ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުކޮނެ، ކަރަންޓް ކޭބަލް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ:

   1 އަހަރު ދުވަސްވަންދެން މިއިދާރާގެ ފަރާތުން އެކިއެކި ކަންކަމަށް މަގުކޮނެ، ކަރަންޓް ކޭބަލް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. އަދި މަސައްކަތާ ގުޅޭ އިތުރު މަޢުލޫމާތު ތިރީގައި މިވަނީއެވެ.

  • މަސައްކަތްތައް
  1. ކައުންސިލްއިދާރާގެ ފަރާތުން އެކިއެކި ކަންކަމަށް މަގުކޮނެ، ކޭބަލް އެޅުމަށްފަހު ފަސްގަނޑު ލެވަލްކުރުން.
  2. ދުވާރު ހެދިފައިވާ މަގުތަކުގެ އެކަމަށް ޚާއްޞަކުރެވިފައިވާ ކާނުތެރެއިން ކޭބަލްއެޅުން.
  • މަސައްކަތާ ގުޅިގެން ދެވޭ މަޢުލޫމާތުދިނުން އޮންނާނީ 2015 ސެޕްޓެންބަރު 09 ވަނަ ދުވަހުގެ 13:00 ކުޑަހުވަދޫ މަލްޓިޕާޕޯސް ޢިމާރާތުގައެވެ.
  • އަންދާސީހިސާބު ބަލައިގަތުން އޮންނާނީ 2015 ސެޕްޓެންބަރު 15 ވަނަ ދުވަހުގެ 13:00 ގައި ކުޑަހުވަދޫ މަލްޓިޕާޕޯސް ޢިމާރާތުގައެވެ.
  • މަޢުލޫމާތު ނުނަގާ ފަރާތަކުން ހުށަހަޅާ އަންދާސީހިސާބު ބަލައެއް ނުގަނެވޭނެއެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނޭ ލިޔުމެއް ހުށަހަޅަންވާނެއެވެ.
  • ކުންފުންޏެއްގެ ގޮތުގައި ރަޖިސްޓަރީ ކޮށްފައިވާނަމަ ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީއާއި ޖީ،އެސް،ޓީ ރަޖިސްޓަރީ ސެޓުފިކެޓުގެ ކޮޕީ ހުށަހަޅަންވާނެއެވެ.
  • އަމިއްލަ ފަރުދުންގެ ވިޔަފާރިއެއްނަމަ ވިޔަފާގެ ރަޖިސްޓަރީގެ ކޮޕީ ހުށަހަޅަންވާނެއެވެ.
  • ބީލަމުގެ ޞައްޙަކަން މަދުވެގެން 45 ދުވަހަށް އޮންނަންވާނެއެވެ.
  • ކޮންމެ ބޭފުޅަކަށް ހުށަހެޅޭނީ 1 އަންދާސީހިސާބެވެ.
  • މަސައްކަތް ހަވާލުކުރެވޭނީ، އިވެލުއޭޝަން ކޮމެޓީއަކުން ބިޑްތައް އިވެލުއޭޓްކުރުމަށް ފަހުގައެވެ.
  • ބިޑްތައް އިވެލުއޭޓް ކުރުމުގައި މާކްސް ދެވޭނީ ތިރީގައިވާ ކަންކަމަށެވެ.

މަސައްކަތުގެ ޖުމުލަ އަގު

60%

ފަންނީގާބިލުކަން

20%

މުއްދަތު

20%

އިތުރު މަޢުލޫމާތު، މަޢުލޫމާތު ކަރުދާހުގައި ހިމަނާފައިވާނެއެވެ.

ވީމާ, މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.            

15 ޛުލްޤަޢިދާ 1436  

30 އޮގަސްޓް 2015
ހޯދާ