުންގަޑި ހަމަވުމަށްފަހު ޖެހިގެން އަންނަ މަސައްކަތު 15 ދުވަހުގެ ތެރޭގައެވެ.

އިންޓަރވިއު އަދި ޕްރެކްޓިކަލްސް އޮއްނާނެ ތަނާއި، މުއްދަތު

މި މަގާމަށް އެދޭފަރާތްތަކުން 14 ސެޕްޓެންބަރު 2015 ވާ ހޯމަ ދުވަހުގެ މެންދުރު ފަހު 14:00 ގެ ކުރިން ވަޒީފާއަށް އެދޭ ފޯމާއި އެފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ އިދާރާއަށް ހުށަހަޅަންވާނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

އުޖޫރައާއި އިނާޔަތްތައް

ރަސްމީގަޑީގެ އިތުރުން ނުރަސްމީގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި ބަންދު ދުވަހުގައި މަސައްކަތްކުރާނަމަ، ބަންދު ދުވަހުގެ ފައިސާ، ރަމަޟާންމަހުގެ ޚާއްޞަ އިނާޔަތް (ވަޒީފާ އާއި ބެހޭ ޤާނޫނު ގައިވާގޮތުގެ މަތިން)

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު ލިބެންހުންނާނީ ތ.ކަނޑޫދޫ ކައުންސިލް އިދާރާއިންނާ، ސިވިލް ސަރވިސް ކޮމިޝަނުންނާ، އެކޮމިޝަންގެ ވެބްސައިޓް www.csc.gov.mv ) އެވެ.
  2.  ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓް ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4.  މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ (6780036) ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ (6780036) އެވެ. އީމެއިލް ކުރައްވާނީ ([email protected]) އަށެވެ.

31 އޮގަސްޓް 2015